ވޯޓެއް ނުނަގައި ވެސް ދެ އިންތިހާބު އެއްކޮށްލުމުގެ ބާރު މުއިއްޒަށް އޮތް ކަމަށް ސުޖާއު ވިދާޅުވެއްޖެ

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: މުއިއްޒު ބޭނުންވިނަމަ ފެންނަ ނުފެންނަ ވޯޓު ނުނަގާވެސް ދެ އިންތިހާބު އެއްކޮށްލެވުނީސް ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: މުއިއްޒު ބޭނުންވިނަމަ ފެންނަ ނުފެންނަ ވޯޓު ނުނަގާވެސް ދެ އިންތިހާބު އެއްކޮށްލެވުނީސް ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގެންނެވި ނަމަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނުނަގައި ވެސް ދެ އިންތިހާބު އެއްކޮށްލެވުނީސް ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ. 

އެމްއެމްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ޝުޖާއު ވިދާޅުވީ މުއިއްޒު ބޭނުންވެވަޑައިގެންނެވި ނަމަ އެމަނިކުފާނަށް ރައްޔިތުން ދެއްވާފައިވާ ވެރިކަމުގެ ބާރުގެ ތެރެއިން ދެ އިންތިހާބު އެއްކޮށްލެއްވުނީސް ކަމަށެވެ. 

"ރައީސް އެއްސެވީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ އިސްލާހު އެމަނިކުފާނު ތަސްދީގު ކުރައްވަންވީތޯ ނުވަތަ ނޫންތޯ. އަޅުގަނޑުމެން ގަބޫލުކުރޭ އަދި އެމަނިކުފާނަށް އޮތޭ އެނގޭތޯ ކޮންމެހެން މިކަން ނުކޮށްވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުން ދެއްވާފައި އޮތް ބާރުގެ ތެރެއިން އެމަނިކުފާނު ބޭނުންފުޅިއްޔާ ދެ އިންތިހާބު އެއްކޮށް ބާއްވަވަންވީ ނޫންތޯ. މިސާލެއް މިދެންނެވީ،" ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު އެހެން ވިދާޅުވި ނަމަވެސް  ގާނޫނުއަސާސީގައި ބުނެފައިވަނީ މަޖިލީހުގެ އުމުރަށް ބަދަލެއް ގެންނަނަމަ، އެ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތުން ކަމަށެވެ. 

ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދެ އިންތިހާބު އެއްކޮށްލަން ފާސްކުރުމުން އެންމެ ފަހުން ނެގި ފެންނަ ނުފެންނަ ވޯޓުގައި އަހާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރުމާމެދު އާންމުން ދެކޭ ގޮތާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާމެދު އާންމުން ދެކޭ ގޮތާ ބެހޭ ސުވާލެކެވެ. 

ދެ އިންތިހާބު އެއްކޮށްލުމަށް ވޯޓު ދެއްވަން ރައްޔިތުންގެ ކިބައިން މުއިއްޒު އެދިވަޑައިގެން، އެކަމަށް ކެމްޕެއިން ވެސް ކުރެއްވި އެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް 148،723 މީހުން ވޯޓުލި އެވެ. އެއީ 68.74 ޕަސެންޓެވެ. އިންތިހާބުތައް އެއްކޮށްލަން 67،627 މީހުން ވޯޓުދިންއިރު، އެއީ 31.26 ޕަސެންޓެވެ. 

މުއިއްޒު ވެރިކަން ހޯއްދެވި ވޯޓުގެ އަދަދަށްވުރެ ގިނަ މީހުން ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނެވެ. އޭގެއިތުރުން ސަރުކާރު ހިންގާ ޕީއެންސީގެ ދަފްތަރުގައި ތިބި އަދަދަށް ވެސް ސަރުކާރުގެ ހުށަހެޅުމަށް ތާއީދު ލިބިފައިނުވާކަން ފާހަގަކުރެވެ އެވެ. 

ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ގިނަ ބަޔަކު ވޯޓުލާން ނުކުމެ ވޯޓު ދިނީ އެ ރައްޔިތުން ނިންމާ ގޮތެއް މުއިއްޒު ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން އޮތުމާއެކު ކަމަށެވެ. 

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގެ ނަގައިގެން އެންމެ ފަހުން ކަމެއް ކަނޑައެޅީ ގާނޫނު އަސާސީގައި ވެރިކަން ހިންގާ ނިޒާމު ކަނޑައެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox