"ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ"
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަން ދަށްވެ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި މި އަހަރު އެއް އިންސައްތައަށް މަޑުޖެހޭނެ ކަމަށް އޭޑީބީން ވަނީ ލަފާކޮށްފައެވެ. އެ ބޭންކުން ބުނާގޮތުގައި ދައުލަތުގެ ބަޖެޓަށް އޮތް ޕްރެޝަރު ކުޑަކުރުމަށްޓަކައި މި ދަނޑިވަޅުގައި ފިސްކަލް ރިފޯމްތައް ގެނައުމަކީ މުހިންމު ކަމެކެވެ.