ސައުތު އޭޝިއާ ޖޫނިއާ ޓީޓީ މުބާރާތަށް ރާއްޖެ ބޮޑު އުންމީދެއްގައި

Apr 6, 2026, 2:54 PM
ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކުޅުންތެރިޔާ، އައިޝަތު އަލްސާ ނާފިޒު މިދިޔަަ އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ މުބާރާތުގައި ވާދަކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކުޅުންތެރިޔާ، އައިޝަތު އަލްސާ ނާފިޒު މިދިޔަަ އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ މުބާރާތުގައި ވާދަކުރަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިންޑިއާގައި ބުދަ ދުވަހު ފަށާ ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން މެޑަލް ހޯދުމުގެ އަމާޒުގައި ގައުމީ ޖޫނިއާ ޓީޓީ ޓީމުން މުބާރާތަށް ތައްޔާރުވެއްޖެ އެވެ. 

ޝިމްލާގައި މި މަހު 8-11 އަށް ކުރިއަށްދާ މި މުބާރާތަކީ،  އަންނަ ޖޫން މަހު އޮމާންގެ ވެރި ރަށް، މަސްކަޓްގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނެވެ. ދެކުނު އޭޝިއާ މުބާރާތުގައި ރާއްޖޭން ވާދަކުރަނީ، 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީ އާއި 19 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގަ އެވެ. މި ދެ ކެޓަގަރީން ވެސް އަންހެން އަދި ފިރިހެން ޓީމު ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 

މި މުބާރާތުގައި ރާއްޖޭން ވާދަކުރާ، ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާން އެވެ. އަދި، އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތާސީން އެވެ.

ޤައުމީ ޓީޓީ ޓީމުގެ ކޯޗު، އީރާނުގެ މަހްދީ ހޮޝްމަރަމް ވަނީ، އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު، އީރާނުގެ ޕެއަރިން ދެ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ ކުޅުންތެރިންގެ ވެސް އެހީ ހޯދައިގެން މި މުބާރާތަށް ތައްޔާރުވެފަ އެވެ. ގައުމީ ޖޫނިއާ ޓީޓީ ކުޅުންތެރިން މި މުބާރާތަކުން މެޑަލަށް ޓާގެޓް ކުރާއިރު، މި ޓީމުގައި، ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހިމެނެ އެވެ. 

ދެ އުމުރުފުރާއިން ރާއްޖޭގެ ޓީޓީ ޓީމުން ދެކުނު އޭޝިއާ މުބާރާތުގައި ވާދަކުރާނެ އިވެންޓްތަކަކީ، ޓީމު އިވެންޓް، މިކްސް ޑަބަލްސް، ޑަބަލްސް އަދި ސިންގަލްސް އިވެންޓްތަކުގަ އެވެ. 

މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވާދަކުރަނީ، ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގެ 4 އިވެންޓެއްގައެވެ. މި މުބާރާތަކީ އޭޝިއަން ޗެމްޕިއަންޝިޕަށް ކުޅުންތެރިން ހޮވުމަށް ބާއްވަ ކޮލިފިކޭޝަނެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox