ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ސްކޫލް ދަރިވަރަކު ފޮތްބޮނޑި ހިފައިގެން މާލޭގެ މަގެއްގައި ހިނގާފައި ދަނީ: މަޖިލީހަށް ހުށަހަޅައިފައިވާ ބިލާ ގުޅޭގޮތުން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އަދަދު

ސްކޫލް ދަރިވަރަކު ފޮތްބޮނޑި ހިފައިގެން މާލޭގެ މަގެއްގައި ހިނގާފައި ދަނީ: މަޖިލީހަށް ހުށަހަޅައިފައިވާ ބިލާ ގުޅޭގޮތުން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އަދަދު

ވަކި ހާއްސަ ހާލަތްތަކަކަށް ފެތޭ ކުދިންނަށް ގޭގައި ކިޔަވައިދިނުމުގެ ފުރުސަތު ލިބޭ ގޮތަށް ތައުލީމުގެ ގާނޫނަށް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލަށް އާންމު ރައްޔިތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތައުލީމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އެ އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ސުންގަނޑިއަކީ ނޮވެމްބަރު 12، ގެ މެންދުރުފަހު 2:00 އެވެ. އެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ މީހުން legal+sub1@majlis.gov.mv އަށް އީމެއިލް ކޮށްގެން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިގެން ހިޔާލު ހުށަހެޅޭނެ އެވެ.

ހުރާ ދާއިރާގެ މެންބަރު، އަނާރާ ނައީމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ކުއްޖާގެ ޖިސްމާނީ ނުވަތަ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ އެނޫންވެސް ހާއްސަ ހާލަތަކަށް ރިޔާޔަތްކޮށް، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމުން ކުއްޖާއަށް އިސްތިސްނާއެއް ދީ، ހޯމް-ސްކޫލިން ޕްރޮގްރާމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ދެވިދާނެ ކަމަށެވެ.

Advertisement

ނަމަވެސް ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމަށް ނުވަތަ ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރުމަށް ނުކުޅެދޭ ކުދިންނަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިން ނޫން ކަމަށް އިސްލާހުގައި ބުންޏެވެ. 

ހޯމް-ސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ފޯރުކޮށްދެވޭ އަސާސީ ޝަރުތުތައް:

  • ކުއްޖާއަކީ، ކުއްޖާގެ ކިބައިގައި ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ އަދި ހާއްސަ ހާލަތެއްގެ ސަބަބުން، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައިވުން.
  • ކުއްޖާގެ ބެލެނިވެރިންނަކީ، ހޯމް ސްކޫލިން ޕްރޮގްރާމުގެ ދަށުން ކުއްޖާއަށް ތައުލީމު ފޯރުކޮށްދިނުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއް ކަމުގައިވުން.
  • މަދުރަސީ ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލަށް ހާޒިރުވުމަށްޓަކައި، ސްކޫލެއްގައި ކުއްޖާ ރަޖިސްޓްރީވެފައިވުން.

ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި، ކުއްޖާއަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުއްޖެއް ނޫން ކަމުގައި ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތައް ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. 

އިސްލާހުގައި އިތުރަށް ބަޔާންކޮށްފައި ވާގޮތުން، މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖަކު، އެ ކުއްޖާގެ އުމުރުން 16 އަހަރު ފުރުމުގެ ކުރިން ރާއްޖޭގެ ރަސްމީ ތައުލީމުގެ ނިޒާމު ގަބޫލުކުރާ ސާނަވީ ތައުލީމުގެ މަރުހަލާ ފުރިހަމަކޮށްފައިވާނަމަ، އެ ކުއްޖަކު ސްކޫލަށް ދިޔުން ލާޒިމެއް ނުވާނެ އެވެ. 

އޭގެ އިތުރުން ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް، އަދި އެކަށޭނެ މިންވަަރަކަށް އެ ކުއްޖާއަށް އުނގަންނައިދޭން ބެލެނިވެރިން އެކަށީގެންވާ މަސައްކަތް ކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. 

އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައިވާއިރު، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު، އައިޝަތު އަލީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުންގެ ފާޑުކިޔުން އެ ބިލަށް ވަނީ އަމާޒުވެފަ އެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ރަނގަޅު ރެގިއުލޭޓަރީ އޮނިގަނޑެއް ނެތި އެފަދަ އިސްލާހެއް ގާނޫނަށް ގެނެސްފިނަމަ، ހަރުކަށި ފިކުރުގެ މީހުންނަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

އާންމު ރައްޔިތުންނަށް ސައީދު ކުރެއްވީ މަލާމާތް: މީކާއިލް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން، މިނިސްޓަރު މަޖިލީހަށް ވަޑައިގެން ރައްޔިތުންނަށް މަލާމަތް ކުރެއްވި ކަމަށާއި އިގްތިސާދީ ދަތިތަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ނުފޫޒާއި ރިޝްވަތު ބޭނުންކޮށްގެން ކަންކަން ނިންމުމަށް ކަމަށް މީކައިލް ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox