މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ މަސްދުވަސް!

Photo: People's Majlis

Photo: People's Majlis

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ މަސްދުވަސް ފާއިތުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެފަހުން ބޭއްވީ މާޗު 8، ގަ އެވެ. އެއީ މި އަހަރުގެ މިހައިތަނަށް ބޭއްވި ފަސްވަނަ ޖަލްސާ އެވެ. އޭގެ ތެރެއިން އެއް ޖަލްސާއަކީ މަޖިލިސް ހުޅުވި ދުވަހު، ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ އެވެ.

މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ހާއްސަ ހާލަތެއް ދިމާވެގެން ނުވަތަ، މަޖިލީހުން އެހެން ގޮތެއް ކަނޑަނާޅާހައި ހިނދަކު، މަޖިލީހުގެ ދައުރުގެ ތެރޭގައި ހިނގާ އާންމު ޖަލްސާތައް ހަފުތާއަކު މަދުވެގެން ތިން ދުވަހު ބާއްވަންވާނެ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވީ ފެބްރުއަރީ 5، ގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް، ބަންދު ދުވަސްތައް ނުހިމަނައި ހަފުތާއަކު ތިން ޖަލްސާގެ މަގުން 20 ޖަލްސާ ބާއްވަން ޖެހެ އެވެ.

މިހައިތަނަށް އެންމެ ފަސް ޖަލްސާ ބާއްވާފައިވާއިރު، މި އަހަރުގެ ފުރަތަމަ ދައުރު އަންނަ މެއި މަހުގެ 15 ވަނަ ދުވަހު ނިމޭނެ އެވެ. އެއަށްފަހު މަޖިލިސް މެންބަރުން އަނެއްކާވެސް އެއް މަސްދުވަހުގެ ޗުއްޓީއަކަށެވެ.

މެދުއިރުމަތީގައި ކުރަމުންދިޔަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުގެ އަސަރު، ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ކުރަމުންދިޔައިރު، ވެސް މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން އުޅުއްވީ ކެމްޕޭނުގައި ކަމަށް އިދިކޮޅު އެމްޑީޕިން އޭރު ބުނަމުންދިޔަ އެވެ.

އެކަމާ ބެހޭގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މިދިޔަ މުއްދަތުގައި ނުބޭއްވީ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެތީ ކަމަށެވެ. 

"މަޖިލީހުގެ ޖަލްސާއެއް ނުބާއްވަނީ ރިފަރެންޑަމް ވޯޓު އޮތީމާ، އޭގެ ދިފާއުގައި ދެއްކޭނެ ވާހަކައެއް ނެތީމާ، މަޖިލިސް ބޭއްވީމާ، މެންބަރުން ދައްކަން ޖެހެނީ ސަރުކާރު މޮޅުކޮށްފައި ވާހަކަ، އެކަމަކު ރަށަށް ދިޔައީމާ މީހުން އެއްޗެހި ގޮވަނީ، އެހެންވެގެން މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ އެ ތިބީ، އެކަމަކު ދެން މިހާރު އިންތިހާބު ނިމުނީތާ، އެހެންވީމާ އަންނަ ހަފުތާގައި މަޖިލިސް އޮންނާނެ،" ފިއްޓޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ކުރާނެ މަސައްކަތް ނެތް ކަމަށާއި ހަމައެކަނި ކުރާން އޮތް މަސައްކަތަކީ ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މަސައްކަތް ކަމަށެވެ.

މިދިޔަ އަހަރު ތެރޭގައި ވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދާ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ އެވެ. އެހެންނަމަވެސް، ޕީއެންސީން ބުނަމުންދިޔައީ އެ ޕާޓީން ސަރުކާރު ޖަވާބުދާރީ ކުރުވަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox