އިންތިހާބަށް ޕީއެސްއެމްގެ އިސް މުވައްޒަފުންތަކަކަށް ކުއްލި ޕްރޮމޯޝަންތަކެއް
އިންތިހާބާ ކައިރިވެފައި ވަނިކޮށް، މާލީ ދަތިތަކާ ކުރިމަތިވެފައިވާ ޕީއެސްއެމްއިން ވަނީ އެ ކުންފުނީގެ އިސް މުވައްޒަފުންތަކަކަށް ކުއްލި ޕްރޮމޯޝަންތަކެއް ދީފަ. މި ބަދަލުތައް ގެނައުމުގައި އާދައިގެ މުވައްޒަފުންނަށް އިސްކަންދީފައި ނުވާތީ މުވައްޒަފުންގެ މެދުގައި ނުރުހުން އުފެދިފައިވާއިރު، މިއީ ޕީސީބީގެ ހުއްދައާއެކު ކުރި ކަމެއްކަން އަދި ސާފެއް ނުވޭ.