މުއިއްޒު ހިޔާނާތްތެރިވި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މައްސަލަ ބަލަން އަމްރު ގޮވާލައިފި

ހުސައިން އަމްރު: މުއިއްޒު ހިޔާނާތްތެރިވި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމްރު ވަނީ ގޮވާލައްވާފައި -- ފޮޓޯ: އަދަދު

ހުސައިން އަމްރު: މުއިއްޒު ހިޔާނާތްތެރިވި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމްރު ވަނީ ގޮވާލައްވާފައި -- ފޮޓޯ: އަދަދު

އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯއްދެވުމަށް ސަރުކާރުން މީހުންނަށް ވަޒީފާ ދެއްވާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ އިއުތިރާފުވެވަޑައިގެންނެވި މައްސަލަ ބަލަން އެންޓި ކޮަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ގޮވާލައްވައިފި އެވެ. 

އަމްރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް އިއުލާނެއް ކުރުމެއް ނެތި ސިޔާސީ ބޭނުމަށް ސަރުކާރުގެ ކުންފުނި (އެސްއޯއީ) ތަކުން ސިޔާސީ ބޭނުމަށް  މުވައްޒަފުން ނެގުމަކީ ކަނޑައެޅިގެން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުން ކަމަށެވެ. 

"ރައީސް މުއިއްޒު އިއުތިރާފް ވެވަޑައިގެންފި އެއްވެސް އިއުލާނެއް ކުރުމެއް ނެތި، އެއްވެސް އެޕްލިކޭޝަނަކާނުލާ، ޝަރުތަކަށް، ފެންވަރަކަށް ބަލައިލުމެެއްނެތި، އެއްވެސް މަސައްކަތެއް ވެސް ނެތި ވޯޓަށާއި ސިޔާސީ ބޭނުމަށް އެތަށް ބަޔަކު ސަރުކާރު ކުންފުނިތަކާ ސަރުކާރަށް ވައްދާފައިވާކަމަށް،" އޭނާ ވިދާޅުވި އެވެ. 

ހިޔާނާތްތެރިވި ކަމަށް މުއިއްޒު އިއުތިރާފުވެވަޑައިގަތުމަކީ ހަނދާން ނައްތާލެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެކަމުގެ ޒިންމާ މުއިއްޒު ނަންގަވަން ޖެހޭނެ ކަމަށް އަމްރު ވިދާޅުވި އެވެ. 

އިއްޔެ މުއިއްޒު ވިދާޅުވީ ކެމްޕެއިނަކާ ދިމާކޮށް ނުވަތަ ސިޔާސީ ގޮތުން ދެން އެމަނިކުފާނު ވަޒީފާއެއް ނުދެއްވާނެ ކަމަށެވެ.

"ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނިއްޔާ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް ރައްޔިތުން މިއޮތީ ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް ދެން އެނގޭތޯ. ދެންމެ މިދެންނެވިހެން އިއުލާންކުރެވިގެން ކުރިމަތިލައިގެން އެމީހާގެ ސީވީއަށް ބަލައި މެރިޓް ބޭސްކޮށް ނޫނިއްޔާ ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށްގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ.

ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި

ސިޔާސީ ގޮތުންނާއި ކެމްޕެއިންތަކާ ގުޅުވައިގެން ވަޒީފާ ދިނުން ހުއްޓާލައި، މެރިޓް އުސޫލުން ވަޒީފާ ދޭން ފެށުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ގަވާއިދާ ހިލާފަށް ވަޒީފާ ދީފިނަމަ، އެފަދަ މީހުން ވަޒީފާއިން ވަކިކުރުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

ރައީސް އެހެން ވިދާޅުވިއިރު، ސިޔާސީ މަންފާއެއް ހޯދަން ނުވަތަ އިންތިހާބަކުން ވޯޓު ހޯދަން ދައުލަތުން ނުވަތަ ސަރުކާރުން ވަޒީފާއެއް ދިނުމަކީ ގާނޫނާ ހިލާފު ކަމެކެވެ. އަދި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. އިން ރައީސްއަށް ބާރު ލިބެނީ، ރައީސްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމުގައި މަގާމުތައް އުފެއްދުމުގެ ބާރު އެކަންޏެވެ. 

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އެންގިއިރު، އެ ކުންފުނިތަކުގައި 42،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އާދީއްތަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. 

ސަރުކާރު ކުންފުނިތަކުގައި ތިބި ކަމަށް ޒަމީރު އަންދާޒާކުރާ އަދަދުން ހިސާބުކުރާއިރު، ސީދާ 33 ޕަސެންޓު މުވައްޒަފުން ކަނޑާނަމަ، 13،000 އަށް ވުރެ ގިނަ މީހަކަށް ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.

ގިނަ ބަޔެއްގެ ވަޒީފާ ގެއްލޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުކުރިއިރު،  ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިހާ ވަރަށް އިތުރުވީ މި ސަރުކާރުގަ އެވެ.

ޕީސީބީން ޝާއިއުކޮށްފައިވާ އެނުއަލް ސެކްޓާ ރިޕޯޓު 2024 ގައިވާ ގޮތުގައި، މި ސަރުކާރުގެ ދައުރު ފެށުނު 2023 ވަނަ އަހަރު ނިމުނުއިރު ސަރުކާރު ކުންފުނިތަކުގައި ތިބީ 35,000 މުވައްޒަފުންނެވެ.

މިހާރު ކުންފުނިތަކުގައި ތިބި ކަމަށް ބުނާ އަދަދަކީ އަސްލު އަދަދު ނަމަ، އެ ފަހުން މިވީ ދެ އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި އެސްއޯއީތަކުން ވަނީ 7،000 ވަޒީފާ އުފައްދާފަ އެވެ.

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ކަމަށް އަންދާޒާކުރެވޭ 45،000 ވަރަކަށް މީހުން އެއްކޮށްލުމުން ވަޒީފާތަކުގައި ތިބި މީހުންގެ އަދަދު 87,000 އަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox