ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖެ، ލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝް ޒުވާން ޓީމު

އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ،---- ފޮޓޯ: އިމޭޖަސް.އެމްވީ

އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ،---- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޖޫން މަހު ކުޅެން ރާވާފައި އޮތް ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ސްރީ ލަންކާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ކުޅެން ނިންމާފަައިވާ ކަަމުގެ މައުލޫމާތު ލިބިއްޖެ އެވެ. 

ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕްގެ ނަމުގައި، ޖޫން 1-10 އަށް ސީނިއާ ގައުމީ ޓީމުތަކަށް ބާއްވާ މުބާރާތެއް ބާއްވަން އެފްއޭއެމް އިން އޮތީ ނިންމައިފަ އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އެންމެ ފުރަތަމަ ފޮނުވީ ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލަށެވެ.

ލަންކާ އިން ވަނީ، އެ މުބާރާތުގައި ކުޅެން ނިންމިކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، ބަންގްލަދޭޝް އިން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ. ޖޫން މަހު ބަންގްލަދޭޝް އިން ދާނީ ޔޫރަޕްގައި، ސެން މެރީނޯއާ ދެކޮޅަށް ކުޅޭށެވެ. އެހެން ނަަމަވެސް، ބަންގްލަދޭޝް އިން މިހާރު ނިންމާފައިވަނީ މި މުބާރާތުގަައި 23 އަަހަރުން ދަށުގެ ޓީމު ވާދަކުރާ ގޮތަށެވެ. 

ރާއްޖޭގެ ޑައިމަންޑް ޖުބިލީ މުބާރާތުގެ ދައުވަތެއް ޕާކިސްތާނަށް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޖޫން މަހު ކުޅެން ރާވާފައި އޮތް ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރުމުގެ ދައުވަތެއް ޕާކިސްތާންގެ ގައުމީ ޓީމަށް ލިބިފައިވާ ކަމަށް ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަން (ޕީއެފްއެފް)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައި.

ނޭޕާލުން މުބާރާތުގައި ވާދަނުކުރެވޭނެކަން އެފްއޭއެމަށް އަންގާފައިވާއިރު، އެންމެ ފަހުން، ރާއްޖޭން މުބާރާތުގެ ދައުވަތު ފޮނުވި، ޕާކިސްތާންގެ ފުޓްބޯލް ފެޑެރޭޝަން (ޕީއެފްއެފް) އިން ވަނީ މުބާރާތުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދީފަ އެވެ. އެހެންކަމުން، މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ކުޅޭނެ ތިން ޓީމެއް ޔަގީންވެގެން ދިޔައީ އެވެ. 

ސާފް ސަރަަހައްދުގެ ގައުމުތަކުގެ މެދުގައި އެންމެ ފަހުން، ރާއްޖޭގައި ހޯސްޓްކުރި މުބާރާތަކީ، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އެވެ. އެ ފަހަރުގެ މުބާރާތުގައި ޕާކިސްތާން ވާދަކޮށްފައިނުވެ އެވެ. އެކަމަކު، ޕާކިސްތާނުން ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް މެޗުތައް ކުޅެން އަތުވެފަ އެވެ. ޕާކިސްތާންގެ ގައުމީ ޓީމު އެންމެ ފަހުން ރާއްޖެ އަތުވެފައިވަނީ، 2023 ވަނަ އަހަރު މާޗް މަހުގައި. ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗަކަށެވެ. އެ މެޗުން ރާއްޖެ ވަނީ 1-0 އިން މޮޅުވެފަ އެވެ.

ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް 19 އަހަރުން ދަށުގެ މުބާރާތެއް ވަނީ ސްކޫލްތަކަށް ބާއްވައިފަ އެވެ. އެފްއޭއެމް އިން މި މުބާރާތް ބޭއްވީ ދާދި ފަހުން ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޓީމެއް އެކުލަވާލުމާ ވެސް އެކުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox