އިންތިހާބަށްފަހު ތަކެތީގެ އަގު ބޮޑު ކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

Apr 7, 2026, 5:10 PM
Economic Minister Mohamed Saeed. -- Photo: President's Office

Economic Minister Mohamed Saeed. -- Photo: President's Office

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަށްފަހު މަޑުމަޑުން ތަކެތީގެ އަގު ބޮޑު ކުރަން އުޅޭ ވާހަކަ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގު ކުރައްވައިފި އެވެ. 

ހަނގުރާމައިގެ ހާލަތުގައި ގައުމު މެނޭޖް ކުރަން އުފެއްދި ކާރިސާ ކޮމިޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އިންތިހާބަށްފަހު ތަކެތީގެ އަގުބޮޑުވާނެ ކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ ވާހަކައެއް ކަމަށެވެ. 

"އިންތިހާބުގެ ފަހުން [ތަކެތީގެ] އަގު ބޮޑުވާނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން، އަޅުގަނޑުމެންނާ މިވަގުތު ހިޔާލު ތަފާތު ފަރާތްތަކުން، އެ ދައްކާ ވާހަކަފުޅުތަކަކީ ސިޔާސީ ވާހަކަފުޅުތަކެއް. އެއީ މާކެޓަކާ ގުޅުން ހުރި ވާހަކަތަކެއް ނޫން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ސައީދު ވިދާޅުވި އެވެ. 

ތަކެތީގެ އަގު ބޮޑު ކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް ވެސް ސައީދު މިއަދު ވިދާޅުވި އެވެ. 

"އިލެކްޝަން ނިމުނީމަ ވަކި ބާވަތެއްގެ ތަކެތި އަގުބޮޑު ކުރަނީއޭ ކިޔައިގެން ދެކެވޭ ވާހަކައަކީ އަޅުގަނޑަކަށް ހިއެއް ނުވޭ ރަނގަޅު ވާހަކައެއް ހެނެއް،" އޭނާ ވިދާޅުވި އެވެ. "މި ސަރުކާރުގެ ޕްރަޔައޯރިޓީއެއް ނޫނޭ ރައްޔިތުންގެ އަސާސީ ބާވަތްތައް އަގުބޮޑު ކުރުމަކީ."

ނަމަވެސް މާކެޓަށް އަންނަ ބަދަލުތަކާއެކު، ހާއްސަކޮށް މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާއިރު، ތެލާއި ގޭސް ހިމެނޭ ގޮތަށް ބައެއް ތަކެތީގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox