ސަރުކާރުގެ ހުށަހެޅުމަށް ޕީއެންސީގެ ދަފްތަރުގައި ތިބި އަދަދަށް ވެސް މީހުން ތާއީދެއް ނުކުރި

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ޕީއެންސީން ބޭއްވި ހިނގާލުމުގެ ތެރެއިން: އިންތިހާބުގައި ސަރުކާރަށް ތާއީދު ނެތްކަން ވަނީ ހާމަވެފައި -- ފޮޓޯ: ޕީއެންސީ

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ޕީއެންސީން ބޭއްވި ހިނގާލުމުގެ ތެރެއިން: އިންތިހާބުގައި ސަރުކާރަށް ތާއީދު ނެތްކަން ވަނީ ހާމަވެފައި -- ފޮޓޯ: ޕީއެންސީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ހުށަހެޅި ބިލު ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީއާއެކު ފާސްކުރުމަށްފަހު، އެ ބިލު ތަސްދީގުކުރުމުގެ ކުރިން އާންމުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ގައި ޕީއެންސީގެ ދަފްތަރާ އެއްވަރުގެ ތާއީދެއްވެސް ނުލިބުނެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި މި އަހަރުގެ ޖެނުއަރީ 1، ގެ ނިޔަލަށް ޕީއެންސީގެ ދަފްތަރުގައި ތިބީ 74،048 މެންބަރުންނެވެ. 

ނަމަވެސް ރެފެރެންޑަމްގައި މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ސަރުކާރުގެ ހުށަހެޅުން ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ 67،137 މީހުންނެވެ. ސަރުކާރުގެ އެ ހުށަހެޅުމާ ދެކޮޅަށް 146،112 މީހުން ވޯޓު ދީފައިވެ އެވެ. 

Advertisement

މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން 129،159 ވޯޓާއެކުގަ އެވެ. މިގޮތުން ދައުރު ދެބައިވި ފަހުން ނެގި ވޯޓުގައި މުއިއްޒުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ވޯޓު ދިން 55،111 މީހުން ސަރުކާރުގެ ހުށަހެޅުމަށް ތާއީދެއް ނުކުރެ އެވެ. 

ރިޔާސީ އިންތިހާބުގައި މުއިއްޒުއާ ދެކޮޅަށް ޖުމްލަ 109،868 މީހުން ވޯޓުލި އެވެ. އޭގެ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން ނެގި މި ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ވޯޓުދިން މީހުންގެ އަދަދު 36،244 އަށް މިވަނީ އިތުރުވެފަ އެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީން ވެސް ޕީއެންސީ ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފަ އެވެ. ފަސް ސިޓީންގެ މޭޔަރާއި ޑަބްލިއުޑީސީ ރައީސްގެ މަގާމުވެސް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީ އެވެ. 

ރިޔާސީ އިންތިހާބުގައި މުއިއްޒުއަށް ލިބުނު ވޯޓަށްވުރެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނި މީހުން ގިނަވެއްޖެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒު 129،159 ރައްޔިތުން މުއިއްޒުއަށް ވޯޓު ދީފައިވޭ. ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެެޅުމާ ދެކޮޅަށް 129،683 މީހުން ވަނީ ވޯޓު ދީފައިވޭ. ދޮުޅު އަހަރާއި ބައިވީއިރު ސަރުކާރަށް އޮތް ތާއީދު އަންނަނީ ފަނޑުވަމުން.

މީގެއިތުރުން ޖުމްލަ ގޮނޑީގެ އަދަދަށް ބަލާއިރު ކައުންސިލް އިންތިހާބަށް ވަރުގަދަ ކެމްޕެއިނެއް ކުރި ޕީއެންސީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީ އެވެ. އޭގެއިތުރުން އަތޮޅުތަކަށް ބަލާއިރުވެސް އެންމެ ގިނަ އަތޮޅުތަކުން ޕީއެންސީ ބަލިކޮށް ކާމިޔާބު ހޯދީ އެމްޑީޕީންނެވެ. 

 ލޯކަލް ކައުންސިލުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ބަލިވިކަން ގަބޫލު ކުރައްވައި، ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވި އެވެ. ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު ކުރާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.

މި ބަދަލު ގެނައުމަށް މަޖިލީހުން ބިލު ފާސްކުރީ ވެސް ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ފަހު އަވަސް އަރުވާލައިގެންނެވެ. ކޮމިޓީ މަރުހަލާ ހިމެނޭހެން މަޖިލީހުގައި ބިލަށް ބަހުސްކޮށް މަޝްވަރާކުރީ މަދު ގަޑިއިރުތަކަކަށެވެ. 

މި ވޯޓުގައި ސަރުކާރުން ވަރަށް ގަދައަށް ކެމްޕޭން ކުރި އެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަރަދު ކުޑަކުރަން ކުރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި ހަމަޖެހުން ގާއިމުވެ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބުގައި (ރިޔާސީ އިންތިހާބުގައި) ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާނެ ކަމަށް ބުނެ ވަކާލާތު ކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox