ބެނާއެއްގެ މައްސަލައިގައި ފޮރެސްޓުގެ ވެރިޔާ ޕެލަސްއާ ދެކޮޅަށް ކޯޓަށް

Aug 11, 2026, 11:03 AM
ނޮޓިންހަމް ފޮރެސްޓުގެ ވެރިޔާ، އެވަންޖެލޯސް މަރިނާކިސް

ނޮޓިންހަމް ފޮރެސްޓުގެ ވެރިޔާ، އެވަންޖެލޯސް މަރިނާކިސް

ލަންޑަން (އޮގަސްޓް 11) - މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން، ނޮޓިންހަމް ފޮރެސްޓްގެ ވެރިޔާ، ގްރީސްގެ މަހުޖަނު، އެވަންޖެލޯސް މަރިނާކިސް އަށް އިހުތިރާމް ކުޑަވާ ގޮތަށް ކްރިސްޓަލް ޕެލަސް ދަނޑުގައި ބޭނުންކުރި ބެނާއެއްގެ މައްސަލަަ ލަންޑަންގެ ހައި ކޯޓަށް ހުށަހަޅައިފި އެވެ. 

ކްރިސްޓަލް ޕެލަސްގެ  ދަނޑު ސެލްހަސްޓް ޕާކުގައި ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި، ބޭނުންކުރި ބެނާއެއްގައި މަރިނާކިސް އަށް ރައްދުވާ ގޮތަށް ކާޓޫނެއް ބޭނުންކޮށް ލިޔުންތަކެއް ވަނީ ހިމަނައިފަ އެވެ.

ޕެލަސްގެ ސަޕޯޓަރުންގެ ނުރުހުން މަރިނާކިސް އަށް އަމާޒުވި ސަބަބަކީ، ޕެލަސްގެ ވެރިން ދެ ކްލަބެއްގައި ހިއްސާ އޮތުމުން، އެ ޓީމަށް މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގަ ގެއްލި، އެ ފުރުސަތު ނޮޓިންހަމް ފޮރެސްޓަށް ލިބުމާ ގުޅިގެންނެވެ. ޕެލަސް ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި، އެ ޓީމަށް ޔޫރޮޕާ ލީގުން ޖާގަ ގެއްލުމުގައި، އެންމެ ބޮޑަށް ބާރު އަޅާފައިވަނީ، މަރިނާކިސް އެވެ. 

އެ ގޮތުން، ޕެލަސް ސަޕޯޓަރުން ބޭނުންކުރި އެ ބެނާގައި ހިމަނާފައިވަނީ، މަރިނާކިސް ބަނޑިއެއް ހިފައިގެން، ފޮރެސްޓުގެ ކެޕްޓަން، މޯގަން ގިބްސް-ވައިޓް ބޮލުގައި ޖައްސައިގެން ހުރެ ދައްކާ ވާހަކައެކެވެ. އަދި، އެ ބެނާގައި މަރިނާކިސް ބުނާ ކަމަށް ހިމަނާފަައިވާ ވާހަކަ އަކީ، އޭނާ އަކީ ބްލެކްމެއިލް ކުރުމާއި މެޗު ފިކްސް ކުރުމާއި ޑްރަގް ޓްރެެފިކިން އަދި ކޮރަޕްޝަނުގައި ބަައިވެރިވާ މީހެއް ނޫން ކަމަށެވެ. 

ފޮރެސްޓްގެ ވެރިޔާ، މަރިނާކިސްއާ ބެހޭގޮތުން، ޕެލަސް ދަނޑުގައި ބޭނުންކުރި ބެނާ.
ފޮރެސްޓްގެ ވެރިޔާ، މަރިނާކިސްއާ ބެހޭގޮތުން، ޕެލަސް ދަނޑުގައި ބޭނުންކުރި ބެނާ.

ފޮރެސްޓްގެ މެޖޯރިޓީ ހިއްސާ، 2017 ވަނަ އަހަރު ގަތް މަރިނާކިސް އަކީ ގްރީސްގެ ވަރުގަދަ ކްލަބެއް ކަމަށްވާ އޮލިމްޕިއާކޯސްގެ ވެސް ހިއްސާދާރެކެވެ. މަރިނާކިސް އަކީ މެޗު ފިކްސިން އާއި ކޮރަޕްޝަންގެ އިތުރުން ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ކުރާ ފަރާތެއް ކަމުގެ ތުހުމަތު ގިނަ މީޑިއާތަކަކުން ކުރާއިރު، އޭނާ ވަނީ އެ ވާހަކަތައް އެކި ފަހަރު މަތިން ދޮގުކޮށްފަ އެވެ. 

މިދިޔަ ހޯމަ ދުވަހު، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް މަރިނާކިސްގެ ގާނޫނީ ޓީމުން ލަންޑަން ހައި ކޯޓަށް ހުށަހެޅި ބެނާއާ ގުޅޭ މައްސަލައާ ގުޅޭގޮތުން، މީޑިއާގައި ވާހަކަ ދައްކާފައިނުވެ އެވެ. 

އެކަމަކު، ގާނޫނީ ޓީމާ ހަވާލާދީ، އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެލަސްއާ ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި، ކޯޓުގައި ކުރިއަށްގެންދިއުމަކީ، މަރިނާކިސްގެ އަބުރު ރައްކާތެރިކުރުން މުހިންމު ކަމެއްގެ ގޮތުގައި ފެންނާތީ ކުރާ ކަމެއް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox