ކަރަންސީ ސްވޮޕު ރޯލްއޯވާ ކުރުމުގެ މަޝްވަރާއަށް ޕާޓީތަކުގެ ބަސް ހޯދަން ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

އިންޑިއާއަށް މި މަސް ނިމުމުގެ ކުރިން ދައްކަންޖެހޭ 400 މިލިއަން ޑޮލަރާ ރޯލްއޯވާ ކުރުމުގެ މަޝްވަރާއަށް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާ ހޯދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ. 

ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބޮޑު ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ ދަރަނީގެ ކަންކަމާ ގުޅޭ މަޝްވަރާ ހިންގުން ކަމަށްވާއިރު، ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަން ޖެހޭ ކަމަށެވެ. 

"އިންޑިއާ ސަރުކާރާއެކު ދައްކާ ވާހަކައަކީ ހުރިހާ ޕާޓީއެއް އެއްބަސްވެ ދެކެވޭ ވާހަކައަކަށް ވެއްޖެއްޔާ، އެ ވާހަކަތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ. އަޅުގަނޑު އެދެނީ ސަރުކާރު މަޝްވަރާގެ މޭޒުދޮށަށް އައުމަށް،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

އިންޑިއާއިން ދީފައިވާ 400 މިލިއަން ޑޮލަރު މި މަސް ނިމުމުގެ ކުރިން އަނބުރާ ދައްކަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެ ފައިސާ އަނބުރާ ދެއްކުން ދެ ފަހަރެއްގެ މަތިން ލަސްކޮށްދީފައިވާއިރު، ތިންވަނަ ފަހަރަށް ލަސްކުރުމަކީ އިންޑީއާގެ މާލިއްޔަތު ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނާ ކަމަށެވެ. 

ނަޝީދު އިތުރަށް ވިދާޅުވީ މި މަސް ތެރޭގައި ރާއްޖެއިން 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ފައިސާ ދައްކާފައިވާއިރު، ރާއްޖެ ޑިފޯލްޓްވެއްޖެނަމަ މުޅި މާލީ ނިޒާމަށް އަދި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. 

މިއީ ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އައުމަށް ނަޝީދު ގޮވާލި ދެވަނަ ފަހަރެވެ. ނަމަވެސް އިދިކޮޅާއެކު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރުން ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓުން ބޭރު ކަމަށެވެ. 

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ، އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން. އެހެންވީމަ އަޅުގަނޑު ދާނީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ. 

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އިންޑިއާއަށް ރާއްޖެއިން ދައްކަން ޖެހޭ 400 މިލިއަން ޑޮލަރު އަނބުރާ ދެއްކުން ފަސްކޮށްދޭން ދިވެހި ސަރުކާރުން ވަނީ އެދިފަ އެވެ. 

ސަރުކާރުން މި މަސް ތެރޭގައި 500 މިލިއަން ޑޮލަރާއި ސުކޫކުގެ ފައިދާއަށްވާ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކައި ހަލާސްކުރީ ދައުލަތުގެ ރަސްމީ ރިޒާވާއި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު ބޭނުންކޮށްގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox