ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުުން ސްރީ ލަންކާ ވަކިވުމުން ބަދަލުގައި އަފްގާނިސްތާން

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އަންނަ މަހު މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ފުރަތަމަ ނިންމި ސްރީ ލަންކާ އިން މުބާރާތުން ވަކިވުމާ ގުޅިގެން، އެ ޖާގަ އަށް އަފްގާނިސްތާނުން އެ މުބާރާތުގައި ވާދަކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. 

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަަބަތުގައި، ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕްގެ ނަމުގައި މި އަހަރުގެ ޖޫން 1-10 އަށް ސީނިއާ ގައުމީ ޓީމުތަކަށް ބާއްވާ މުބާރާތެއް ބާއްވަން އެފްއޭއެމް އިން އޮތީ ނިންމައިފަ އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އެންމެ ފުރަތަމަ ފޮނުވީ ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލަށެވެ.

Advertisement

ނޭޕާލު ފުޓްބޯޅަ ހާލަތު އޮތްގޮތުން މުބާރާތުގައި ކުޅެވެން ނެތްކަން އެންގިއިރު، ލަންކާ އިން ވަނީ، އެ މުބާރާތުގައި ކުޅެން ނިންމިކަން އިއުލާނު ވެސް ކޮށްފަ އެވެ. އެކަމަކު، ބަންގްލަދޭޝްގެ ސީނިއާ ޓީމުން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ.

އަންނަ މަހު ބަންގްލަދޭޝް ސީނިއާ ފުޓްބޯޅަ ޓީމުން ދާނީ ޔޫރަޕްގައި، ސެން މެރީނޯއާ ދެކޮޅަށް ކުޅޭށެވެ. އެއީ، އެ ގައުމުގެ ތާރީހުގައި ވެސް ޔޫރަޕްގައި ކުޅޭނެ ފުރަތަމަ މެެޗެވެ. ބަންގްލަދޭޝް އިން ފަހުން ނިންމާފައިވަނީ ޑައިމަންޑް ޖުބިލީ މުބާރާތުގައި 23 އަަހަރުން ދަށުގެ ޓީމު ވާދަކުރާ ގޮތަށެވެ. 

2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އަފްގާނިސްތާނުން ކުޅުނު މެޗެއްގެ ތެރެއިން.
2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އަފްގާނިސްތާނުން ކުޅުނު މެޗެއްގެ ތެރެއިން.

ލަންކާ އިން ރާއްޖޭގެ މުބާރާތުން ވަކިވިކަން އެފްއޭއެމް އަށް ވެސް އަންގާފައިވާއިރު، ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ތަފާތު އުޒުރުތައް ވަނީ ދައްކައިފަ އެވެ.

އެކަމަކު، އެނގިފައިވާ ގޮތުގައި، ލަންކާ އިން އެންމެ ބޮޑަށް، ރާއްޖޭގެ ޑައިމަންޑް ޖުބިލީ މުބާރާތުގައި ކުޅުމަށް ދެ ވަނަ ވިސްނުމަކަށް ދިޔަ އެއް ސަބަބަކީ، ބަންގްލަދޭޝް އިން މި މުބާރާތަށް 23 އަހަރުން ދަށުގެ ޓީމު ފޮނުވަން ނިންމުމެވެ. 

އަފްގާނިސްތާނުން، ރާއްޖޭގައި ކުޅޭ ޑައިމަންޑް ޖުބިލީ މުބާރާތުގެ މި ފުރުސަތުގެ ބޭނުންހިފަން ކުރިން ވެސް ބޭނުންވެފައި ހުރިއިރު، ލަންކާ އިން މުބާރާތުން ވަކިވުމާ އެކު، އެ ޖާގަ ހޯދުމަށްޓަކައި އަވަސްވެގަތެވެ. އަދި، އެ ޓީމުން އަންނަނީ މިހާރު މުބާރާތުގައި ކުޅުމަށްޓަކައި ހަމަޖައްސަން ޖެހޭ ކަންކަން ފުރިހަމަ ކުރަމުން ކަމުގެ މައުލޫމާތު "އަދަދު ސްޕޯޓްސް" އަށް ވަނީ ލިބިފަ އެވެ. 

އަފްގާނިސްތާން އިން މީގެ ކުރިން ވަނީ، 2014 ވަަނަ އަަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅެފަ އެވެ. މާލެ އާއި އައްޑޫ ސިޓީގައި ހޯސްޓްކުރި އެ މުބާރާތުގައި، އަފްގާނިސްތާން ހިމެނުނީ އައްޑޫ ސިޓީގައި ކުރިއަށްދިޔަ ގްރޫޕް ބީގަ އެެވެ. އަފްގާނިސްތާނުން ގްރޫޕް ބީގެ ދެ ވަނަ ހޯދީ ފިލިޕީންސް އަށް ވުރެން ފަހަތުން ނިންމައިގެންނެވެ. ސެމީ ފައިނަލުގައި ފަލަސްތީން އަތުން ބަލިވިއިރު، ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ވަނީ އަފްގާނިސްތާން އަތުން މޮޅުވެފަ އެވެ. 

އަފްގާނިސްތާނުން ވަނީ 2003 އިން ފެށިގެން 2015 އާ ހަމައަށް ދެކުނު އޭޝިއާގެ ގައުމުތަކުގެ ކުޅޭ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އެ ގޮތުން، ސާފް ޗެމްޕިއަންޝިޕްގެ ހަތް މުބާރާތެއްގައި އަފްގާނިސްތާނުން ކުޅުނުއިރު، ފަހު ތިން މުބާރާތުގެ ފައިނަލުގައި ވާދަކޮށް، 2013 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ. 

ރާއްޖޭން މިހާރު އަންނަނީ، ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox