ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް، އެފްއެސްއެމްއިން ވިއްކާ ޑީސެލްގެ އަގު މައްޗަށް

FSM fuel barge made in Egypt.

FSM fuel barge made in Egypt.

އެމެރިކާ އާއި އިޒްރޭލުން އިސްވެ، އީރާންއާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމާއެކު، ދުނިިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވި ނަމަވެސް، ފިއުލް ސަޕްލައި މޯލްޑިވްސްއިން ވިއްކާ ޑީސެލްގެ އަގު މިއަދު ބޮޑުކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ބައުޒަރުތަކާއި ޕަމްޕު ސްޓޭޝަންތަކުން ވިއްކާ ޑީސެލް ލީޓަރަކުން މިއަދު ބޮޑުކޮށްފައި ވަނީ 2ރ. އެވެ. ނަމަވެސް، މި ބަދަލު ފިއުލް ޝެޑުތަކުން ވިއްކާ ޑީސެލްގެ އަގަށް ގެނެސްފައެއް ނުވެ އެވެ.

އެފްއެސްއެމްއިން ވިއްކާ ޑީސެލްގެ އަގަށް ގެނައި ބަދަލާއެކު، ޑީސެލް ލީޓަރެއްގެ އަގު ވަނީ 30ރ. އަށް އަރައިފަ އެވެ. މިއީ ކޮވިޑު ދުވަސްވަރު ވެސް ޑީސެލް ލިބެންހުރި އަގަށްވުރެ ބޮޑު އަގެކެވެ. ކޮވިޑު ދުވަސްވަރު، އެންމެ ތާށި ބޮޑުވި ދުވަސްވަރު ވެސް ޑީސެލް ލީޓަރެއްގެ އަގު ރާއްޖޭގައި ހުރީ 19ރ. އަށެވެ.

މި ބަދަލު ގެނައުމުގެ ކުރިން، އީރާން ހަނގުރާމައާ ގުޅިގެން އެފްއެސްއެމްގެ ބައުޒަރުތަކާއި ޕަމްޕު ސްޓޭޝަންތަކުން ޑީސެލް ވިއްކަމުންދިޔައީ 28.32ރ. އަށެވެ.

އެފްއެސްއެމްއިން މި ބަދަލު ގެނެސްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން، ސާފުނުކުރާ ތެލުގެ އަގު 15 ޕަސެންޓު ވަނީ ހެޔޮވެފަ އެވެ. އެއާއެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 92 ޑޮލަރާއި 94 ޑޮލަރާ ދެމެދުގެ އަގެއްގައި ވަނީ ހިފެހެއްޓިފަ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދިޔަ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމާއެކު، ދުނިޔޭގެ ސްޓޮކް މާކެޓުތަކަށް ވެސް ވަނީ އޭގެ ހެޔޮ އަސަރު ކޮށްފަ އެވެ.

އީރާން ހަނގުރާމައާ ގުޅިގެން އެފްއެސްއެމްގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު ވެސް ވަނީ މީގެ ކުރިން ބޮޑުކޮށްފަ އެވެ. އެ ކުންފުނީގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox