ޕީއެންސީއަށް ވޯޓު ނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ސިފަވާ ގޮތަށް ރައީސް ވާހަކަ ދައްކަވައިފި

Apr 19, 2026, 1:52 PM
މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެމްޑީޕީގެ އިންތިހާބީ ކެންޑިޑޭޓުން ދީނާ ހިލާފުވާ ކަމަށް ވެސް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެމްޑީޕީގެ އިންތިހާބީ ކެންޑިޑޭޓުން ދީނާ ހިލާފުވާ ކަމަށް ވެސް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ވޯޓު ނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ސިފަވާ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވާހަކަ ދައްކަވައިފި އެވެ. 

އޭޕްރީލް 4، ގައި ބޭއްވި ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަށްފަހު ފުރަތަމަ ފަހަރަށް ރޭ ރައްޔިތުންނާ މުހާތަބުކޮށް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މެޖޯރިޓީ މީހުން ވޯޓު ދިނީ ޕީއެންސީއަށް ކަމަށާއި އެއީ ދީން އިސްކުރަން ބޭނުންވި ރައްޔިތުން ކަމަށެވެ. 

"ދަންނަވަން ޖެހޭނީ މި އިންތިހާބުގެ ނަތީޖާ ބަލާއިރުގައި މި ރާއްޖޭގެ މެޖޯރިޓީގެ ރައްޔިތުން، މެޖޯރިޓީ ރައްޔިތުންގެ ވިސްނުން އިރާދަކުރެއްވީތީ ހުރީ، ގައުމު އިސްކުރުމުގެ ވިސްނުމުގަކަން. ދީން އިސްކުރުމުގެ ވިސްނުމުގައި ކަން،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

ޕީއެންސީގެ ފިކުރަކީ "ދީނީ، ގައުމީ" ފިކުރު ކަމަށް ވެސް މުއިއްޒު ރޭ ވިދާޅުވި އެވެ. 

"ހުރިހާ ގޮތަކުން ބެލި ނަމަވެސް ޑަބްލިޔޫޑީސީތަކުގެ ރައީސުންނާ، އާންމު މެންބަރުން ކަމުގައި ވިޔަސް، ކައުންސިލްތަކުގެ ރައީސުންނާ އާންމު މެންބަރުން ކަމުގައި ވިޔަސް، ހުރިހާ އިންތިހާބަކުން ރާއްޖޭގެ މެޖޯރިޓީ މިއޮތީ މި ފިކުރަށް ތާއީދުކޮށް، ދީނީ ގައުމީ ފިކުރަށް ތާއީދުކޮށް ޕީއެންސީ އަށް މެޖޯރިޓީ ދެއްވާފައި،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރައްޔިތުން ވޯޓު ދީގެން ހޮވި ކެންޑިޑޭޓުން "ދީނީ މިންގަނޑުން" ބޭރުވަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދިން މީހުންނަށް ވެސް މުއިއްޒު ރޭ ފާޑުވިދާޅުވި އެވެ. 

"މިފެނިގެންދަނީ މި ހޮވިފައިތިބި އިންތިޚާބީ ކެންޑިޑޭޓުން މުޒާހަރާކުރަމުންދާތަން. މަގުމަތީ ހަލަބޮލިކުރަމުންދާތަން. ހަޑިހުތުރު ބަސްތައް ބޭނުންކުރަމުންދާތަން. ދީނީ މިންގަނޑުން ބޭރު ވަރަށް އަހްލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާތަން މިހޮވުނު ކެންޑިޑޭޓުން. އެއީ ހަމަ އަޅުގަނޑުމެންގެ ރައްޔިތުން ވޯޓުލައިގެން ހޮވުނު މީހުން،" ރައީސް ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ހުރިހާ ސިޓީ ކައުންސިލެއްގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. އަދި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީއަށެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި 216،539 މީހުން ވޯޓު ދިނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ 74.9 ޕަސެންޓު މީހުންނެވެ.

އޭގެ ތެރެއިން 148،859 މީހުން ވޯޓު ދިނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. އެއީ ވޯޓު ދިން މީހުންގެ 68.7 ޕަސެންޓު މީހުންނެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބުނު ވޯޓަށްވުރެ ވެސް ގިނަ އަދަދެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox