ސައުތު އޭޝިއާ ޖޫނިއާ މުބާރާތުގައި ރާއްޖެ އަށް ތާރީހީ ރިހި މެޑަލެއް

Apr 10, 2026, 8:17 AM
ޓޭބަލް ޓެނިސް 15 އަހަރުން ދަށުގެ އަންހެން ޓީމާއި ކޯޗު ހުސެއިން ރަޝީދު.

ޓޭބަލް ޓެނިސް 15 އަހަރުން ދަށުގެ އަންހެން ޓީމާއި ކޯޗު ހުސެއިން ރަޝީދު.

އިންޑިއާގެ ޝިމްލާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ރާއްޖޭން ތާރީހީ ރިހި މެޑަލެއް ހޯދައިފި އެވެ.  

އެ ގޮތުން، 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ރާއްޖޭން ރިހި މެޑަލް ހޯދިއިރު، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން މައުލޫމާތު ދޭގޮތުގައި މިއީ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުން ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމު މެޑައްޔެއް ހޯދި ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައި، ރިހިމެޑަލް ހޯދި ޓީމުގައި ހިމެނެނީ އައިޝަތު މަލާކް ތަސީން، އައިޝަތު އަލްސާ ނާފިޒު އަދި ސާރާ މޫސާ ޖަމީލެވެ.

ރާއްޖޭން ސަރަހައްދުގެ ޔޫތު މުބާރާތުގެ އަންހެން ޓީމު އިވެންޓުގެ ދެ ވަނަ ހޯދީ ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާ ބަލިކުރުމަށް ފަހު އެވެ. މުބާރާތުގައި ރާއްޖެ ބަލިވީ ސަރަހައްދުގެ ގަދަބާރު، އިންޑިއާއާއި ވާދަކޮށްގެންނެވެ. އިންޑިއާ އަތުން ރާއްޖެ ބަލިވީ 3-0 ންނެވެ. 

މުބާރާތުގައި ރާއްޖޭން ވަނީ ބަންގްލަދޭޝް އަތުން 3-1 އިން އަދި ސްރީ ލަންކާ އާއި ނޭޕާލް އަތުން 3-2 އިން މޮޅުވެފަ އެވެ. 

މާދަމާގެ ނިޔަަލަށް ކުރިއަށްދާ މި މުބާރާތަކީ، އަންނަ ޖޫން މަހު އޮމާންގެ ވެރި ރަށް، މަސްކަޓްގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނެވެ. ދެކުނު އޭޝިއާ މުބާރާތުގައި ރާއްޖޭން ވާދަކުރަނީ، 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީ އާއި 19 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގަ އެވެ. މި ދެ ކެޓަގަރީން ވެސް އަންހެން އަދި ފިރިހެން ޓީމު ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 

ނަވާރަ އަހަރުން ދަށުގެ އަންހެން ޓީމުން ވަނީ 3-1 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެކަމަކު، ސްރީ ލަންކާ އާއި އިންޑިއާ އަތުން 3-0 އިން ވަނީ ބަލިވިއިރު، ނޭޕާލް އަތުން ބަލިވީ 3-2 އިންނެވެ. 

ދެ އުމުރުފުރާގެ ފިރިހެން ޓީމު ވެސް ކުޅުނު މެޗުތަކުން ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox