އެމްޑީޕީއާ އިއްޔެ 4،868 މީހުން ގުޅުނު، މިހާރު ތިބީ 50،594 މެންބަރުން

އެމްޑީޕީން ބޭއްވި ހަރަކާތެއްގެ ތެރެއިން: އެ ޕާޓީގައި މިވަގުތު ތިބި މެންބަރުންގެ އަދަދު 50،594 އަށް އިތުރުވެފައިވާ ކަމަށް ޕާޓީން ބުނޭ -- ފޮޓޯ: އަދަދު

އެމްޑީޕީން ބޭއްވި ހަރަކާތެއްގެ ތެރެއިން: އެ ޕާޓީގައި މިވަގުތު ތިބި މެންބަރުންގެ އަދަދު 50،594 އަށް އިތުރުވެފައިވާ ކަމަށް ޕާޓީން ބުނޭ -- ފޮޓޯ: އަދަދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އިއްޔެ 4،868 މީހުން ގުޅުނުއިރު، މިހާރު ތިބީ 50،594 މެންބަރުން ކަމަށް އެ ޕާޓީން ބުނެފި އެވެ. 

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އަދަދު އަށް ވިދާޅުވީ ރޭ 12:00 ޖެހުމާ ހަމައަށް އެމްޑީޕީއަށް 4،868 މީހުން ގުޅުނުއިރު، މިހާރު އެ ޕާޓީގައި ތިބި މެންބަރުންގެ އަދަދު 50،594 މެންބަރުންނަށް އިތުރުވެފައިވާ ކަމަށެވެ. 

އެމްޑީޕީއަށް އިއްޔެ ގިނަ އަދަދެއްގެ މެންބަރުން ވަދެފައި މިވަނީ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބަށް ހުޅުވާލައި، އެ އިންތިހާބުގައި ވޯޓުލުމަށް މެންބަރެއް ގޮތުގައި ރަޖިސްޓްރީވާންޖެހޭ އެންމެ ފަހު ތާރީހަކީ ރޭ 12:00 ޖެހުމާ ހަމައަށް ކަމަށް ނިންމުމުންނެވެ. 

Advertisement

މިގޮތުން ޗެއާޕާސަންގެ އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ އެމްޑީޕީއަށް މެންބަރުން އިތުރު ކުރުމަށް އިއްޔެ ހަވީރުން ފެށިގެން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ކުރިއަށް ގެންގޮސްފަ އެވެ. 

ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބު އޮންނާނީ ޖޫން 12، ގަ އެވެ. 

ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން އެވެ. ޕާޓީ ރަޖިސްޓްރީ ކުރުމަށްފަހު 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަންނަވަންދެން ނަޝީދު އެ މަގާމު ފުރުއްވި އެވެ. 

މީކާއީލްއަކީ އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މިއީ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިހާބުވި ދެވަނަ ދައުރެވެ. ޗެއާޕާސަންގެ މަގާމަށް މީކާއީލް އިންތިހާބުވެއްޖެ ނަމަ އޭނާ ވާނީ އެ މަގާމަށް ފުރުއްވާ އެންމެ ޒުވާން މެންބަރަށެވެ. 

ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވީ މާރިޔާ އަހުމަދު ދީދީ އާއި މޫސާ މަނިކު (ރީކޯ މޫސަ) އާއި އަލީ ވަހީދު އާއި ހަސަން ލަތީފް އާއި ފައްޔާޒް އިސްމާއިލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox