ގޮންޖެހުންތަކެއް ހުރި ނަމަވެސް ސާފް މުބާރާތް ހޯސްޓްކުރުމަކީ އެފްއޭއެމް އަށް ކާމިޔާބެއް

ސާފް 20 އަހަރުން ދަށުގެ މުބާާރާތުގެ ތެރެއިން، ސާފްގެ ޖެނެރަލް ސެކްރެޓަރީ ކަޓޭލް (ކ) އާއި އެފްއޭއެމްގެ ރައީސް ތޯރިގު.--- ފޮޓޯ: އިމޭޖަސް،އެމްވީ / އަދަދު ސްޕޯޓްސް

ސާފް 20 އަހަރުން ދަށުގެ މުބާާރާތުގެ ތެރެއިން، ސާފްގެ ޖެނެރަލް ސެކްރެޓަރީ ކަޓޭލް (ކ) އާއި އެފްއޭއެމްގެ ރައީސް ތޯރިގު.--- ފޮޓޯ: އިމޭޖަސް،އެމްވީ / އަދަދު ސްޕޯޓްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މިހާރުގެ ލީޑަޝިޕް މަގާމުތަކަށް އިންތިހާބުވިއިރު، އެފްއޭއެމާއި ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)އާ ދެމެދު ގުޅުން އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. އެއް ސަބަބަކީ، ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން އާއި ރަނަރަޕަށް ދޭން ޖެހޭ އިނާމް ފައިސާ ދީފައިނުވުމެވެ. އެ ގޮތުން، އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ލީޑަޝިޕުން މުހިންމު ކަމެއް ގޮތުގައި ދެކި، ޗެމްޕިއަން އާއި ރަނަރަޕަށް ދޭން ޖެހޭ އިނާމް ފައިސާ އަށް ވާ 75000 ޑޮލަރު ދެއްކި އެވެ. އެއާ އެކު ސާފް އާއި އެފްއޭއެމްގެ ގުޅުން ބަދަހިވުމަށް މަގުކޮށިގެން ދިޔަ އެވެ. 

އެ ގުޅުން އިތުރަށް ހަރުދަނާކުރަން ލިބިގެންދިޔަ ފުރުސަތަކީ، ދާދި ފަހުން ރާއްޖޭގައި ބޭއްވިގެންދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އެވެ. މިއީ، ސާފްގެ އުމުރުފުރާ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، 2019 ވަނަ އަހަރުގެ ޖުލައި މަހު އައްޑޫ ސިޓީގައި ވަނީ، ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް ބާއްވައިފަ އެވެ. ރާއްޖޭން ވަނީ 2008 ވަނަ އަހަރާއި 2021 ވަނަަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. މީގެ ތެރެއިން، 2008 ގެ މުބާރާތް ހޯސްޓްކުރީ ސްރީ ލަންކާއާ ގުޅިގެންނެވެ. އެކަަމަކު، 2021 ވަނަ އަހަރުގެ މުބާރާތް އޮތީ މާލޭގަ އެވެ.

މީގެ ކުރިން، ރާއްޖޭގައި ހޯސްޓްކުރި ހުރިހާ ފުޓްބޯޅަ މުބާރާތެއްގެ އެކިއެކި ތަޖުރިބާތަކުގެ އަލީގައި، އަދި ރާއްޖޭގެ ފުޓްބޯޅަ އެކި މައްސަލަތަކުގެ ތެރެއިން ހައްލުތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައި ސާފް 20 އަަހަރުން ދަށުގެ މުބާރާތް ސާފް އިން ބޭނުންވާ ގޮތަށް ހޯސްޓްކުރުމަކީ ކާމިޔާބެއްގެ ގޮތުގައި އެފްއޭއެމް އިން ދެކެނީ ގިނަ ސަބަބުތަކެއް ހުރުމުންނެވެ. 

އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޒަރިީރު ވިދާޅުވީ، ހަގީގަތުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމުގައި ވިޔަސް މުބާރާތް ކާމިޔާބުކަމާ އެކު ހޯސްޓްކުރެވުނު ކަމަށެވެ. 

"އެންމެ ބޮޑު ޗެލެންޖަަކަށް ވީ އެންމެ އެކަށީގެންވާ ޓްރެއިނިން ޕިޗުތަކެއް ނެތުން، އެކަމަކު ވެސް މުބާރާތުގެ ގިނަ ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށް،" ޒަރީރު ވިދާޅުވި އެވެ. 

ސާފް 20 އަހަރުން ދަށުގެ މުބާާރާތުގެ ތެރެއިން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ ޒަރީރު: މި ފަހަރުގެ މުބާރާތުން ގިނަ ކަންތައްތަކެއް ހާސިލްވެގެންދިޔަ ކަމަށް ވަނީ ވިދާޅުވެފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ސާފް 20 އަހަރުން ދަށުގެ މުބާާރާތުގެ ތެރެއިން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ ޒަރީރު: މި ފަހަރުގެ މުބާރާތުން ގިނަ ކަންތައްތަކެއް ހާސިލްވެގެންދިޔަ ކަމަށް ވަނީ ވިދާޅުވެފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގޮންޖެހުންތަކެއް ހުރި ކަމުގައި ވިޔަސް، މި މުބާރާތް ރާއްޖޭގައި ހޯސްޓްކުރުމުގެ މުހިންމު މަގުސަދުތަކެއް ޒަރީރު ވަނީ ފާހަގަކުރައްވައިފަ އެވެ. 

"އިންޓަނޭޝަނަލް ރިލޭޝަންސް (ބައިނަލްއަގުވާމީ އެކި އެސޯސިއޭޝަން އާއި ފެޑެރޭޝަންތަކާ އޮންނަ ގުޅުން) ރަނގަޅުވީމަ ހޯސްޓްކުރަން ޗާންސް ލިބުނީ ވެސް. ދެން، މި މުބާރާތާ އެކު، (ސާފް 20 އަހަރުން ދަށުގެ މުބާރާތާ އެކު) ސާފްގެ ގައުމުތަކާ އޮތް ގުޅުން ވެސް މިހާރު ވަރަށް ރަނގަޅު،" ޒަރީރު ވިދާޅުވި އެވެ. 

އެންމެ ފަހުން، ރާއްޖޭގައި ހޯސްޓްކުރި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް ފަހު، ސާފްގެ ގައުމުތަކާއި ރާއްޖޭގެ ގުޅުން ގޯސްވެގެންދިޔައީ، ފައިސާގެ އެކިއެކި ކަންކަމާ ހެދި އެވެ. މާލީ މައްސަލަތަކަކީ، އެފްއޭއެމްގެ އެންމެ ފަހުން އޮތް ލީޑަޝިޕާ ހެދި، ރާއްޖޭގެ ފުޓްބޯޅަ ބޮޑު އަޑިގަނޑަަށް ވެއްޓިފައި އޮތް ކަމެކެވެ. ސާފްއާ ދެމެދު އޮތް އެ މާލީ މައްސަލަތަކާ ހެދި ރާއްޖެ އަށް ފިޔަވަޅު އެޅުމަށް ވެސް ސާފްގެ ބައްދަލުވުންތަކުގައި މީގެ ކުރިން ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު، އޭރު އެ އޮތް ނުތަނަވަސްކަން ބޮޑު ހާލަތުން ރާއްޖޭގެ ފުޓްބޯޅަ، ދެކުނު އޭޝިއާގައި ހިނގައިގަންނަން ފުރުސަތު ލިބިގެންދިޔައީ، މި ފަހަރު މި ހޯސްޓްކުރި، ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ސަބަބުންނެވެ. 

ޒަރީރު ވިދާޅުވީ، ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ކަންކަމުގައި، ޕޮލިހުންނާއި އެމްޓީސީސީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، ޕީއެސްއެމް އަދި ސްޕޯޓްސް މިނިސްޓްރީން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރުމަށެވެ. 

މުބާރާތުގައި އެންމެ ޗެލެންޖިންކޮށް ދިޔަ އެއް ކަންތައް ކަމަށްވާ، އެކި ގައުމުތަކުގެ ސަޕޯޓަރުންގެ އެ ކަންކަން، އެކި ހާލަތުގައި ދިމާވި ގޮތްގޮތަށް ބަލައި، ރަނގަޅަށް މެނޭޖް ކުރުމުގައި ޕޮލިހުންނާއި އެކި ފަރާތްތަކުން ދިން އެއްބާރުލުން އެފްއޭއެމް އިން ވަނީ ފާހަގަކޮށްފަ އެވެ. 

ޖުމްލަ ގޮތެއްގައި، މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ އެކި ކަންކަމާ ގުޅޭގޮތުން، ސާފްގެ އޮފިޝަލުންނާއި ގައުމުތަކުގެ ކޯޗުން ވަނީ ހިތްހަަމަޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު، ބައެއް ކޯޗުން ވަނީ، އިންތިޒާމްތައް އިތުރަށް ރަނގަޅުކުރެވޭނެ ކަންކަން ވެސް ފާހަގަކޮށްފަ އެވެ. އެ ގޮތުން، ޓްރެއިނިން ވަސީލަތްތަކާއި އެހެނިހެން ކަންކަން. ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox