ކައުންސިލް އިންތިހާބުގައި ގިނަ ވޯޓާއި ގޮނޑި ވެސް ނެގީ އެމްޑީޕީން

އެމްޑީޕީން ކެމްޕޭން ނިންމާލުމަށް ބޭއްވި ރެލީގެ ތެރެއިން. ރާއްޖޭގެ ހުރިހާ ބޮޑު ސިޓީއެއްގެ މެޖޯރިޓީ އެ ޕާޓީން ނެގި --- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީން ކެމްޕޭން ނިންމާލުމަށް ބޭއްވި ރެލީގެ ތެރެއިން. ރާއްޖޭގެ ހުރިހާ ބޮޑު ސިޓީއެއްގެ މެޖޯރިޓީ އެ ޕާޓީން ނެގި --- ފޮޓޯ: އަދަދު ފައިލް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ވޯޓާއި އެންމެ ގިނަ ގޮނޑި ވެސް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބުކޮށްފި އެވެ. 

އިންތިހާބުގެ ވަގުތީ ނަތީޖާ މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް، މި ހަބަރުގެ ބޭނުމަށް އަދަދު ނޫހުން އެއްކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި އެމްޑީޕީއަށް ވަނީ 246 ކައުންސިލް ގޮނޑި ލިބިފަ އެވެ. 

އެ ނަތީޖާއިން ދައްކާ ގޮތުގައި ސިޓީތަކުގެ މޭޔަރުން ހިމެނޭހެން އިންތިހާބުކުރާ 52 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 46 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ޕީއެންސީއަށް ލިބުނީ އެންމެ ހަ ގޮނޑި އެވެ.

ލިބިފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ވޯޓު ބެހިފައިވާ ގޮތް
ލިބިފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ވޯޓު ބެހިފައިވާ ގޮތް

އެމްޑީޕީއިން ކާމިޔާބުކުރި 246 ގޮނޑިއަށް އެ ޕާޓީއަށް 140،746 ވޯޓު ލިބިފައިވެ އެވެ. އެ ޕާޓީގެ ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރީ އެވުރެޖު ގޮތެއްގައި 51 ޕަސެންޓުންނެވެ. 

ޕީއެންސީއަށް 218 ގޮނޑި ނެގުނުއިރު އެ ޕާޓީއަށް އެ ގޮނޑިތަކަށް ލިބިފައިވަނީ 76،685 ވޯޓެވެ. ރާއްޖޭގެ އާބާދީ ކުޑަ ރަށްރަށުން ޕީއެންސީއިން ގިނަ ގޮނޑި ކާމިޔާބުކުރި އެވެ. 

އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް 81 ގޮނޑި ލިބިފައިވާ އެމްޑީއޭއަށް ލިބުނީ 10 ގޮނޑި އެވެ. ޑިމޮރެޓްސްއަށް ދެ ގޮނޑި ލިބުނުއިރު އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. 

އިތުރު ކެންޑިޑޭޓުން ވާދަނުކުރާތީ ވޯޓު އެޅުމުގެ މާ ކުރިން ޕީއެންސީއަށް އޮތީ 28 ކައުންސިލް ގޮނޑި ޔަގީންވެފަ އެވެ. އެމްޑީޕީއަށް ލިބުނީ ވޯޓާ ނުލައި އެއް ގޮނޑި އެވެ. 

ވަގުތީ ނަތީޖާއަށް ބަލައި އެ ގޮނޑިތައް އެއްކޮށްލުމުން ޕީއެންސީއަށް 246 ގޮނޑި ލިބޭއިރު އެމްޑީޕީއަށް 247 ގޮނޑި ލިބެ އެވެ. 

އެހެން ނަމަވެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދީ ޕީއެންސީންނެވެ.

މި ނަތީޖާއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox