ދެ ވަނަ މެޗުގައި ބަންގްލަދޭޝް އިން ފަހު ވަގުތު ރާއްޖެ އަތުން މޮޅުވެއްޖެ

Nov 16, 2024, 2:03 PM
ދެ ވަނަ މެޗުގައި ބަންގްލަދޭޝް އިން ފަހު ވަގުތު ރާއްޖެ އަތުން މޮޅުވެއްޖެ

ފީފާ ރެޖިސްޓާޑް އެކުވެރިކަމުގެ ދެ ވަަނަ މެޗުގައި މިއަދު ފަހު ވަގުުތު ލަނޑު ޖަހައި، ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ އަތުން މޮޅުވެއްޖެ އެވެ.

މިއީ، މިދިޔަ އަހަރެއްހާ ދުވަސްތެރޭ ރާއްޖޭން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުޅުނު ދެ ވަނަ މެޗެެވެ.

މީގެ ތިން ދުވަސް ކުރިން ރާއްޖޭން ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވި މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ އަށް މިއަދު ވަނީ ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން، ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބަދަލުގައި އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ކުޅެން ނުކުމެފަ އެވެ.

ބަންގްލަދޭޝަށް ބަލާއިރު، އެ ޓީމުން މިއަދުގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ވަނީ ގެނެސްފަ އެވެ.

ބަޝުންދަރާ ކިންގްސް އެރީނާގައި މިއަދު ކުޅުނު މެޗުގައި ފުރަތަމަ މެޗެކޭ އެއްގޮތަށް ރާއްޖެ އަށް ލީޑުނަަގައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ލަނޑު ޖެހީ މެޗުގެ 23 ވަަނަ މިނިޓްގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ދިން ބޯޅައަކުންނެވެ. ބަންގްލަދޭޝްގެ ފަހަތަށް ކުޅޭ ޓޯޕޫ ބަރްމަން ހެދި ގޯހެއްގެ ފައިދާނަގައި، ފޭދޫ އިއްބެ އޭރިއާތެރެއިން ސެންޓޭ އަށް ދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.

ނަތީޖާ ހަމަަހަމަކޮށްދޭން ބަންގްލަދޭޝްގެ ރަކީބް ހުސެއިން އޭރިއާބޭރުން ޖެހި ބޯޅައެއް ބޭރަށް ދިޔައިރު، އޭރިއާތެރެއަށް އޭނާ ނަގައިދިން ހުރަހެއްގައި އަހުމަދު ފަހީމް ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ހުސެން ޝަރީފް ވަނީ މަތަކޮށްފަ އެވެ. އޭގެ ރީބައުންސް އޭރިއާތެރެއިން ލިބުމުން، ޝެއިހް މޮރްސަލީން ޖެހި ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މިއަދުގެ މެޗަށް ބަންގްލަދޭޝް އިން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.

ބަންގްލަދޭޝް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، 43 ވަަނަ މިނިޓްގައި މުޖީބުއްރަހުމާން ޖޯނީ އެވެ. ކުރިން މެޗުގައި ބަދަލަކަށް އަރައި ރަނގަޅު ކުޅުމެއް ދެއްކި، ޖޯނީ މި ލަނޑު ޖެހީ އޭރިއާ ރޮނގުމަތިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ، ގައުމީ ޖޯޒީގައި އޭނާގެ ދެ ވަނަ ގޯލެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ރަކީބް އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ރާއްޖެ އަށް އަލުން ލީޑުނަގަން ހުސް ފުރުސަތެއް ލިބުނެވެ. ނާއިޒު ހަސަން (ދާދު) ނަގައިދިން ހުރަަހަކަށް އޭރިއާތެރެއިން ހުސްކޮށް އަރައި، ރިޒޭ ބޮލުން ފޮނުވާލި ބޯޅަ ބަންގްލަދޭޝް ކީޕަރު މިތުލް މަރްމާ ވަނީ މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، ފޭދޫ އިއްބެ ނަގައިދިން ބޯޅައަކަށް އަރައި، ސެންޓޭ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލީޑުނަގަން ބަންގްލަދޭޝް އަށް މެޗުގެ 84 ވަަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. ބަންގްލަދޭޝްގެ ޝަަހަރިއާރް އިމޯން އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ހުސެން އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ޕިއާޝް އަހުމަދު ނޯވާ ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.

ބަންގްލަދޭޝް މޮޅުވި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް ހުސްކޮށް އަރައި މި ލަނޑު ޖެހީ ބަދަލަަކަށް ކުޅެން އެރި، މިޑްފީލްޑަރު، ޕަޕޯން ސިންގް އެވެ.

މިއީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބަންގްލަދޭޝް އިން ރާއްޖެ އަތުން ހޯދި ނުވަ ވަނަ މޮޅެވެ. ރާއްޖޭން ހަތް މެޗު ކާމިޔާބުކުރިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox