ސަރުކާރުން އެދިގެން ރާއްޖެއަށް އަސާސީ މުދާ އެކްސްޕޯޓު ކުރާ އަދަދު އިތުރުކުރަން އިންޑިއާއިން ހުއްދަ ދީފި

އެސްޓީއޯ ފުށް ގުދަނުން ފުށް ބަސްތާއެއް ހިފައިގެން ބިދޭސީއަކު ނުކުންނަނީ -- ފޮޓޯ: އަދަދު

އެސްޓީއޯ ފުށް ގުދަނުން ފުށް ބަސްތާއެއް ހިފައިގެން ބިދޭސީއަކު ނުކުންނަނީ -- ފޮޓޯ: އަދަދު

އާންމުކޮށް ބޭނުންކުރާ އަސާސީ މުދާ ރާއްޖެއަށް އެކްސްޕޯޓުކުރާ އަދަދު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމުން، އެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް އަހަރަށް އަސާސީ މުދާ ރާއްޖެއަށް އެކްސްޕޯޓު ކުރުމުގެ ހުއްދަ އިތުރުކޮށްދިނީ ދިވެހި ސަރުކާރުން އެދުނު މިންވަރަށް ކަމަށެވެ.

އެ ގޮތުން، އެ ގައުމުން ދިވެހިރާއްޖެއަށް އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިން ބާވަތްތަކަކީ:

  • އަލުވި
  • ފިޔާ
  • ހަނޑޫ، ހަކުރު، ފުށް
  • މުގު
  • ހިލަ، ހިލަވެލި

މީގެ ތެރެއިން ކުރިއަށް އޮތް އަހަރަށް ދިވެހިރާއްޖެއަށް ހަނޑޫ އެތެރެ ކުރުމަށް ކަނޑައެޅި ކޯޓާ، މިދިޔަ އަހަރާ އަޅާބަލާއިރު، ވަނީ 77 ޕަސެންޓު އިތުރުކޮށްފަ އެވެ.

އިންޑިއާގެ ބަޔާނުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ އުސޫލުގެ ދަށުން ކުރިއަށް އޮތް އަހަރަށް ކަނޑައެޅި ކޯޓާއަކީ 1981 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ކަނޑައެޅި އެންމެ ބޮޑު ކޯޓާ ކަމަށެވެ.

މީގެ ކުރީ އަހަރުތަކެކޭ އެއްގޮތަށް، ކުރިއަށް އޮތް އަހަރަށް ކަނޑައެޅި ކޯޓާއަށް ވެސް، އެ ގައުމުން އަޅާ އެއްވެސް ފިޔަވަޅެއްގެ ހިޔަނި ނޭޅޭނެކަމުގެ ޔަގީންކަން އިންޑިއާއިން ވަނީ ދީފަ އެވެ. އެހެންކަމުން، އެއްވެސް ހާލަތެއް ކުރިމަތިވެގެން، މުދާ އެކްސްޕޯޓު ކުރުން މަނާކުރި ނަމަވެސް، ރާއްޖެއަށް ކަނޑައެޅި ކޯޓާއަށް މުދާ އެކްސްޕޯޓު ކުރާނެ އެވެ.

މީގެ ކުރިން ރާއްޖެއަށް ނުދޭވަރުގެ ކޯޓާއެއް، އަސާސީ މުދާ އެކްސްޕޯޓު ކުރުމަށް ދިނުމުން ހާމަވަނީ އިންޑިއާގެ އަވައްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގެ އިންސާނީ ތަރައްގީއަށް އެހީތެރިވުމަށް އެ ގައުމުން ދޭ އިސްކަން ކަމަށް އިންޑިއާ އެމްބަސީގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox