އެމްޑީޕީގެ ފެކްޝަންތައް
4 ލިޔުން
ހަބަރުނަޝީދުއާ ޖެހުނު މައްސަލަ ސޯލިހުގެ ދުލުން
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރު ހިންގުމަށް އެންމެ ބޮޑު ހުރަހަކަށްވީ، ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، މަޖިލިސް ތެރެއިން ސަރުކާރަށް އެއްބާރުލުން ނުލިބުމާއި ޕާޓީގެ އެތެރޭގެ ބައެއް ބޭފުޅުން ސަރުކާރުގެ އަގުވައްޓާލަން ކުރި މަސައްކަތްތަކަކީ 2023 ގެ އިންތިހާބު ނާކާމިޔާބުވި ސަބަބުތައް ކަމުގައި ސޯލިހު ފާހަގަކުރެއްވިއެވެ.
ހަބަރުއެމްޑީޕީއަށް 4،868 މީހުން ގުޅި، މިހާރު ތިބީ 50،594 މެންބަރުން
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވޯޓުލުމަށް މެންބަރުން ރަޖިސްޓްރީވުމުގެ ފުރުސަތު ހަމަވިއިރު، އިއްޔެ އެކަނިވެސް އެ ޕާޓީއަށް 4،868 މީހުން އަލަށް ގުޅިފައިވެއެވެ. މިއާއެކު އެމްޑީޕީގެ މެންބަރުންގެ ޖުމްލަ އަދަދު 50،594 އަށް އަރާފައިވާއިރު، ޖޫން 12 ގައި ބާއްވާ މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މީކާއިލް އަހްމަދު ނަސީމެވެ.
