ހުލާސާކޮށް އިއްޔެ: ޕެންޝަން އޮފީހުގެ ބޯޑާއި ވެރިންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!

Feb 5, 2026, 1:07 AM
ސަރުކާރުން ފައިސާ ދޭން ވޯޓު ދިން ޕެންޝަން ބޯޑުގެ ހަތަރު މެންބަރުން؛ މި ބޭފުޅުން ހިމެނޭހެން ޕެންޝަން އޮފީހުގެ މުވައްޒަފުންގެ ތެރެއިން މިކަމުގައި ޒިންމަވާންޖެހޭ އެންމެންނަށް ފިޔަވަޅު އަޅާނެ ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ވަނީ ވިދާޅުވެފައި.

ސަރުކާރުން ފައިސާ ދޭން ވޯޓު ދިން ޕެންޝަން ބޯޑުގެ ހަތަރު މެންބަރުން؛ މި ބޭފުޅުން ހިމެނޭހެން ޕެންޝަން އޮފީހުގެ މުވައްޒަފުންގެ ތެރެއިން މިކަމުގައި ޒިންމަވާންޖެހޭ އެންމެންނަށް ފިޔަވަޅު އަޅާނެ ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ވަނީ ވިދާޅުވެފައި.

ޕެންޝަން އޮފީސް މެދުވެރިކޮށް "ވަލުދޮރާށިން" ފައިސާ ޗާޕު ކުރި މައްސަލަ އަންނަ ސަރުކާރެއްގައި ތަހުގީގުކޮށް، މިކަމުގައި ޒިންމާވާ އެންމެނަށް ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، އަބްދުލްގަފޫރު މޫސާރޭ ވިދާޅުވި އެވެ.

ޕެންޝަން އޮފީހުން ކުރިން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުތަކަށް އެމްއެމްއޭއަށް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރާ މައްސަލައިގައި އެކްސްގައި ލިޔުއްވަމުން ގަޕޯ ވިދާޅުވީ މިއީ ރައްޔިތުންނަށް ވެވޭ ގައްދާރެއް ކަމަށެވެ.

ޕެންޝަން ބޯޑުން، ސަރުކާރަށް ވަލުދޮރާށިން ފައިސާ ޗާޕް ކުރަން މަގުފަހިކޮށް ދިނުމަކީ ރައްޔިތުންނަށް ވެވޭ ގައްދާރެއް، ދެންއަންނަ ސަރުކާރެއްގައި، މިކަން ރަނގަޅަށް ތަހުގީގުކޮށް، މިކަމުގައި ޒިންމާވާ އެންމެން ޤާނޫނުގައިވާ ގޮތަށް ޖަވާބުދާތީކޮށް ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދެކުނު ދާއިރާގެ މެންބަރަކަށް ވެސް ހުންނެވި ގަޕޯ ވަނީ، އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހަޅާނެ ކަަމަށް ވެސް ހާމަކުރައްވާފަ އެވެ.

ޕެންޝަން އޮފީހާއީ އެމްއެމްއޭ އާއި ފިނޭންސް ބައިވެރިވެގެން، ފަށަލަކޮށްގެން ހިންގާ މި މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުން ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒާއި އެ ބޯޑުގެ އެހެން ދެ މެންބަރަކާއި އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމާއި ސީއެފްއޯ ހައްވާ ފަޖުވާ ވަނީ އިސްތިއުފާދެއްވާފަ އެވެ.

މި މުއާމަލާތާ ގުޅިގެން އިގުތިސޯދީ މާހިރުންނާއި ފަންނީ ގިނަ ބަޔެއްގެ ކަންބޮޑުވުން ހުރި ނަމަވެސް ޕެންޝަން އޮފީހުން ވަނީ މި މުއާމަލާތް ދިފާއުކޮށްފަ އެވެ. އެ އޮފީހުން ބުނާ ގޮތުގައި މިއީ ފަންޑަށް ފައިދާވާ ގޮތަށް، އެ ފަންޑުގައި ނެތް ބޭރު ފައިސާގެ ރިޒާވެއް އުފެދޭ ގޮތަށް ހިންގާ މުއާމަލާތެކެވެ.

ޕެންޝަން އޮފީހުން މިހެން ބުނި ނަމަވެސް މިއީ އިގުތިސޯދަށް ނުރައްކާ ބޮޑު މުއާމަލާތެއް ކަމަށް މި މައްސަލައިގައި އަދަދުއާ ވާހަކަ ދެއްކި އެންމެން އިއްތިފާގުވެ އެވެ. އަދި މި މުއާމަލާތުގައި ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް ހަމަވާ ކަމަށް ވެސް އެ މާހިރުން ބުންޏެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox