އިގުތިސޯދުގައި އިތުރަށް ހުރި ފައިސާގެ ހަތަރު ބިލިއަނާ ގާތަށް އެމްއެމްއޭއަށް ވައްދައިފި

މަރުކަޒީ ބޭންކު އެމްއެމްއޭގެ މައި އޮފީސް އިމާރާތް: ފައިސާ މަދުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައިގައި --- ފޮޓޯ: އަތޫފް އާތިފް/އަދަދު

މަރުކަޒީ ބޭންކު އެމްއެމްއޭގެ މައި އޮފީސް އިމާރާތް: ފައިސާ މަދުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައިގައި --- ފޮޓޯ: އަތޫފް އާތިފް/އަދަދު

ކުރީ ސަރުކާރުގައި ޕަބްލިކް ބޭންކް އެކައުންޓު އޯވާޑްރޯ ކުރުމާ ގުޅިގެން އިގުތިސޯދުގައި އިތުރަށް ހުރި ފައިސާ (އެކްސެސް ލިކުއިޑިޓީ) މަދުކުރަން މަރުކަޒީ ބޭންކު، އެމްއެމްއޭއިން އޯޕަން މާކެޓް އޮޕަރޭޝަން ފެށި ފަހުން ހަތަރު ބިލިއަން ރުފިޔާއާ ގާތަށް އެ ބޭންކަށް ވައްދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން އޯޕަން މާކެޓު އޮޕަރޭޝަންތައް ފަށައި، ފައިސާ "މޮޕްއަޕް" ކުރަން ފެށީ މި ހަރަކާތް ފަށަން ޖެހިދާނެ ކަމަށް އިލްތިމާސްކުރަމުންދާތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން، މިދިޔަ އަހަރުގެ ޖުލައި 22، ގައި އެވެ.

އެމްއެމްއޭގެ މިދިޔަ މަހުގެ ފައިނޭންޝަލް ސްޓޭޓްމަންޓުން ދައްކާ ގޮތުގައި، އެ މަހުގެ ނިޔަލަށް މަރުކަޒީ ބޭންކުން ވަނީ 3.9 ބިލިއަން ރުފިޔާގެ ސެކިއުރިޓީ ވިއްކައި، އެ ފައިސާ ނިޒާމުގެ ތެރެއިން މަދުކޮށްފަ އެވެ. މިއީ މި އޮޕަރޭޝަންތައް ފެށިއިރު އިގުތިސޯދުގައި އިތުރަށް ހުރި ކަމަށް އަންދާޒާކުރި ހަތް ބިލިއަން ރުފިޔާގެ 55 ޕަސެންޓެވެ.

އެމްއެމްއޭއިން ވިއްކާ ސެކިއުރިޓީތަކަކީ، ކަނޑައެޅިފައިވާ ވަކި ތާރީހެއްގައި، ދުރާލާ އެއްބަސްވެފައިވާ އަގެއްގައި އެ ސެކިއުރިޓީތައް އަނބުރާ ގަންނަ ގޮތަށް ވިއްކާ ސެކިއުރިޓީތަކެކެވެ.

އިގުތިސޯދުގައި ހުރި އެކްސެސް ލިކުއިޑިޓީގެ ގޮތުގައި އެންމެ އާންމުކޮށް ބޭނުންކުރާ ޕްރޮކްސީއަކީ އެމްއެމްއޭގެ ސްޓޭންޑިން ޑިޕޮސިޓް ފެސިލިޓީ އެވެ. އެ ފެސިލިޓީގައި މިދިޔަ މަސް ނިމުނުއިރު ހުރީ 4.4 ބިލިއަން ރުފިޔާ އެވެ.

އެމްއެމްއޭގެ ސްޓޭންޑިން ޑިޕޮސިޓް ފެސިލިޓީގައި ހުރި ފައިސާ: އިތުރަށް ހުރި ފައިސާ  ބަލަން އެންމެ އާންމުކޮށް ބޭނުންކުރަނީ މި ފެސިލިޓީ --- މަސްދަރު: އެމްއެމްއޭ
އެމްއެމްއޭގެ ސްޓޭންޑިން ޑިޕޮސިޓް ފެސިލިޓީގައި ހުރި ފައިސާ: އިތުރަށް ހުރި ފައިސާ ބަލަން އެންމެ އާންމުކޮށް ބޭނުންކުރަނީ މި ފެސިލިޓީ --- މަސްދަރު: އެމްއެމްއޭ

އެމްއެމްއޭގެ ސްޓޭންޑިން ޑިޕޮސިޓް ފެސިލިޓީގައި ހުރި ފައިސާ: އިގުތިސޯދުގައި ހުރި އެކްސެސް ލިޑިއުޑިޓީ ކަމުގައި ބަލަނީ މި ފެސިލިޓީގައި ހުންނަ ފައިސާ --- މަސްދަރު: އެމްއެމްއޭ

މި އަދަދުތަކުން ހިސާބުކުރާއިރު، އެމްއެމްއޭއިން މޮޕްއަޕް ކުރަން ފެށި ފަހުން އިތުރަށް ހުރި ފައިސާގެ އަދަދު ވަނީ 33 ޕަސެންޓު ކުޑަކުރެވިފަ އެވެ.

އެމްއެމްއޭއިއިން އޯޕަން މާކެޓް އޮޕަރޭޝަންތައް ފެށީ ޗާޕު ކުރި ފައިސާއާ އެކީ ޑޮލަރަށް އޮތް ޑިމާންޑު އިތުރުވެ، ދިވެހި ފައިސާގެ އަގު ދަށް ވުން މައިތިރިކުރުމުގެ ބޭނުމުގަ އެވެ. އެކަމަކު، އެމްއެމްއޭގެ އޮޕަރޭޝަން ފެށިތާ ހަ މަސް ވެގެން ދިޔަ އިރު ވެސް، ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އަގު ގުޑާ ވެސް ނުލަ އެވެ.

އަދަދު އިން ޓްރެކު ކުރަމުން އަންނަ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެނީ، މިދިޔަ އަހަރުގެ ޖުލައިގައި މި އޮޕަރޭޝަންތައް ފެށިއިރު ވެސް ލިބެން ހުރި 19.90ރ. އާއި 20.10ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިއީ ރަސްމީ ރޭޓަށް ވުރެ ހަތަރު ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.

މި ރޭޓުގައި ސަތޭކަ ޑޮލަރު ގަންނަ ކޮންމެ ފަހަރެއްގައި ރަސްމީ ރޭޓަށް ވުރެ އިތުރަށް ގާތްގަނޑަކަށް 500ރ. ހަރަދުކުރަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox