ސިޓީ ކައުންސިލްތަކުގެ 52 ގޮނޑިން އެމްޑީޕިއަށް 46، ސަރުކާރަށް އެންމެ ހަ ގޮނޑި

ސިޓީ ކައުންސިލްތައް ކާމިޔާބު ކުރެއްވި އެމްޑީޕީގެ މޭޔަރުން

ސިޓީ ކައުންސިލްތައް ކާމިޔާބު ކުރެއްވި އެމްޑީޕީގެ މޭޔަރުން

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެންމެ މީހުން ގިނަ ސިޓީތަކުގެ ގިނަ ގޮނޑިތަކެއް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބު ކުރުމުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސިޓީތަކުގެ މޭޔަރުން ހިމެނޭހެން އިންތިހާބުކުރާ 52 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 46 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ޕީއެންސީއަށް ލިބުނީ އެންމެ ހަ ގޮނޑި އެވެ. 

ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީ ކައުންސިލުގެ އެންމެ ގޮނޑިއެއް ވެސް ޕީއެންސީއަށް ނުލިބެ އެވެ. ކުޅުދުއްފުށްޓާއި ފުވައްމަލުކު ސިޓީ ކައުންސިލުން އެއް ގޮނޑި ލިބުނު އިރު ތިނަދޫ އާއި މާލެ ސިޓީ ކައުންސިލުން ލިބުނީ ދެ ގޮނޑި އެވެ.

މިވަގުތު ޕީއެންސީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުގައި އޮތްއިރު އިތުރު ދައުރަކަށް ވާދަކުރެއްވި ޕީއެންސީގެ އެއްވެސް ކައުންސިލަރަކު އިންތިހާބެއް ނުވެ އެވެ. 

ކުޅުދުއްފުށި ސިޓީ ކައުންސިލް

  1. މުހައްމަދު އާތިފް (އެމްޑީޕީ) - މޭޔަރު
  2. އަހުމަދު އަބްދުالله (އެމްޑީޕީ) - ކުޅުދުއްފުށި އުތުރު ދާއިރާ
  3. އިބްރާހިމް އަހުމަދު (ޕީއެންސީ) - ކުޅުދުއްފުށީ ހުޅަނގު އުތުރު ދާއިރާ
  4. އަކުބަރީ މުހައްމަދު (އެމްޑީޕީ) - ކުޅުދުއްފުށީ މެދު އުތުރު ދާއިރާ
  5. މުހައްމަދު ޝައިމާން އާދަމް ސަލީމް (އެމްޑީޕީ) - ކުޅުދުއްފުށީ މެދު ދެކުނު ދާއިރާ
  6. ރިލުވާން މުހައްމަދު (އެމްޑީޕީ) - ކުޅުދުއްފުށީ ހުޅަނގު އުތުރު ދާއިރާ
  7. ސަލްމާ މުހައްމަދު (އެމްޑީޕީ) - ކުޅުދުއްފުށީ އިރު ދެކުނު ދާއިރާ

މާލެ ސިޓީ ކައުންސިލް

  1. އާދަމް އާޒިމް (އެމްޑީޕީ) - މޭޔަރު
  2. އަހުމަދު ޣާލިބު (އެމްޑީޕީ) ހުޅުމާލެ ދެކުނު ދާއިރާ
  3. އަހުމަދު ސަނީހު ޝަރީފް (ޕީއެންސީ) - ހުޅުމާލެ މެދު ދާއިރާ
  4. ފާތިމަތު ޒަހިއްޔާ (އެމްޑީޕީ) - ހުޅުމާލެ އުތުރު ދާއިރާ
  5. ފާތިމަތު ސަހުލާ (އެމްޑީޕީ) - ހެންވެއިރު ހުޅަނގު ދާއިރާ
  6. މީކާއިލް މުހައްމަދު ރިޔާޒު (އެމްޑީޕީ) - މެދު ހެންވޭރު ދާއިރާ
  7. އައިޝަތު ނާޒިމާ (އެމްޑީޕީ) - ހެންވޭރު ދެކުނު
  8. ފާތިމަތު ލައިޒާ (އެމްޑީޕީ) - ހެންވޭރު އުތުރު ދާއިރާ
  9. އައިމިނަތު އިރާޝާ މުހައްމަދު (އެމްޑީޕީ) - ގަލޮޅު އުތުރު ދާއިރާ
  10. އިބްރާހިމް ހަލީމް (އެމްޑީޕީ) - ގަލޮޅު ދެކުނު ދާއިރާ
  11. ހައްވާ ޝިފާނާ (އެމްޑީޕީ) - މައްޗަންގޮޅި މެދު ދާއިރާ
  12. ހަދީޖާ މުހައްމަދު (އެމްޑީޕީ) - މައްޗަންގޮޅި އުތުރު ދާއިރާ
  13. ފަރުހާން ޝަފީއު (އެމްޑީޕީ) - މައްޗަންގޮޅި ދެކުނު ދާއިރާ
  14. މުހައްމަދު ރިލުވާން އަލީ (އެމްޑީޕީ) - މާފަންނު ހުޅަނގު ދާއިރާ
  15. އައިޝަތު ހަނާ (އެމްޑީޕީ) - މާފަންނު މެދު ދާއިރާ
  16. އިބްރާހިމް ލަބާން ޝަރީފް (އެމްޑީޕީ) - މާފަންނު ދެކުނު ދާއިރާ
  17. ހުސައިން ފުރުޝާން (އެމްޑީޕީ) - މާފަންނު އުތުރު ދާއިރާ
  18. އިބްރާހިމް ސަމާހު (ޕީއެންސީ) - ވިލިމާލެ ދާއިރާ

ތިނަދޫ ސިޓީ ކައުންސިލް

  1. ސައުދު އަލީ (އެމްޑީޕީ) - މޭޔަރު
  2. ނަސްރުއްالله އަލީ (އެމްޑީޕީ) - ތިނަދޫ ހުޅަނގު އުތުރު ދާއިރާ
  3. މުހައްމަދު ވިފާގު ހަސަން (އެމްޑީޕީ) ތިނަަދޫ އުތުރު މެދު ދާއިރާ
  4. މާޒިނާ މުހައްމަދު (އެމްޑީޕީ) - ތިނަދޫ އިރު އުތުރު ދާއިރާ
  5. އައިޝަތު ފަޒީލާ އަހުމަދު (ޕީއެންސީ) ތިނަދޫ ހުޅަނގު ދެކުނު ދާއިރާ
  6. ސަޚައުالله ޝަމީމް (ޕީއެންސީ) - ތިނަދޫ ދެކުނު މެދު ދާއިރާ
  7. އަހުމަދު ސިޔާޒު (އެމްޑީޕީ) - ތިނަދޫ އިރު ދެކުނު ދާއިރާ

ފުވައްމުލައް ސިޓީ ކައުންސިލް

  1. އިސްމާއިލް ރަފީގު (އެމްޑީޕީ) - މޭޔަރު
  2. އައިޝަތު އަބްދުލްގާދިރު (ޕިއެންސީ) ދަނޑިމަގު
  3. ހަސަން ޝިރުހާން (އެމްޑީޕީ) ދިގުވާޑު
  4. އައިޝަތު އިބްރާހިމް (އެމްޑީޕީ) - ހޯދަޑު
  5. ފާތިމަތު މާޝާ (އެމްޑީޕީ) - މާދަޑު
  6. މުހައްމަދު ލިރާރު (އެމްޑީޕީ) މިސްކިތްމަގު
  7. އައިމިނަތު އިނާޔާ (އެމްޑީޕީ) - ފުނާޑު
  8. ހަދީޖާ މޫސާ (އެމްޑީޕީ) މާލެގަން
  9. މަރިޔަމް ޒަހީނާ އަހުމަދު (އެމްޑީޕީ) - ދޫޑިގަން

އައްޑޫ ސީޓީ ކައުންސިލް

  1. އަލީ ނިޒާރު (އެމްޑީޕީ) މޭޔަރު
  2. އަހުމަދު ނަޒީރު (އެމްޑީޕީ) - ހިތަދޫ މޫލެކެޑެ ދާއިރާ
  3. އިސްމާއިލް ސައީދު (އެމްޑީޕީ) - ފޭދޫ މާދެލަ ދާއިރާ
  4. އިބްރާހިމް ޝިނާޒު (އެމްޑީޕީ) - ހިތަދޫ ކޮރޮވައު ދާއިރާ
  5. މަރިޔަމް ސައީދާ (އެމްޑީޕީ) - ހިތަދޫ ބޭރުމަތި ދާއިރާ
  6. މުހައްމަދު ޝުއާއު (އެމްޑީޕީ) - ހިތަދޫ މެދުވައު ދާއިރާ
  7. ހުސައިން ޒަރީރު (އެމްޑީޕީ) - ހިތަދޫ ރަސްގެދަރަ ދާއިރާ
  8. އައިމިނަތު އަދަލާ ރަޝީދު (އެމްޑީޕީ) - ހިތަދޫ މާމެންދޫ ދާއިރާ
  9. ނުސްރަަތު ރަޝީދު (އެމްޑީޕީ) - މަރަަދޫ ދާއިރާ
  10. އަގީލް މުހައްމަދު (އެމްޑީޕީ) - މަރަދޫފޭދޫ ދާއިރާ
  11. އައިޝަތު ޒަހާ އަލީ (އެމްޑީޕީ) - ފޭދޫ މަގުއްދޫ ދާއިރާ

ތިނަދޫ ސިޓީ އާއި މާލެ ސިޓީ ފިޔަވައި ދެން އޮތް ތިން ސިޓީގެ މޭޔަރުންގެ ގޮނޑިތައް އެމްޑީޕީން ގެންދިޔައީ ބޮޑު ތަފާތަކުންނެވެ. އެ ތިން ގޮނޑި ވެސް އެމްޑީޕީން ނެގީ 60 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓާއެކު އެވެ.

އޭގެ އިތުރުން ރާްއްޖޭގެ އެންމެ މީހުން ގިނަ ފަސް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސްކަން ވެސް ކާމިޔާބުކުރީ އެމްޑީޕީން ވާދަކުރި ކެންޑިޑޭޓުންނެވެ.

އެމްޑީޕީއަށް ވެސް އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަ ބައެއް ރަށްރަށް ގެއްލުނުއިރު ވެރިކަން ކުރާ ޕީއެންސީއަށް ގިނައިން ނެގިފައިވަނީ އާބާދީގެ ގޮތުން ކުޑަ ރަށްރަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox