ބަލިވުމުގެ ބަދުނާމު މުއިއްޒު އެޅުއްވީ މިނިސްޓަރުންނާއި މެންބަރުންގެ ބޮލުގައި

President Dr. Mohamed Muizzu. -- Photo: President's Office

President Dr. Mohamed Muizzu. -- Photo: President's Office

ނިމިދިޔަ އިންތިހާބުތަކާއި ރިފަރެންޑަމްއިން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަޅުއްވައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ މުލިއާގޭގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި، އިންތިހާބުން ބަލިވިކަމަށް މުއިއްޒު ވަނީ ފުރަތަމަ ފަހަރަށް އިއުތިރާފުވެވަޑައިގެންފައެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުން މައުލޫމާތު ދެއްވި ގޮތުގައި، ރައީސް ގަބޫލު ކުރައްވަނީ މި ނާކާމިޔާބީގެ އަސްލަކީ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ސަރުކާރާ ދެކޮޅަށް ސިއްރިއްޔާތުގައި ކުރެއްވި މަސައްކަތްތަކެވެ.

މި ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ، މި ނަތީޖާއަކީ ޕޮޒިޓިވްކޮށް ނަގައި، މިހާރު ހުރި މައްސަލަތައް އިސްލާހުކޮށްގެން ކުރިއަށް ދިއުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ. ނަމަވެސް، ރައީސް މުއިއްޒު ވަނީ ވަރަށް ބޮޑަށް ކޯފާވެ، "ތިމަންނައަށް އެހެން ގޮތަކަށް ވިސްނަދޭން މަސައްކަތް ނުކުރުމަށް" ވިދާޅުވެފަ އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން ވެސް ސަރުކާރަށް "ޑެމޭޖު" ލިބޭ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެ ބައްދަލުވުމުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.

އޭގެ އިތުރުން، މަޖިލިސް މެންބަރުންނާއި ވަޒީރުން އެދިގެން "ކޮށްނުދެއްވަނީ ކޮން ކަމެއްތޯ؟" ސުވާލު އުފައްދަވައި އެމަނިކުފާނު ވަނީ ދެން އެހެން އެކަން ނުވާނެކަމުގެ އިންޒާރު ދެއްވައި، ކެބިނެޓަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރުންނާއި މެންބަރުންގެ އިހުމާލުން ބަލިވި ކަމަށް ރައީސް ވިދާޅުވިއިރު، ރައީސް އަމިއްލައަށް މާލޭގައި ހުންނަވައިގެން ކުރެއްވި ކެމްޕޭން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ރޯދަމަހުން ފެށިގެން މާލޭގެ ގޭގެއަށް މުއިއްޒު "ދޮރުން ދޮރަށް" ހިންގެވިއިރު، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭގަނޑު ޖަގަހަ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވިއެވެ. ނަމަވެސް، މާލޭގެ މެޖޯރިޓީން ސަރުކާރަށް ބުނީ "ނޫނެކޭ" އެވެ.

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް ފަސްޓް ލޭޑީ ކުރެއްވި ދަތުރުތަކުން ވެސް ސަރުކާރަށް ތާއީދެއް ނުހޯދުނެވެ. މި ސިޓީތަކުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު ފަރާތްތަކުންނެވެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަކީ ރައީސް މުއިއްޒަށް ލިބިވަޑައިގަތް އެންމެ ބޮޑު ހައިރާންކަމެވެ. އެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް މުއިއްޒު ބޭނުންވި ބަދަލު ގާނޫނުއަސާސީއަށް ގެންނަން ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވި މީހުންގެ 68 ޕަސެންޓު މީހުން ވަނީ ބުނެފަ އެވެ.

އެރޭގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި ގޮތަށް، ބައެއް ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ވަކިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެގޮތުން. މިހައިތަނަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު އާއި އެ ކުންފުނީގެ އިސް ބައެއް ވެރިންގެ އިތުރުން އެމްޕީއެލްގެ ސީއީއޯ، މުހައްމަދު ރިޝްވާންގެ އިތުރުން، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ، އިބްރާހިމް ޝާހިދު އަދި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑީއެމްޑީ، މުހައްމަދު އަސްބާހު އަލީ ނަސީރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އޭގެ އިތުރުން، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު، މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ސިޔާސީ މުވައްޒަފުން މަދުކުރަން ފަށަނީ؛ ޕާފޯމަންސް ރިޕޯޓްތައް ފޮނުވަން އަންގައިފި

އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާއި އިގުތިސާދީ ގޮންޖެހުންތަކާ ގުޅިގެން، ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް މައުލޫމާތު ލިބޭ. މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ޕާފޯމަންސް ރިޕޯޓްތައް ފޮނުވަން އޮފީސްތަކަށް ވަނީ އަންގާފައި

މި ވަގުތު އުމްރާގެ އަޅުކަމަށް، ސައޫދީއަރަބިއްޔާގައި ހުންނެވި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، އަދި އިތުރު މުވައްޒަފުން ވަޒީފާއިން ވަކިކުރައްވާނެ ކަމަށް މުއުތަބަރު ފަރާތްތަކުން މި ނޫހަށް ވަނީ މައުލޫމާތު ދީފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox