ބަންގްލަދޭޝް އަށް ގޯލު ނުޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދަން ކަބްރޭރާ ބޭނުން

Nov 16, 2024, 3:04 AM
ބަންގްލަދޭޝް އަށް ގޯލު ނުޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދަން ކަބްރޭރާ ބޭނުން

ފީފާ ރެޖިސްޓާޑް އެކުވެރިކަމުގެ ފުރަތަމަ މެޗުގައި މީގެ ތިން ދުވަސް ކުރިން، ރާއްޖެ އަތުން 1-0 އިން ބަލިވި މެޗުގައި ބަންގްލަދޭޝް އަށް ލަނޑެއް ނުޖެހުމުގައި ދިމާވި މައްސަލަ އަށް ދެ ވަނަ މެޗުގައި ހައްލެއް ހޯދަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ހަވިއޭ ކަބްރޭރާ ބުނެފި އެވެ.

މީގެ ތިން ދުވަސް ކުރިން، ބަޝުންދަރާ ކިންގްސް އެރީނާގައި ކުޅުނު މެޗުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވެފަ އެވެ. މިއީ، މި ދެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ވެސް ބަންގްލަދޭޝް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން ރާއްޖެ އަތުން ބަލިވި ފުރަތަމަ ފަހަރެވެ.

"ވަރަށް ދަށް ނަތީޖާއެއް، ވަރަށް ހިތްދަތި ނަތީޖާއެއް ފުރަތަމަ މެޗުގައި ނުކުތީ، ވަރަށް ރަނގަޅަށް ކުޅެފައި ވަރަށް އުންމީދާ އެކު ތިބީ މޮޅަކަށް، އެކަމަކު އެކަން ހާސިލެއް ނުވި، އެހެންވީމަ އެކަން ވީ މެންޓަލީ ވެސް ކުޅުންތެރިންނަށް އުނދަގޫ ކަމަކަށް،" ދެ ވަނަ މެޗުގެ ކުރިން ޓީސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ކަބްރޭރާ ބުންޏެވެ.

ފުރަތަމަ މެޗަށް ފަހު ބަންގްލަދޭޝް އިން ދެ ވަނަ މެޗުގެ ކުރިން މި ލިބުނު މުއްދަތުގައި ކުރިއަށްގެންދިޔައީ، "އެކްޓިވް ރިކަވަރީ ސެޝަންތަކެއް" ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ. ކަބްރޭރާ ދެކޭގޮތުގައި، އެންމެ މުހިންމު ކަަމަކީ، ފިޒިކަލީ އަދި މެންޓަލީ ވެސް ރިކަވާވެގެން ދެ ވަަނަ މެޗަށް ބަންގްލަދޭޝް ޓީމު ނުކުތުމެވެ.

"އުންމީދުތައް މި ހުރީ ވަރަށް މަތީގައި ދެ ވަނަ މެޗާ ކުރިމަތިލާއިރު، އެއީ އަހަރެމެން ރިކަވާވާން ކުރަން ޖެހޭ ހުރިހާ ކަމެއް ވަރަށް ފުރިހަމަކޮށް މިދިޔައީ. މޮޅުވާން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން މި އަންނަނީ،" ރާއްޖެ އަތުން ބަންގްލަދޭޝް އަށް ދެ މޮޅު ހޯދައިދީފައިވާ ކަބްރޭރާ ބުންޏެވެ.

"މެޗުން މޮޅުވެވޭނެހާ ފުރުސަތު ފުރަތަމަ މެޗުގައި އަަހަރެމެން ތަނަވަސްކުރިން. ހަަމައެކަނި ގޯލެއް ނުޖެހުނު މައްސަލަ މި ފެނިގެންދިޔައީ، ކުޅުމުގައި ހުރީ ގިނައިން ޕޮޒިޓިވް ކަންކަން. ވަރަށް އުނދަގޫ ބަޔާންކޮށްދެން ވެސް ފުރަތަމަ މެޗުގައި ކީއްވެތޯ ގޯލެއް ނުޖެހުނީ،"

ބަންގްލަދޭޝްއާ އެކު، ކަބްރޭރާގެ އެއްބަސްވުން އޮތީ މި އަހަރުގެ ނިޔަލަށެވެ. އެހެންކަމުން، މިއަދުގެ މެޗުގައި ރާއްޖެ އަތުން ބަންގްލަދޭޝް އަށް ނަތީޖާ ނުނެރެވިއްޖެނަމަ، މިއީ ބަންގްލަދޭޝްގެ ބެންޗުން ކަބްރޭރާ ފެންނާނެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް އިން މިއަދު ކުޅޭ މެޗު ފަށާނީ ހަވީރު 17:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox