މައްސަލަ ޖެހުނު ދ. މީދޫގެ ފޮށި މިއަދު އަލުން ގުނަނީ

ލޯކަލް ކައުންސިލް އިންތިހާބު 2026 އާއި ދެ އިންތިހާބު އެއްކޮށްލާ ރެފަރެންޑަމް ވޯޓުގެ ތެރެއިން؛ އިންތިހާބުގައި ދ. މީދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް އަލުން މިއަދު ގުނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު

ލޯކަލް ކައުންސިލް އިންތިހާބު 2026 އާއި ދެ އިންތިހާބު އެއްކޮށްލާ ރެފަރެންޑަމް ވޯޓުގެ ތެރެއިން؛ އިންތިހާބުގައި ދ. މީދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް އަލުން މިއަދު ގުނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު

ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫގައި ބެހެއްޓި ވޯޓު ފޮށްޓެއްގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އެ ވޯޓު ފޮށި އަލުން ގުނަން އެ ކޮމިޝަނުން ނިންމައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ކައުންސިލް އިންތިހާބުގައި ދ. މީދޫގެ ގޮނޑިތަކަށް ވާދަކުރި އެމްޑީއޭ އަދި ޕީއެންސީން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ފޮށި އަލުން ގުނަން ހަމަޖެހިފައިވަނީ ހަވީރު 16:00 ޖަހާއިރު އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މަރުކަޒުގަ އެވެ. 

ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް ތިން ކެނޑިޑޭޓުން ވާދަކުރި އެވެ. އޭގެތެރެއިން ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް 393 ވޯޓު ލިބިފައިވާއިރު، އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމަށް ލިބުނީ 100 ވޯޓެވެ. 

ނަމަވެސް އެމްޑީއޭއިން އިލެކްޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އިލެކްޝަނުން ވަނީ ޕީއެންސިއަށް ދީފައިވާ ވޯޓެއް ބާތިލުކޮށްފަ އެވެ. އެއާއެކު ކައުންސިލް ރައީސަކަށް ވާދަކުރާ އެމްޑީއޭގެ ކެންޑިޑޭޓް އަދި ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓު މިހާރު ވަނީ އެއްވަރުވެފަ އެވެ. 

އެމްޑީއޭއިން މައްސަލަ ހުށަހެޅީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަށް ދ. މީދޫގެ ހަތަރު މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހުން ވެސް ވޯޓުލާފައިވާ ކަމަށް އޮތުމުންނެވެ. އެމްޑީއޭއިން ބުނީ އޭގެތެރެއިން އެކަކު ވޯޓުލީ ދުވަހު ހުރީ ދ. މީދޫގައި ކަމަށާއި އޭނާ ވޯޓުލާން ލ. ފޮނަދޫއަށް ނުދާ ކަމަށެވެ. 

މި މައްސަލަ އިލެކްޝަންސް އިން ބެލި ބެލުމުން ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަށް ރަޖިސްޓްރީކުރި ހަމައެކަނި ރ. މީދޫ މީހާއަށް އިލެކްޝަނުގެ އޮފިޝަލަށް ދ. މީދޫގެ ވޯޓު ކަރުދާސްކޮޅު ދެވިފައިވާކަން އެނގިފައިވެ އެވެ. އެ ވޯޓު އިލެކްޝަނުން ވަނީ ބާތިލުކުރަން ނިންމާފަ އެވެ. 

ދ. މީދޫގެ ކައުންސިލްގެ ދެ ގޮނޑި އަދި ޑަބްލިއުޑީސީ އެއް ގޮނޑި ކަމިޔާބުކުރީ ޕީއެންސީންނެވެ. އެމްޑީއޭއިން ވަނީ ޑަބްލިއުޑީސީގެ އެއް ގޮނޑި ކާމިޔާބުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox