ވިޔަފާރިތަކަށް ޑޮލަރު ވިއްކުމުގައި ކޮންޓްރޯލްތަކެއް ގެންގުޅޭ ކަމަށް ބީއެމްއެލްއިން އެއްބަސްވެއްޖެ

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންް ޕޯޓަލް: ބޭންކުން ޓީޓީއަށް ޑޮލަރު ވިއްކަނީ ކުރިން ވިއްކި އަދަދަށް ބަލާފައި --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންް ޕޯޓަލް: ބޭންކުން ޓީޓީއަށް ޑޮލަރު ވިއްކަނީ ކުރިން ވިއްކި އަދަދަށް ބަލާފައި --- ފޮޓޯ: ބީއެމްއެލް

ބައެއް ވިޔަފާރިތަކުން ޑޮލަރު ސަޕޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ އެކަން ހުއްޓުވުމުގެ ގޮތުން ވިޔަފާރިތަކުން ކުރާ ޓީޓީތަކަށް ޑޮލަރު ވިއްކުމުގައި އެތެރޭގެ ކޮންޓްރޯލްތަކެއް ގެންގުޅޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ. 

ބީއެމްއެލްގެ މެނޭޖުމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރީ ބައެއް ޓީޓީތަކަށް ޑޮލަރު ސަޕޯޓު ނުލިބޭ ކަމަށް ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ގުޅިގެން ޖަވާބުދާރީ ވަމުންނެވެ. 

މިކަމާ ގުޅޭ މައުލޫމާތު ދެމުން، ބީއެމްއެލްގެ ބޭންކުގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑިރެކްޓަރު، މޫސާ ނިމާލު ވިދާޅުވީ އެ ބޭންކުން ޑޮލަރު ވިއްކާ ބޭންޑުތައް ކަނޑައެޅީ ކުދި ވިޔަފާރިތަކަށް ބޮޑަށް އެހީދެވޭނެ ގޮތަކަށް ބޭންޑުތަކެއް ކަނޑައަޅައިގެން ކަމަށެވެ.

ބީއެމްއެލްއިން ޑޮލަރު ވިއްކުމުގައި ކަނޑައެޅި ބޭންޑުތަކުގެ ދަށުން، 2500 ޑޮލަރުން ދަށުގެ ޓީޓީތަކަށް 50 ޕަސެންޓު، 2500 ޑޮލަރާއި 5000 ޑޮލަރާ  ދެމެދުގެ ޓީޓީތަކަށް 30 ޕަސެންޓު، 5000 ޑޮލަރަށް ވުރެން އަގު ބޮޑު ޓީޓީތަކަށް 15 ޕަސެންޓު ޑޮލަރު ސަޕޯޓު ލިބެ އެވެ. އަދި، އެއް ޓީޓީއަކަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދެވޭނެ އެންމެ މަތީ ލިމިޓަކީ 10،000 ޑޮލަރު ކަމަށް އޮތީ ކަނޑައަޅާފަ އެވެ. 

ބީއެމްއެލްއަށް ފުރަތަމަ ކުއާޓަރުގައި 631 މިލިއަން ރުފިޔާގެ ސާފު ފައިދާ

ބޭންކަށް ނިމުނު ކުއާޓަރުގައި ބޮޑު އާމްދަނީއަކާއި ސާފު ފައިދާއެއް ލިބުނު ނަމަވެސް، އިރާން ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް އައި ހީނަރުކަމާ ގުޅިގެން ޑޮލަރު ގޮންޖެހުންތައް އެބަހުރި ކަމަށް ބޭންކުން ބުނި.

މިއީ ކުދި ވިޔަފާރިތަކަށް ފަސޭހަކޮށްދޭން ބޭންކުން ކުރި ކަމެއް ނަމަވެސް، ނިމާލް ވިދާޅުވީ، ބައެއް ވިޔަފާރިތަކުން މީގެ ނާޖައިޒު ފައިދާ ނަގައި، އިންވޮއިސްތައް ބައިބަޔަށް ބަހާލައިގެން ޑޮލަރު ސަޕޯޓުގެ ބޭނުންކުރަމުން ދިޔަ ކަމަށް އެ ބޭންކަށް ފާހަގަކުރެވުނު ކަމަށެވެ.

"މިހެން ހެދުމުން ބޮޑެތިކޮށް ހަދާ ޓީޓީއަށް ވެސް ކުދި ވިޔަފާރިތަކަށް ލިބޭ ވަރަށް އަޅުގަނޑުމެންނަށް [ޑޮލަރު] ވިއްކަން ޖެހޭ ކަހަލަ ގޮތަކަށް މެދުވެރިވީ. އެހެންމަ، އެކަން ހައްލުކުރަން އަޅުގަނޑުމެން ބޭނުންވެގެން ބައެއް ކަހަލަ ބަދަލުތަކެއް ގެނައިން." އޭނާ ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ، މި ވޭތުވި ދެ ދުވަހުގެ ތެރޭގައި ޓީޓީތަކަށް ޑޮލަރު ސަޕޯޓު ނުލިބޭ ކަމަށް ބުނެ ވާހަކަ ދެކެވެނީ މިހެންވެ ކަމަށެވެ. މިއީ އެ ވިޔަފާރިއެއްގެ ނިސްބަތުން ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ބީއެމްއެލްއިން ގެނައި ކޮންޓްރޯލްތަކާއެކީ، ޑޮލަރު ސަޕޯޓު ފޯރުކޮށްދެނީ "ކޭސް ބައި ކޭސް" ބޭސިސްއަކުން ކޮންމެ ޓީޓީއަކަށް، އެ ވިޔަފާރިއަކަށް ކުރިން ޑޮލަރު ވިއްކާފައިވާ މިންވަރަށް ވެސް ބަލައިގެން ކަމަށް ނިމާލް ވިދާޅުވި އެވެ. 

"ކޮންމެ ޓީޓީއަކަށް ވެސް މިހާރު އަޅުގަނޑުމެން މި މަސް ތެރޭގައި ވިއްކުނީ ކިހާ ވަރަކަށްތޯ ބަލާފަ، އެ ވިޔަފާރިއަކާ އެކަށީގެންވާ ވަރަށް އަޅުގަނޑުމެންނަށް މި އަހަރު، މި މަސް ތެރޭގައި ދޫކުރެވިފަ ހުރިތޯ ބަލާ، އެ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މި ދެ ދުވަހަކު އެ ބަދަލުތަކެއް ގެނައިމަ އައި ޝަކުވާތަކެއް ކަން ނޭނގެ ބޮޑަށް އެއީ،" އޭނާ ވިދާޅުވި އެވެ. 

ކުރިން ޑޮލަރު ވިއްކާފައިވާ ނިސްބަތުން ބައެއް ޓީޓީތަކަށް ޑޮލަރު ނުވިއްކާ ގޮތަށް ބީއެލްއެލްއިން އުސޫލުތަކެއް ކަނޑައެޅިއިރު، ވިޔަފާރިވެރިން މި ޝަކުވާކޮށްގެން އެ ހަބަރު ޖެހުމުން ބީއެމްއެލް ވަނީ އެ ކަން ދޮގުކޮށްފަ އެވެ. މި ނޫހުން ޖެހި ހަބަރުގައި ލިޔުނީ މި މަހުގެ ނިޔަލަށް ޑޮލަރު ސަޕޯޓު ނުލިބޭނެ ކަމަށް ބައެއް ވިޔަފާރިތަކަށް އަންގާފައިވާ ކަމަށް، އެ ވިޔަފާރިވެރިން ބުނާ ކަމަށެވެ.

ވިޔަފާރިވެރިންގެ ބަސް ދޮގުކޮށް، ޓީޓީއަށް ޑޮލަރު ދޫކުރުން ހުއްޓާނުލާ ކަމަށް ބީއެމްއެލް އިން ބުނެފި

ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރު ސަޕޯޓު ބީއެމްއެލްއިން މެދުކަނޑާލި ކަމަށް ބުނި ހަބަރަކާ ގުޅޮގެން ބޭންކުން ހާމަކުރި ގޮތުގައި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުންދާ ކަމަށް. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޑޮލަރު ވިއްކި މިންވަރު ވަނީ 142 ޕަސެންޓު އިތުރު ކަމަށް ބުނި.

ބީއެމްއެލްއިން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ހަބަރުގައި ހުރީ ހަގީގަތާ ހިލާފު، ދޮގު މައުލޫމާތު ކަމަށެވެ. އަދި، އެހާތަނަށް އެއްވެސް ޓީޓީއަކަށް ޑޮލަރު ސަޕޯޓު ނުދީ ނޯންނާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިހެން ބުންޏަސް، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިމާލް އާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ދެއްކެވި ވާހަކަތަކުން، ބައެއް ވިޔަފާރިތަކުގެ ލިމިޓު ހަމަވެފައިވާތީ އެ ވިޔަފާރިތަކަށް އިތުރަށް ޑޮލަރު ނުވިއްކާ ގޮތަށް ނިންމިކަން ކަށަވަރުވެ އެވެ.

ޑޮލަރު ވިއްކާ މިންވަރަށް ބިނާކޮށް، ޑޮލަރު ސަޕޯޓު ނުދިނުމުގެ އިތުރުން ބީއެމްއެލްއިން ވަނީ ބައެއް ކަހަލަ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓު ނުދޭ ގޮތަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ފޮރެކްސް އާއި ގިފްޓު ކާޑު ފަދަ ވިޔަފާރިތައް ހިމެނޭ ކަމަށް އެ ބޭންކުން ބުންޏެވެ.

ބޭންކުން ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދޫކުރާ ޑޮލަރު ފޯރުކޮށްދެނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox