އެސްޓީއޯއިން ތިނަދޫގައި ލިމިޓްކޮށްގެން ސިމެންތި ވިއްކާތީ މުއިއްޒުގެ އިސްތިއުފާއަށް ގޮވައިފި

ގދ. ތިނަދޫގައި ލިމިޓްކޮށްގެން ސިމެންތި ވިއްކާތީ މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވަނީ ގޮވާލާފައި -- ފޮޓޯ: ކިޔުންތެރިއެއް

ގދ. ތިނަދޫގައި ލިމިޓްކޮށްގެން ސިމެންތި ވިއްކާތީ މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވަނީ ގޮވާލާފައި -- ފޮޓޯ: ކިޔުންތެރިއެއް

ރާއްޖެއަށް އެންމެ ގިނައިން ސިމެންތި ގެންނަ ތިން ކުންފުނީގެ ތެރޭގައި ހިމެނޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގދ. ތިނަދޫގައި ލިމިޓްކޮށްގެން ސިމެންތި ވިއްކާތީ ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް މިއަދު ގޮވައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ތިނަދޫގައި ހުންނަ އެސްޓީއޯ ފިހާރައަށް ގިނަ ދުވަސްތަކެއް ފަހުން ސިމެންތި ލިބުމުން ބޮޑު ކިޔޫއެއް ދަމާލިއިރު، ކޮންމެ މީހަކަށްވެސް ވިއްކީ ފަސް ސިމެންތި ބަސްތާ އެވެ. 

ގިނަ ބަޔަކު ސިމެންތި ގަންނަން ގޮސް ތިއްބާ އެސްޓީއޯއިން އެ ރަށަށް ގެނައި ސިމެންތި ޝިޕްމަންޓް ހުސްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

Advertisement

މިކަމާ ގުޅިގެން އެސްޓީއޯގެ މީޑިއާ އޮފިޝަލް ޝިފްލާ އިބްރާހިމް އަދަދު އަށް ވިދާޅުވީ ތިނަދޫގައި ލިމިޓްކޮށްގެން ސިމެންތި ވިއްކަމުންދަނީ އާ ސްޓޮކް ލިބެންދެން ސަޕްލައި ހިފެހެއްޓުމަށް ކަމަށެވެ.

"މިވަގުތު ތިނަދޫގެ ސްޓޮކް މަދުވެގެން އާސްޓޮކް ލިބެންދެން ސަޕްލައި ހިފެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ އަދި ތިނަދޫއަށް ބޮޑު ޝިޕްމަންޓެއް މާލެ ކޮޅުން ފޮނުވުމަށް ލޯޑު ކުރަމުންދަނީ،" އޭނާ ވިދާޅުވި އެވެ. 

އެސްޓީއޯއިން ކުރިން ބުނެފައިވަނީ އެއްވެސް ތަނެއްގައި ލިމިޓްކޮށްގެން ސިމެންތި ނުވިއްކާ ކަމަށެވެ. އެކަމަކު މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސިމެންތި ވިއްކަމުންދަނީ ލިމިޓްކޮށްގެންނެވެ.  

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ސިމެންތި ލިބުމުގައި ދަތިތަކެއް ކުރިމަތިވިއިރު ވެސް، އެކަން މުއިއްޒު އުފެއްދެވި ކެބިނެޓް މިނިސްޓަރުންގެ ކާރިސާ ކޮމިޓީއަށް ނޭނގޭކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވި އެވެ. 

މިދިޔަ ހަފްތާގައި ސައީދު ވިދާޅުވީ ސިމެންތި ލިބުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވި ނަމަވެސް، ސިމެންތި ލިބޭނެ އިތުރު ހަތަރު ސަޕްލަޔަރުން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. 

މިވަގުތު އާންމުކޮށް ސިމެންތި ގަންނަން ލިބެނީ ވިލާ ކުންފުނިން އެކަންޏެވެ. ވިލާ އާއި އެސްޓީއޯގެ އިތުރުން ރާއްޖެއަށް ދެން ސިމެންތި ގެންނަ އެޕޯލޯއަކު ސިމެންތީގެ ސްޓޮކެއް ނެތެވެ.

ފަތުރުވެރިކަން ނެގުމަށްފަހު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއްދޭ ދެ އިންޑަސްޓްރީ އެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ ޖީޑީޕީގެ 5.5 ޕަސެންޓެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ތަކެތީގެ އަގުބޮޑުވިއިރު، ތެލާއި ކާބޯތަކެއްޗާއި ދަތުރުފަތުރާއި ނާލުގެ އަގު ވެސް ވަނީ އަގުބޮޑުވެފަ އެވެ. ދަތުރުފަތުރާއި ނާލުން އަގުބޮޑުވީ ސަރުކާރުން ވިއްކާ ތެލުގެ އަގު ބޮޑުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox