ޒީނާގެ ފާޑުކިޔުން؛ ރައްޔިތުންގެ އިތުބާރު މުއިއްޒަށް ހޯދޭނީ އިންސާފުވެރިވެގެން!

Apr 6, 2026, 7:23 AM
ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު

ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު

 މާޒީގައި ކުރިމަތިލާންޖެހުނު ބޭއިންސާފު ހަނދާންކޮށްދީ،  ރައްޔިތުންގެ އިތުބާރު ރައީސް މުހައްމަދު މުއިއްޒު ހޯދުމަށްޓަކައި އިންސާފުވެރިވުމަށް ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެއްޖެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި، ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅުގައި، މުއިއްޒު ޓެގްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒީނާ ވިދާޅުވީ، އޭނާއަށް މީގެ ކުރިން ކުރިމަތިވި ބޭއިންސާފު ހަނދާނުގައި އެބަހުރި ކަމަށެވެ. އެފަދަ ކަންތައްތަކަކީ ކުރިއަށް އޮތް ތަނުގައި ތަކުރާރުވާން އެދިވަޑައިގަންނަވާ ކަންތައްތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒީނާގެ ކަންބޮޑުވުމާއި ފާޑުކިޔުން ގުޅިފައި އޮތީ، ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މީހުންގެ ތެރެއިން އެންމެ ގިނަ މާކްސް އޭނާ އަށް ލިބުނުއިރު، އެހެން މީހަކު އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމުންނެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮތީ މުއިއްޒުގެ އަތުގަ އެވެ. 

"އެފަދަ ހާދިސާތައް ދެން ތަކުރާރު ނުވާނެ ކަމަށް އަޅުގަނޑު އިހުލާސްތެރިކަމާއެކު އުންމީދު ކުރަން. ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުންވާ ނަމަ، އިންސާފުވެރި ނިންމުންތައް ނިންމަން ޖެހޭނެ،" މުއިއްޒަށް ސީދާ އަމާޒުކުރައްވައި ޒީނާ ވިދާޅުވި އެވެ. 

މިއީ ޕީއެސްއެމްގެ އެމްޑީގެ މަގާމުން ވަކިކުރި ފަހުން، ސަރުކާރުގެ ނިންމުންތަކާ މެދު ޒީނާ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ރައީސަށް ފާޑުކިޔުއްވި ފުރަތަމަ ފަހަރެވެ. ސަރުކާރަށް ވޯޓުން ލިބުނު ނާކާމިޔާބީއާއެކު، ސަރުކާރުގެ އެތެރެއިންނާއި ބޭރުން މިފަދަ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 80 ޕަސެންޓު ގޮނޑި ލިބޭނެ ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ލަފާކުރެއްވި ނަމަވެސް، ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ސަރުކާރަށް ކާމިޔާބު ކުރެވުނީ އެންމެ 43 ޕަސެންޓު ގޮނޑިއެވެ. މިއީ ސަރުކާރުގެ ހިސާބުތަކާ ދިމާނުވި، ހީކުރި ވަރަށް ވުރެ ދަށް ނަތީޖާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox