ޒުވާން ކުޅުންތެރިން ހިމަނައިގެން ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޕްރިލިމިނަރީ ސްކޮޑު އިއުލާނުކޮށްފި

20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން: އޭނާ ހިމެނޭ ގޮތަށް ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް މި ފަހަރުގެ ސީނިއާ ގައުމީ ސްކޮޑުގައި ވަނީ ހިމަނައިފައި.---- ފޮޓޯ: އިމޭޖަސް،އެމްވީ

20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން: އޭނާ ހިމެނޭ ގޮތަށް ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް މި ފަހަރުގެ ސީނިއާ ގައުމީ ސްކޮޑުގައި ވަނީ ހިމަނައިފައި.---- ފޮޓޯ: އިމޭޖަސް،އެމްވީ

ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ޒުވާން ކުޅުންތެރިން ހިމަނައިގެން، ޖޫން މަހު މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑު އިއުލާނުކޮށްފި އެވެ. 

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މުބާރާތް ޖޫން 1-10 އަށް ކުރިއަށްގެންދާ ގޮތަށް ނިންމާފައިވާއިރު، މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ކުޅޭނީ، ސްރީ ލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ. 

އެ މުބާާރާތުގައި ވާދަކުރަން ނޭޕާލަށް ދިން ފުރުސަތުގައި އެ ޓީމަށް ބޭނުންކުރެވެން ނެތްކަމަަށް އެންގީ، އެ ގައުމުގެ ފުޓްބޯޅައިގެ ހާލަތު ގޯސްކޮށް އޮތުމުންނެވެ. 

Advertisement

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރުބާނީގެ ކޯޗުކަމުގައި، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތަށް ގައުމީ ޓީމުން ޕްރެކްޓިސް ފަށަން ނިންމާފައި އޮތީ މި މަހު 26 ވަނަ ދުވަހު އެވެ. 

ސްކޮޑުގައި ހިމަނާފައިވާ ކުޅުންތެރިންނަށް ބަލާއިރު، 20 އަހަރުން ދަށުގެ ގަައުމީ ޓީމުގެ މުހައްމަދު އިލާން އިމްރާން، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު، އަހުޒަމް ރަޝީދު އަދި އީތަން އިބްރާހިމް ޒަކީ ހިމެނެ އެވެ. މީގެ އިތުރުން، ބުރު ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި، މުހައްމަދު ނައިސަމް ނަދީމް އަށް ވެސް ގައުމީ ސްކޮޑުން ފުރުސަތު ލިބިފައިވެ އެވެ. 

ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗަށް ނެގި ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، މި ފަހަރު ސްކޮޑަށް އެނބުރި އައީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހަަސަން ރާއިފް އަހުމަދު (ހަންނަ)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަދި، ކުރިން ގައުމީ ސްކޮޑުގައި ހިމެނުނު، އަހުމަދު މާއިޝް ރަޝީދު (މާއި) އަށް ވެސް ވަނީ މި ފަަހަރުގެ ސްކޮޑުން ޖާގަ ލިބިފަ އެވެ. 

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަށް ނެގި ޕްރިލިމިނަރީ ސްކޮޑު: 

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން: ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ޝަރީފް (ހުސެން)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)، އަހުމަދު އައިހަމް (ފަތޯ)، މުހައްމަަދު އިލާން އިމްރާން، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު

ބުރު ސްޕޯޓްސް ކްލަބް: ތޯއިފް ގާސިމް (ތޯއްޕެ)، އަހުމަދު އަބްދުﷲ (ލިލީ)، މުހައްމަދު ނައިސަމް ނަދީމް

ކްލަބް އީގަލްސް: އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، މުހައްމަދު އަޝްވާން، ޒަހުރާން ހަސަން ޒިޔާދު (ޒަހު)

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް: މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު ފައިސަލް، އަލީ އަޝްފާގު (ދަގަނޑޭ). 

އޮޑި ސްޕޯޓްސް ކްލަބް: އަހުމަދު އައިހަމް (އައިހު)، އަހުޒަމް ރަޝިދު (އަހު)، މުޒްދާން ހަސަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަބްދުﷲ ލޫތު އިބްރާހިމް، މުހައްމަދު ޝަފީއު (ޗެކް). 

ވިކްޓަރީ ސްޕޯޓްސް ކްލަބް: އަހުމަދު ރިޒުވާން (ރިޒޭ)، އަމްދާން އަލީ (އެންޑީ)

ޓީސީ ސްޕޯޓްސް ކްލަބް: އަހުމަދު މާއިޝް ރަޝީދު (މާއި)

ކްލަބް ވެލެންސިއާ: އީތަން އިބްރާހިމް ޒަކީ

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox