ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕް އޮތީ ހުޅުމާލެ ޓްރެކް ދަނޑުގައި

ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑު: މާދަމާ ފަށާ ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅޭނީ މި ދަނޑުގައި.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑު: މާދަމާ ފަށާ ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅޭނީ މި ދަނޑުގައި.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 17 އަހަރުން ދަށަށް ބާއްވާ ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތް، ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕް (ކުރީގެ އިންޓަ ސްކޫލް)، ހުޅުމާލޭ ސިންތެޓިކް ޓްރެކުގެ ދަނޑުގަައި ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ. 

މާދަމާ ހަވީރު ފަށާ މި މުބާރާތް ވެގެންދާނީ ހުޅުމާލޭ ޓްރެކް ދަނޑުގައި ކުޅޭ ފުރަތަމަ ފުޓްބޯޅަ މުބާރާތަަށެވެ. މީގެ ކުރިން، މި ދަނޑުގައި މުޅިން ކުރިއަށްގެންގޮސްފައިވަނީ، އެތުލެޓިކްސްގެ މުބާރާތްތަކެވެ. 

އެފްއޭއެމް އިން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓްކުރަން ކުރި ބިޑްގައި ދެ ވަނަ ދަނޑެއްގެ ގޮތުގައި، ހުޅުމާލެ ޓްރެކް ދަނޑު ހިމެނި އެވެ. އެކަމަކު، މުޅި މުބާާރާތް ކުޅެފައިވަނީ، ގަލޮޅު ދަނޑުގަ އެވެ. އޭގެ ޖެހިގެން އައި އަހަރު، ގަލޮޅު ދަނޑު މަރާމާތަށް ބަންދުކުރުމަށްޓަކައި، ހުޅުމާލޭ ޓްރެކް ދަނޑުގައި މެޗުތައް ކުޅޭ ގޮތަށް ޕްލޭން ކުރި އެވެ. އެކަމަކު، އެ ގޮތަށް ވިސްނި ނަމަވެސް ގަލޮޅު ދަނޑުގެ މަސައްކަތް ނުފެށި، ކުރިއެކޭ އެއްގޮތަށް ގަލޮޅު ދަނޑުގައި މެޗުތައް ކުޅެމުން ދަނީ އެވެ. 

Advertisement

އިންޓަ ސްކޫލްގެ ބަދަލުގައި ދެން އޮންނާނީ ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް

ރާއްޖޭގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ކިޔަމުން އައި "އިންޓަ ސްކޫލް" ނަން "ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް" އަށް ބަދަލުކޮށް، އެކި ރީޖަންތަކަށް ބަހާލައިގެން މުބާރާތްތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި.

މި ވަގުތު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށްދާތީއާ އެކު، ހެންވޭރު ދަނޑުގެ ހާލަތު އޮތްގޮތުންނާއި ޓާފް ދަނޑުގައި ސްކޫލްތަކުގެ މުބާރާތް ބޭއްވުމަށް އެންމެ އެކަށޭނެ ގޮތް ކަމަށްނުވާތީވެ،  މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާ މަޝްވަރާ ކުރުމަށް ފަހު، ހުޅުމާލެ ޓްރެކް ދަނޑުގައި މެޗުތައް ކުޅޭ ގޮތަށް ހަމަޖެއްސީ އެވެ. 

މާދަމާ އިން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ޓްރެކް ދަނޑުގައި، ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށްދާއިރު، މި މުބާރާތުގައި މި ސަރަހައްދުން 25 ސްކޫލްތަކެއް ވާދަކުރެ އެވެ.

މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ، ގުޅި ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް، ކަލާފާނު ސްކޫލް، އިމާދުއްދީން ސްކޫލް، ކެޔޮދޫ ސްކޫލް، ހުރަވީ ސްކޫލް، މާފުށި ސްކޫލް، މުހިއްދީން ސްކޫލް، ގުރައިދޫ ސްކޫލް، ޖަމާލުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ރެހެންދި ސްކޫލް، ހުރާ ސްކޫލް، އދ. އަތޮޅު ތައުލީމީ މަރުކަޒު، ތާޖުއްދީން ސްކޫލް، ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް، ސަލާހުއްދީން ސްކޫލް، އަރަބިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ގާޒީ ސްކޫލް، މަޖީދިއްޔާ ސްކޫލް، ކ. އަތޮޅު މަދަރުސާ، ހިންމަފުށި ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލް އެވެ. 

ޓްރެކް ދަނޑުގައި މުބާރާތް ކުރިއަށްގެންދިއުމަށްޓަކައި، ވިނަގަނޑުގައި ރޯލަރު އެޅުމާއި އިތުރު މަސައްކަތްތައް މިހާރު ކުރިއަށް އެބަދެ އެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑަކީ މީގެ ކުރިން، ސްޕޯޓްސް މިނިސްޓްރީން އެތުލެޓިކްސް  އެސޯސިއޭޝަންގެ ހަރަކާތްތަކަށް ދީފައި އޮތް ދަނޑެކެވެ. އެ ދަނޑުގައި، ގައުމީ އެތުލެޓިކްސްގެ ޖޫނިއާ އާއި ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގެ އިތުރުން، ގަވާއިދުން އެތުލެޓިކްސްގެ އެކަޑަމީތަކުގެ ޓްރެއިނިންތައް ކުރިއަށްގެންދެ އެވެ. އެ ގޮތުން، މި ދުވަސްވަރަކީ، ސްކޫލްތަކުގެ ކްރިކެޓް މުބާރާތް މާލެ ޓްރެކް ދަނޑުގައި ކުރިއަށްދާ ދުވަސްވަރަކަށްވެފައި، ހުޅުމާލެ ޓްރެކް ދަނޑުގައި، ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތް ބާއްވަން ތައްޔާރުވާއިރު، އެތުލެޓިކްސްގެ އެކަޑަމީތަކުގެ ހަރަކާތްތައް ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށްގެންދެވޭނެ ތަނެއް ނެތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox