ސިޔާސީ މުވައްޒަފުން މަދުކުރަން ފަށަނީ؛ ޕާފޯމަންސް ރިޕޯޓްތައް ފޮނުވަން އަންގައިފި

Apr 7, 2026, 7:24 AM
ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ބައެއް އިސްވެރިން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ބައެއް އިސްވެރިން. -- ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު، ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރުތަކުން ބުނި ގޮތުގައި، ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، އެ ފަރާތްތަކުގެ ޕާފޯމަންސް ރިޕޯޓްތައް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ރައީސް އޮފީހަށް ފޮނުވުމަށް މިހާރު ވަނީ އަންގާފައެވެ.

"އުމްރާއިން ވަޑައިގަންނަވާ ގޮތަށް އަންނަ ހަފުތާގައި ގިނަ އަދަދެއްގެ ބަޔަކު ވަކިކުރާނެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި، ކުންފުނިތަކަށް ސިޔާސީ ގޮތުން އައްޔަންކޮށްފައި ތިބި ފަރާތްތައް ވެސް ހިމެނޭ،" މައުލޫމާތު ދެއްވި ސަރުކާރުގެ އިސް ވެރިޔަކު ވިދާޅުވިއެވެ.

Advertisement

އޭނާ އިތުރަށް ވިދާޅުވީ، އިންތިހާބާ ދިމާކޮށް ވަޒީފާ ދިން ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ވެސް ގިނަ ބަޔަކު މަގާމުން ވަކިކުރާނެ ކަމަށެވެ.

މި ބަދަލުތައް ގެންނަން މި ފެށީ، އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީގެ އިތުރުން، އިގުތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ހުރެއެވެ. އިރާނު ހަނގުރާމައާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައި ވަނިކޮށް، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން އިތުރުކުރުމާއި ބޮޑެތި ޕްރޮމޯޝަންތައް ދެމުންދާތީ ސަރުކާރަށް ވަނީ އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައެވެ.

މި ފިޔަވަޅަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ކުއްލިއަކަށް ގިނަ އަދަދެއްގެ ބަޔަކު ވަކިކުރަން ފެށުމުން ސިޔާސީ މަސްރަހު ހަލަބޮލިވާނެ ކަމަށް "އަދަދު" ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުންޏެވެ.

"ވަކި ނުކޮށް ވެސް ވާކަށް ނެތް. ނަމަވެސް މިހާރު ވަގުތު މާ ފާއިތުވެއްޖެ. ކުރިއަށް އޮތީ ވަރަށް ދަތި ދުވަސްތަކެއް،" ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ރައީސް މުހައްމަދު މުއިއްޒު އޮތީ ކަނޑައަޅުއްވާފަ އެވެ. 

ސަރުކާރުން ބުނެފައި ވަނީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބީ 900 މީހުން ކަމަށެވެ. މިއީ ސައްހަ އަދަދެއް ނޫން ކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން ހުށަހެޅުމުން ވެސް އަދިވެސް ދޫނުކުރެ އެވެ.

މިވަގުތު 4،100 ސިޔާސީ މުވައްޒަފުން އެބަތިބި، ދައުލަތުގެ ޕޭރޯލް ހަ ބިލިއަނުން މަތިވެއްޖެ: ޣަފޫރު

މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރު ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށް.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނުގައި ސަރުކާރުން ބޮޑު ހޭދައެއް ކުރި ނަމަވެސް، އެއްވެސް ސިޓީއެއްގެ މޭޔަރުކަން ނުވަތަ މެޖޯރިޓީ ސަރުކާރަށް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔޫޑީސީ) ތަކުގެ ރައީސްކަމާއި، ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންގެ ގިނަ ގޮނޑިތައް ވެސް ސަރުކާރަށް ވަނީ ގެއްލިފައެވެ.

ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނުމުން ރައީސް މުއިއްޒުގެ އިތުބާރު ގެއްލިފައިވާ ކަމާއި އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox