ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް އާއި ސަރުކާރުން، މުވައްޒަފުންނެއް ނޫން: ޑރ. ޑީޑީ

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) -- ފޮޓޯ: އެކްސް

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) -- ފޮޓޯ: އެކްސް

ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އަދި ރައްޔިތުންގެ ހިިޔާލު ހޯދުމުގެ އާންމު ވޯޓުން ބަލިވުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ ވޯޓުތަކުން ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ ވަކިވަކި ސިޔާސީ މުވައްޒަފުން ނޫން ކަމަށެވެ. ސަބަބަކީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، ސަރުކާރު ހިންގުމަށް ބޭނުންނުވާ މިންވަރަށްވުރެ ގިނައިން ސިޔަސީ މުވައްޒަފުން އައްޔަނުކޮށް އިންތިހާބާ ދިމާކޮށް ކޮރަޕްޝަނާއި ނުސީދާ ރިޝްވަތަށް ރައްޔިތުންގެ ފައިސާ ބޭނުންކޮށްފައިވުން ކަމަށް އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ.  އާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، ބޭނުންނުވާ މިންވަރަށް ގިނަ އަދަދަކަށް މީހުން އައްޔަނުކޮށް، އިންތިހާބާ ކައިރިކޮށް ކޮރަޕްޝަނާއި ނުސީދާ ރިޝްވަތަށް ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކޮށް ބާރުތަކާއި އިހުތިޔާރު ނަހަމަގޮތުގައި ބޭނުން ކުރުމަށްފަހު، ސިޔާސީގޮތުން މި ކަމުގެ ކަލެކްޓިވް މަސްއޫލިއްޔަތު އުފުލަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ސަރުކާރުންނެވެ، ވަކިވަކި ސިޔާސީ މުވައްޒަފުންނެއް ނޫން،" ޑީޑީގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އިންތިހާބުން ފެނުނީ ސަރުކާރުގެ ޕާފޯމެންސްގެ ނަތީޖާ ކަމަށް ދީދީ ވިދާޅުވި އެވެ. އެހެންކަމުން، އިންތިހާބުން ބަލިވުމުގެ ހަސްކާ ސަރުކާރުގައި ތިއްބެވި ވަކިވަކި ސިޔާސީ މުވައްޒަފުންނަށް ބޭލުމަށްވުރެ، އަޅަންޖެހޭ ހަގީގީ ފިޔަވަޅުތައް އެޅުމަށް އަވަސްވެގަތުން މާމުހިންމު ކަމަށް ދީދީ ވިދާޅުވި އެވެ.

މިފަދަ މޭރުމަކުން ޑީޑީ ޕޯސްޓެއް ކުރައްވާފައި މި ވަނީ، އިންތިހާބުތަކާއި ރިފަރެންޑަމްއިން ބަލިވުމާ ގުޅިގެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް އަދަދު ނޫހުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

ސިޔާސީ މުވައްޒަފުން މަދުކުރަން ފަށަނީ؛ ޕާފޯމަންސް ރިޕޯޓްތައް ފޮނުވަން އަންގައިފި

އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާއި އިގުތިސާދީ ގޮންޖެހުންތަކާ ގުޅިގެން، ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް މައުލޫމާތު ލިބޭ. މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ޕާފޯމަންސް ރިޕޯޓްތައް ފޮނުވަން އޮފީސްތަކަށް ވަނީ އަންގާފައި

މި ނޫހަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރުތަކުން ބުނި ގޮތުގައި، ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، އެ ފަރާތްތަކުގެ ޕާފޯމަންސް ރިޕޯޓްތައް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ރައީސް އޮފީހަށް ފޮނުވުމަށް މިހާރު ވަނީ އަންގާފަ އެވެ.

މި ވަގުތު އުމްރާގެ އަޅުކަމަށް، ސައުދީއަރަބިއްޔާގައި ހުންނެވި، މުއިއްޒު އަންނަ ހަފުތާގައި ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް، ގިނަ އަދަދެއްގެ ބަޔަކު ވަކިކުރާނެ ކަމަށް މި ނޫހަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސްވެރިއަކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންތިހާބާ ދިމާކޮށް ވަޒީފާ ދިން ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ވެސް ގިނަ ބަޔަކު މަގާމުން ވަކިކުރާނެ ކަމަށެވެ.

އާދީއްތަ ދުވަހުގެރޭ މުލިއާގޭގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވަނީ ނާކާމިޔާބީގެ އަސްލަކީ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ސަރުކާރާ ދެކޮޅަށް ސިއްރިއްޔާތުގައި ކުރެއްވި މަސައްކަތް ކަމަށް ދޭހަވާ މޭރުމުން ކޯފާ އިސްކުރައްވައި ވާހަކަދައްކަވައިފަ އެެވެ.

ދައުލަތުގެ ތިޖޫރީގެ ފޫކަހާލައިގެން ވެސް ސަރުކާރަށް އިންތިހާބު ނުނެގުނު

ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު ބޭނުންކޮށްގެން ސަރުކާރުން ބޮޑު ކެމްޕޭނެއް ކުރި ނަމަވެސް، ފަހުގެ އިންތިހާބުތަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ނުލިބޭ ވަރުގަ ބޮޑު ނާކާމިޔާބީއަކާ ވަނީ ކުރިމަތިލާން ޖެހިފަ. މިއީ ވަޒީފާގެ ފުރުސަތުތަކާއި މަޝްރޫއުތަކަށް ވުރެ، ތަކެތީގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ދަތިތަކާ މެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެފައިވާކަން ހާމަވި ނަތީޖާއެއް.

މި ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ، މި ނަތީޖާއަކީ ޕޮޒިޓިވްކޮށް ނަގައި، މިހާރު ހުރި މައްސަލަތައް އިސްލާހުކޮށްގެން ކުރިއަށް ދިއުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ. ނަމަވެސް، ރައީސް މުއިއްޒު ވަނީ ވަރަށް ބޮޑަށް ކޯފާވެ، "ތިމަންނައަށް އެހެން ގޮތަކަށް ވިސްނަދޭން މަސައްކަތް ނުކުރުމަށް" ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން ވެސް ސަރުކާރަށް "ޑެމޭޖު" ލިބޭކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެ ބައްދަލުވުމުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.

އޭގެ އިތުރުން، މަޖިލިސް މެންބަރުންނާއި ވަޒީރުން އެދިގެން "ކޮށްނުދެއްވަނީ ކޮން ކަމެއްތޯ؟" ސުވާލު އުފައްދަވައި އެމަނިކުފާނު ވަނީ ދެން އެހެން އެކަން ނުވާނެކަމުގެ އިންޒާރު ދެއްވައި، ކެބިނެޓަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސިޓީތަކުގެ މޭޔަރުން ހިމެނޭހެން އިންތިހާބުކުރާ 52 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 46 ގޮނޑި ކާމިޔާބުކޮށްފަ އެވެ. 

ބޮޑެތި އާބާދީތަކުން އެމްޑީޕީ ކުރި ހޯދިއިރު ހުރިހާ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަން ވެސް ލިބުނީ އެ ޕާޓީއަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox