ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާގެ ޝައުގު ކުޑަ، އަލުން ހުޅުވާލައިފި

Feb 25, 2026, 4:57 PM
ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާގެ ޝައުގު ކުޑަ، އަލުން ހުޅުވާލައިފި

ޕެންޝަން އޮފީހުގު ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ނުލިބުމުން އެ މަގާމަށް ކުރިމަތިލާން އެ އޮފީހުން މިއަދު އަލުން ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ހަތަރު މެންބަރުން ތިބެ އެވެ. ނަމަވެސް އެ އޮފީސް މެދުވެރިކޮށް ހިންގަން އުޅޭ ބޮންޑު ގަނެވިއްކުމުގެ މުއާމަލާތާ ގުޅިގެން އެ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރަކާއި އެ ބޯޑުގެ ޗެއާމަނާއި ބޯޑުގެ އިތުރު މެންބަރަކާއި ސީއީއޯ އާއި ސީއެފްއޯ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ޕެންޝަން ބޯޑުގައި ތިބި މެންބަރުންގެ ތެރެއިން ބޮންޑު މުއާމަލާތުގެ މައްސަލައިގައި ފުރަތަމަ އިސްތިއުފާ ދެއްވީ، މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ގައި އެ މަގާމު ދޫކޮށްލެއްވި އަހުމަދު ސަރުވަޝް އާދަމް އެވެ.

ސަރުވަޝް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޯޑުން ހުސްވީ މަގާމަށް މީހަކު ނުވަނީސް، ބާކީ ތިބި ތިން މެންބަރުންގެ ތެރެއިން މުހައްމަދު މާދިން ލަތީފް ވަނީ މި މަހުގެ 4، ގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ޕެންޝަން ގާނޫނުގައި އޮންނަ ގޮތުން ބޯޑަށް މެންބަރުން ހޮވުމުގެ ފުރަތަމަ މަރުހަލާ ހިންގާނީ ސިލެކްޝަން ކޮމިޓީއަކުންނެވެ. މި ކޮމިޓީން ތިން މީހެއްގެ ނަން ޝޯޓްލިސްޓުކުރަން ޖެހެ އެވެ. މިހެންކަމުން، ބޭނުންވީ ވަރަށް މީހުން ކުރިމަތިނުލާ ކަމަށް ޕެންޝަން އޮފީހުން ބުނީ މި މަގާމަށް ކުރިމަތިލީ މީހުންގެ ތެރޭގައި ޝޯޓްލިސްޓްކޮށްފައި ފޮނުވާނެ ތިން ނަން ނުލިބުމުން ކަމަށް ވަރަށް ބޮޑަށް ބުރަވެވެ އެވެ.

ޕެންޝަން އޮފީހުގެ މި މަގާމުގެ އިތުރުން، ހުސްވެފައިވާ އެހެން މަގާމުތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. މިހެން ނަމަވެސް އަދި ޕެންޝަން އޮފީހުން އިސްތިއުފާ ދިން އެއްވެސް މަގާމަކަށް، ސަރުކާރުގެ މިނިސްޓްރީތައް ތަމްސީލުކުރާ މެންބަރުންގެ ފިޔަވައި، މީހަކު ނުވެ އެވެ.

މި މައްސަލަ ޖެހިގެން އުޅޭ ބޮންޑު މުއާމަލާތަކީ ޕެންޝަން އޮފީސް ހިމެނޭ ގޮތަށް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ ބައިވެރިވެގެން ހިންގާ މުއާމަލާތެކެވެ. މި މުއާމަލާތް ހިންގަނީ ޕެންޝަން އޮފީހުން ކުރިން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު، އެ ފައިސާ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ އާ ޑުއަލް ކަރަންސީ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.

ޕެންޝަން އޮފީހުން ބުނާ ގޮތުގައި މިއީ އެ ފަންޑުގެ ބައިވެރިންނަށް ފައިދާ ހުރި ރަނގަޅު މުއާމަލާތަކެވެ. ނަމަވެސް ގިނަ ބަޔަކު، ބޯޑުން އިސްތިއުފާ ދިން ފަންނީ މީހުން ހިމެނޭހެން، ކަންބޮޑުވަނީ މި މުއާމަލާތުގެ ސަބަބުން ކުރު ރާސްތާގައި އިގުތިސޯދަށް އަސަރުކޮށް، ދުރު ރާސްތާގައި ފަންޑުގެ އަގު ދަށަށް ދިޔުމުގެ ފުރުސަތު ބޮޑުވުމެވެ.

މި މުއާމަލާތަކީ އެމްއެމްއޭގައި ނެތް ފައިސާ ބޭނުންކޮށްގެން ހިންގާ މުއާމަލާތަކަށް ވާތީ އާއި މި ފައިސާ ސަރުކާރުގެ ކުރު މުއްދަތުގެ ހަރަދުތައް ހަމަޖައްސަން ބޭނުންކޮށް، އިގުތިސޯދަށް ވަންނާނެތީ މިއީ ފައިސާ ޗާޕުކުރުން ކަމަށް މާހިރުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox