ފަސް ހަފްތާ ފަހުން: ފިޔަވަޅުތައް އަޅަން މި ފެށީ އިންތިހާބުން ބަލިވުމުން!

ރައީސް މުއިއްޒު

ރައީސް މުއިއްޒު

ފެބްރުއަރީ 28، ގައި އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާ ދޭން ފެށުމާއެކު މެދުކެނޑުމެއް ނެތި ހަމަލާ ބަދަލުކުރަމުން އަންނައިރު ދުނިޔޭގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަންނަމުންދާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ވަކިން ހާއްސަކޮށް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި އެންމެ ތަނަވަސް ގައުމުތަކަށް ވެސް ހަރަދު ކުޑަކުރަން މި ހާލަތުގައި މަޖުބޫރުވެފައިވާކަން ނުދަންނަ ދިވެއްސަކު ނެތެވެ. 

މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާތާ ފަސް ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާއިރު މުޅި ދުނިޔެ ބަނަކުރަމުން އައި ހަނގުރާމައިގެ ވިލާގަނޑަށް އަހަރުމެންގެ ސަރުކާރުން ތައްޔާރު ނުވަނީ ކީއްވެގެންތޯ ކޮންމެ ދުވަހަކުހެން ސުވާލު ކުރެވުނެވެ. 

ފަސް ހަފްތާ ފާއިތުވެގެންދިޔައިރު ހަރަދު ކުޑަކުރަން އެކަށީގެންވާ މަސައްކަތް ނުކުރީ ކީއްވެގެންތޯ އެވެ. ހާހުން ވަޒީފާތައް އުފައްދަމުން ދިޔައީ ކީއްވެގެންތޯ އެވެ. މުޅި ދުނިޔޭގެ އިގުތިސޯދު ރިސެޝަންއަކަށް ގޮސްދާނެކަމުގެ އިންޒާރު މާލީ ތަޖުރިބާކާރުން މެދުކެނޑުމެއްނެތި ދެމުންދިޔައިރު ވެސް ޕްރޮޖެކްޓުތައް ފަށަމުންދިޔައީ ކީއްވެހެއްޔެވެ. ހަރަދު ކުޑަކުރުމަށް ގޮވާލައި ގަދަވަމުން ދިޔަ އަޑުތައް ސަރުކާރަށް ހަމަ ނީވެނީތޯ އެވެ.

Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުން ވެސް ރައީސް މުހައްމަދު މުއިއްޒުއާ މި ސުވާލު އަމާޒުކުރީމެވެ. އަދި އިންތިހާބަށް ފަހު ފިޔަވަޅުތައް އަޅާނެތޯ ބެލުމަށް އަހަރުމެން ސުވާލު ކުރީމެވެ. 

އާންމު އުސޫލެއްގެ ގޮތުން އެ ސުވާލަށް ވެސް މުއިއްޒު ޖަވާބު ދެއްވީ ކަމުގެ ހަގީގަތް ގަބޫލުނުކުރައްވާ ނުވަތަ ކަން އޮތް ގޮތް ސާފުކޮށް ހާމަކުރައްވަން ބޭނުންވެވަޑައިނުގަންނަވާ މޭރުމަކުންނެވެ. 

"އިންތިހާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނުހުންނާނެ. އަޅުގަނޑުމެން މިދަނީ ވީކްލީ މީޑިއާ މެދުވެރިކޮށް ފިޔަވަޅުތައް، އަޅަން ގަސްތުކުރާ ސިޔާސަތުތައް އިއުލާން ކުރަމުން،" އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ. 

އޭރު ސަރުކާރުގެ ވިސްނުން ހުރީ އިންތިހާބުގެ ނަތީޖާއަށް ނުރަނގަޅު އަސަރުކޮށްފާނެތީ ހަރަދު ކުޑަކުރުމުގެ ވާހަކަ ނުދެއްކުމަށެވެ. އޭގެ ބަދަލުގައި ވެރިކަން ކުރާ ޕާޓީން ދިޔައީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ކެމްޕޭނެއް ރާއްޖޭގެ އުތުރުން ދެކުނަށް ހިންގަމުންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ކުރި އެންމެ އިސްރާފު ބޮޑު ކެމްޕޭންކަން ނަތީޖާއިން މުއިއްޒުއަށް މިހާރު ސާފުވާނެ އެވެ. 

ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއް އަޅާކަން ހާމަކުރީ މާޗު 25، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އެ ދުވަހު ޒަމީރު ހާމަކުރެއްވި ފިޔަވަޅުތަކީ ހަމައެކަނި ރަސްމީ ދަތުރުތައް މަދުކޮށްލުމާއި ޕީއެސްއައިޕީގެ ތަރުތީބަށް ބަދަލުތަކެއް ގެނައުމެވެ.

"ހަނގުރާމައާ އެއްކޮށް ކޭޝްފްލޯއަށް އެބަ އާދޭ ބަދަލުތަކެއް، އެހެންވެ އެއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސެންސިޓިވް ވެގެން މިދަނީ. ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް އެބަކުރަން، އަޅުގަނޑު ކުރީ ދުވަހު ވެސް ދެންނެވިހެން އިއުލާން ކޮށްގެން އެކަމެއް ނުކުރަން،" އިންތިހާބުގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވި އެވެ. 

އޭރު ވެސް މި ހަނގުރާމައިގެ ސީރިއަސްކަން ސަރުކާރަށް އެނގޭނެ އެވެ. ހަނގުރާމަ މާދަމާ ހުއްޓުނު ނަމަވެސް ކުރިން އޮތް އާންމު ހާލަތަށް ރުޖޫއަވުމަށް ހަތަރު މަސްދުވަސް ނަގާނެ ކަމަށް ޒަމީރު ވިދާޅުވީ ހަމަ އެ ދުވަހު އެވެ. އެހެން ނަމަވެސް، އިންތިހާބެއް އޮތުމުން އަތް އުރާލައިގެން ތިބީ އެވެ. 

އަދަދު އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް ބައެއް ވެރިން އޭރު ވިދާޅުވި ގޮތުގައި، ފިޔަވަޅުތަކެއް އެޅުމަށް ނިންމި ނަމަވެސް، އިންތިހާބަށް އޮތް ނުފޫޒަކަށް ބަލައި، އެ ކަންކަން ރަސްމީ ސާކިއުލާއަކުން އާންމު ނުކުރުމަށް އޮތީ ނިންމާފަ އެވެ.

"އަޅާ ފިޔަވަޅުތައް އާންމުކުރާނީ އިންތިހާބަށް ފަހު. ފިޔަވަޅުތައް ނާޅައި ސަލާމަތެއް ނުވާނެ،" މި ނޫހާ މާޗު މަހުގެ ފަހު ހަފްތާގައި ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.

ރައްޔިތުން އިންތިހާބުގައި ހާމަކުރީ ސަރުކާރަށް އިތުބާރު ނެތް ކަމެވެ. ސަރުކާރުގެ ހަރަދު އިންތިހާއަށް ބޮޑުކަން ރައްޔިތުން ވެސް ގަބޫލުކޮށްފި އެވެ. ކާރިސާގެ ހާލަތުގައި މުޅި ދުނިޔެ އޮތްއިރު ބަހަމުންދިޔަ ވަޒީފާ އާއި ޕްރޮޖެކްޓުތަކާއި ނަގުދު ފައިސާ ދިވެހިންނަށް ކަމަކު ނުދިޔަ އެވެ.

އެ ހިތި ނަތީޖާ އާއެކު އިންތިހާބުގެ ފަހުން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅުތައް ހާމަވާން ފެށި އެވެ. އިންތިހާބުން ސަރުކާރުން ބަލިވިތާ 48 ގަޑިއިރު ތެރޭ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރަން ފެށި އެވެ. ހަނގުރާމަށް ފަސް ހަފްތާ ވެފައި ވަނިކޮށް އިންތިހާބީ މަސްތުން ސަރުކާރު ހޭލައްވާލީ ދިވެހިންނެވެ. 

ދައުލަތުގެ ކުންފުނިތަކާއި ބައެއް އިދާރާތަކުން މަސައްކަތް ކުރާ ވަގުތު ކުޑަކުރަން ފަށައިފި އެވެ. ބައެއް އޮފީސްތަކުގައި އެއް ދުވަހު ގޭގައި މަސައްކަތް ކުރަން ޖެހޭ ގޮތަށް ބަދަލުކޮށްފި އެވެ. މިއީ ރާއްޖެއަށް ވުރި މާ މުއްސަނދި ގައުމުތަކުން މަހެއް ކުރިން އަޅަން ފަށާފައި ހުރި ފިޔަވަޅުތަކެކެވެ. 

އަދިވެސް ސަރުކާރުގެ ވެރިންގެ މުސާރަ ކުޑަކުރުމުގެ ވާހަކައެއް ނުދެކެވެ އެވެ. ނަމަވެސް، ހާހުން ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން ބަޔަކު މަދުކުރާނެކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. 

އިތުބާރު ހުރި މަސްދަރުތަކުން ބުނި ގޮތުގައި، ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، އެ ފަރާތްތަކުގެ ޕާފޯމަންސް ރިޕޯޓްތައް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ރައީސް އޮފީހަށް ފޮނުވުމަށް މިހާރު ވަނީ އަންގާފަ އެވެ.

"އުމްރާއިން ވަޑައިގަންނަވާ ގޮތަށް އަންނަ ހަފުތާގައި ގިނަ އަދަދެއްގެ ބަޔަކު ވަކިކުރާނެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި، ކުންފުނިތަކަށް ސިޔާސީ ގޮތުން އައްޔަންކޮށްފައި ތިބި ފަރާތްތައް ވެސް ހިމެނޭ،" މައުލޫމާތު ދެއްވި ސަރުކާރުގެ އިސް ވެރިޔަކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންތިހާބާ ދިމާކޮށް ވަޒީފާ ދިން ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ވެސް ގިނަ ބަޔަކު މަގާމުން ވަކިކުރާނެ ކަމަށެވެ. ބައެއް ރަށްރަށުގެ އާބާދީގެ 25 ޕަސެންޓަށް ވާ ވަރަށް ސަރުކާރުގެ ވަޒީފާތަކަށް އިންތިހާބުގެ ތެރޭ އިއުލާނުކުރި އެވެ. 

ކުންފުނިތަކުގެ ވެރިންނާއި މެންބަރު އަސްމާ ރަޝީދުގެ އާއިލާގެ މެންބަރުންތަކެއް ވަކިކުރީ ކޮންމެހެން ހަރަދު ކުޑަކުރުމަކަަށް ނޫނެވެ. އެއީ އިންތިހާބުން ވި ބަލީގައި އަންނަމުންދާ ބަދަލުތަކެކެވެ. 

ސަރުކާރުން އަޅާނެ ކަމަށް ބެލެވޭ ބައެއް ފިޔަވަޅުތައް

  • ބަޖެޓުން ހަރަދުކޮށްގެން ކުރާ ބޭރުގެ ހުރިހާ ދަތުރުތަކެއް ހުއްޓާލުން. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ، ނައިބު ރައީސް އަދި ފޮރިން މިނިސްޓަރު ކުރައްވާ ދަތުރުފުޅުތައް މީގެ ތެރެއަކު ނުހިމެނޭ
  • ސަރުކާރުގެ އެކި ރަސްމިއްޔާތުތަކާއި ބޮޑެތި ހަފުލާތައް ވަގުތީ ގޮތުން މަޑުޖައްސާލުން
  • އަތޮޅުތަކަށް ކުރާ ދަތުރުތައް ބޮޑުތަނުން މަދުކޮށް، އޮންލައިންކޮށް ކުރިއަށް ގެންދެވެން ހުރި ހުރިހާ ކަމެއް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދިޔުން
  • މިހާރު އެވޯޑުކޮށްފައިވާ ޕްރޮޖެކްޓުތަކުގެ މުއްދަތު އިތުރަށް ދިގު ދަންމާލުން
  • ދައުލަތުގެ އޮފީސްތައް މެންދުރު ފަހު 3:00 ގެ ފަހުން ނުހުޅުވުން. މީގެ ސަބަބުން ކަރަންޓު ބިލުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށް ހިސާބުތަކުން ދައްކާ
  • ބައެއް މުއައްސަސާތަކުގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުންތައް މިއަހަރުގެ ފަހުކޮޅަށް ފަސްކުރުން

މި ފިޔަވަޅުތައް އަޅައިގެން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މިދިޔަ ފަސް ހަފްތާގައި ސަލާމަތް ކުރެވުނީހެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެއްޖެކަން އެނގޭނެ އެވެ. ދައުލަތުގެ އާމްދަނީއިން މަހަކު 85 މިލިއަން ޑޮލަރަށްވުރެ މަދުވާނެ ކަމަށް ބުނީ ފިނޭންސް މިނިސްޓަރެވެ.

ބޭރުން ހިލޭ އެހީއެއް ނުހޯދޭއިރު ދައުލަތުގެ އާމްދަނީއަށް އަސަަރު ކުރީމައި ހަރަދު ކުޑަކުރަން ޖެހޭނެކަން މުއިއްޒުއަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް، މުއިއްޒު އިސްކުރެއްވީ އަމިއްލަ މަސްލަހަތެވެ. އަމިއްލަ ޕާޓީގެ މަސްލަހަތެވެ. އިސްރާފު ކުރެއްވީ ރައްޔިތުންގެ ޓެކްސް ފައިސާ އެވެ. ގައުމާ މެދު އިހުލާސްތެރިކަމެއް ނެތްކަން އަމަލުތަކުން ވަރަށް ސާފެވެ. 

އޭރު އެ ސުވާލުތަކަށް ގައުމާ މެދު ވިސްނާ މީހެއްގެ ހައިސިއްޔަތުން ޖަވާބެއް ނުލިބުނީ އެވެ. ނަމަވެސް، ވެރިިކަމުގައި ހުންނަވަން ދައުލަތުގެ ހުރިހާ ވަސީލަތަކާއި ބާރަކާއި ހަކަތައެއް ބޭނުންކުރައްވާނޭ މީހެއްގެ ނަޒަރުން އެ ސުވާލުތަކަށް ވިސްނާލުމުން ޖަވާބު ލިބުނެވެ. މުޅި ގައުމާއި ރައްޔިތުން ގުރުބާން ކޮށްފައި ވެސް އާރާއި ބާރުގައި ދެމިހުންނެވުމަކީ އަމިއްލަ އެދުމުން ފުރިފައިވާ ވެރިޔަކު ކުރައްވާނެ ކަމެއް ކަން ފަހުމްވި އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ނީވުނީއެއް ނޫނެވެ. އަޑު ނޭހީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox