ސްކޫލް ކުދިންތަކެއް މަރަންރޭވި ކަމަށް ތުހުމަތުވާ މައްސަލާގައި ގިނަ ހެކިތައް ސިއްރުނުވި

އިމްތިހާނު ހަދަމުންދާ ގަޑީގައި ތިމަރަފުށީ މަދަރުސާ ގޮއްވާލަން މަސައްކަތް ކުރި ކަމަށް ބެލެވޭ މީހުން: ކޯޓުގެ ނިންމުމަކީ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދަށް -- ފޮޓޯ: ސްކްރީން ކެޕްޗާ

އިމްތިހާނު ހަދަމުންދާ ގަޑީގައި ތިމަރަފުށީ މަދަރުސާ ގޮއްވާލަން މަސައްކަތް ކުރި ކަމަށް ބެލެވޭ މީހުން: ކޯޓުގެ ނިންމުމަކީ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދަށް -- ފޮޓޯ: ސްކްރީން ކެޕްޗާ

ގިނަ ދަރިވަރުން އެއްތަންވާ ދަނޑިވަޅެއް ބަލައި، ތ. ތިމަރަފުށީ މަދުރުސާގެ ލެބޯޓަރީ ގޮއްވާލާ، އެ ކުދިން މަރާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ ގިނަ ހެކިތައް ދައުލަތުން އެދުނު ގޮތަށް ސިއްރު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަމުގެ ތުހުމަތުވާ އަށް މީހެއް ވެގެން، އެރަށު ސްކޫލް ގޮށްވާލަން އުޅުނީ ހުޅަނގުގެ ތައުލީމާއި އެމީހުންގެ ގަބޫލުކުރުންތަކާއި ހިލާފުވާތީ ކަމަށް ދައުލަތުން ބުނެ އެވެ.

އެގޮތުން ނޮވެމްބަރު 11، 2020 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ އަހްސަން މުހައްމަދާއި މުހައްމަދު އާސިރާއި އަލީ އަރުހަމް މުހައްމަދާއ، ޝަމާހް ޝަރީފާއި އިބްރާހިމް ލޫތާއި އަބްދުﷲ އިމާދު އަދި އަލީ މުނީޒް އެވެ. އެމީހުންގެ މައްޗަށް ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުނު ކަމުގެ ދައުވާ އާއި ޓެރެރިސްޓް ހަމަލާއެއް ރޭވި ކަމުގެ ދައުވާ އުފުލާފައިވެ އެވެ.

Advertisement

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދައުލަތުގެ ހުށަހެޅުންތަކާއި ގުޅޭ ގޮތުން ގޮތެއް ނިންމަވާފަ އެވެ. ޖުމްލަ 20 ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ގިނަ ލިޔުންތައް ހާމަކުރުމަށް ގާޒީ އަލީ އާދަމް ނިންމެވީ ދިފާއުގެ ހައްގަށް އުނިކަމެއް އަތުވެދާނެތީ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ހުށަހެޅުމާއި ޝަރީއަތުގެ ނިންމުން

ޓެރެރިޒަމްގެ ދައުވާތައް ސާބިތުކުރުމަށް ޝަފައީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި 14 އިންޓެލިޖެންސް ރިޕޯޓަކާއި އަށް އެނެލިޓިކަލް ރިޕޯޓު ޝަރުތުތަކަކާއެކު ޝަރީއަތް މެދުވެރިކޮށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ދައުލަތުން އެދުނެވެ. ނަމަވެސް އެ ރިޕޯޓުތަކުގައި ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ މައުލޫމާތެއް ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ދިފާއުއަށް ހާމަ ކުރެއްވުމަށް ޝަރީއަތުން ނިންމި އެވެ.

އެ މައްސަލާގައި ފުލުހުންގެ ތަހުގީގަށް މީހުން ދީފައިވާ ބަޔާންތައް ވެސް އެއްކޮށް ސިއްރު ކޮށްދިނުމަށް ދައުލަތުން އެދިފައިވާ ގޮތަކީ، އެ ބަޔާންތައް ސިއްރުކޮށް، އެއީ ކޮން ހެކިންތަކެއްކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމެވެ. ނަމަވެސް ޝަރީއަތުން ނިންމާފައިވަނީ އެ ހެކިތައް ވެސް ހާމަކުރުމަށެވެ.

އައިސިސް ޖަމާއަތުން ދިވެއްސަކު އަމީރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވާކަން ބަޔާންކޮށްފައިވާ ލިޔުމެއްވެސް ދައުލަތުން ސިއްރުކުރަން އެދުނު ހެކިތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ތަރުޖަމާއެއްވެސް ހެއްކެއްގެ ގޮތުގައި ހުށަހެޅި އެވެ. އެ ހެކީގެ ބައެއް މައުލޫމާތުތައް އުނިކުރުމަށްފަހުވެސް ދިފާއަށް ލިޔެކިޔުންތައް ހަވާލު ކުރުމަށް ދައުލަތުން ދެކޮޅު ހަދަ އެވެ. ނަމަވެސް އެ ހެކިވެސް ތަރުޖަމާ ކުރި ފަރާތުގެ ނަން އުނި ކުރުމަށްފަހު ހާމަ ކުރެއްވުމަށް ގާޒީ ނަދީމް އެންގެވި އެވެ.

މީގެ އިތުރުން ބޭރުގެ އިންޓެލިޖެންސް ރިޕޯޓެއްވެސް ހެކީގެ ގޮތުގައި ހިމެނޭއިރު، ހެކި ޝަރުއީ މަރުޙަލާގައި ބޭނުން ކުރެވޭނެ ގޮތް ވަންދެން އެ ހެކިތައް ހާމަ ނުކުރުމަށް ދައުލަތުން އެދުނެ އެވެ. ނަމަވެސް އެ ހެކި އަދި ކޯޓަށް ހުށަހެޅިފައިނުވާތީ އެކަމާ މެދު ޝަރީއަތުން ވަކި ގޮތެއް ނިންމަވާފައެއް ނުވެ އެވެ.

ގިނަ ހެކިތައް ހާމަކުރަން ގާޒީ ނިންމެވިއިރު، ދިފާއުން ވަނީ ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ކޯޓަށް ގޮސް އަބަދު ލިޔެކިޔުންތައް ބަލަން ޖެހުމަކީވެސް ދަތިވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

މަދުރަސާ ގޮއްވާލަން އުޅުނު ކަމަށް ބެލެވޭ މީހުންގެ މައްޗަށް ކުރާ ދައުވާތައް:

ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
  • ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން.

ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުހައްމަދު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.

ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުހައްމަދު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
  • ހަނގުރާމައަށް ދާން އުޅުން.

ރ. މަޑުއްވަރި، ބީޗްހައުސް، އަބްދުﷲ އިމާދު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
  • އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.
  • އޮރިޔާންކާޑު ގެންގުޅުން.

ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.

ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފް

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.

ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން.
  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން.
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.

ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު

  • ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox