ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރާތީ ކަންބޮޑުވުން

ކައުންސިލް އިންތިހާބައި ރެފަރެންޑަމްގެ ވޯޓުލުން ކުރިއަށްދަނީ

ކައުންސިލް އިންތިހާބައި ރެފަރެންޑަމްގެ ވޯޓުލުން ކުރިއަށްދަނީ

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ހެނދުނު 08:00 ގައި ވޯޓުލުން ފެށިއިރު ތިން ކަރުދާސްކޮޅެއް ރައްޔިތުންގެ އަތަށް ލިބޭނެ އެވެ. އެ މީހަކަށް ލިބޭނީ އެ މީހަކު ބޭނުން ވޯޓު ކަރުދާސްތަކެއް ކަމަށް ހާމަކުރެއްވީ އަދަދުއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް މުހައްމަދު ޒާހިރު އެވެ. 

"އަޅުގަނޑުމެން ތިން ކަރުދާސްކޮޅު އޭނައަށް ދޭނަން. އެއްވެސް މީހަކު ވަކި [ވޯޓެއް] ލާން ބޭނުންނުވާ ކަމަށްވާނަމަ، އެ ކަރުދާސްކޮޅު އޭނާ ބޭނުން ނޫން ކަމަށްވަންޏާ ނުދޭނެ، ނުދީ އަޅުގަނޑުމެން އެ ވަގުތު އިއުލާން ކުރާނެ. އިއުލާން ކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުން ނޫން ކަމަށް. ކޮށްފައި، އިއުލާން ކުރާނެ ސޯ ދެޓް އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި، ފަހުން އޭތި ޓެލީ ކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ. އަޅުގަނޑުމެން އެ ގޮތަށް އެކަން ކުރާނީ އިއުލާންކޮށްގެން. 

ޒާހިދު ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގައި ވެސް އެ މީހަކު ބޭނުންވި ވޯޓެއްލުމުގެ ފުރުސަތު އީސީން ފަހިކޮށްދިން ކަމަށެވެ. 

"އެ މީހެއްގެ އިހުތިޔާރުގައި އޮންނަ ކަމެއް. އެ ވަގުތު އަޅުގަނޑުމެން އެ ކަން އިއުލާން ކުރާނަން. ކޮށްފައި ހާދިސާ ރިޕޯޓުގައި ވެސް ލިޔާނެ. އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް ވެސް އެނގޭނެ މިވެނި ކަރުދާސްކޮޅެއް ބޭނުންނުކުރާކަން. އެގޮތަށް ދާނީ،" ޒާހިދު ވިދާޅުވި އެވެ. 

އީސީން މިގޮތަށް އަމަލުކުރަނީ ވޯޓުގެ ސިއްރުކަން ގެއްލުވާލުކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ތުހުމަތުކޮށްފަ އެވެ. 

"މި ކަމަކީ، ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްޤަށް ހުރަސްއެޅުމަށް ސަރުކާރުން ބޭނުންވެގެން އިލެކްޝަނުން ކޮށްދޭ ކަމެއް ކަމަށް ތުހުމަތު ކުރަން. މިކަން މި ގޮތަށް ނުކުރުމަށް  ގޮވާލަން،" އެމްޑީޕީން އެކްސްގައި ލިޔެފައިވެ އެވެ. 

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ޕީޕަލްސް ނެޝަނަލް ފްރޮންްޓް (ޕީއެންއެފް) ގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އީސީގެ އެ ނިންމުމަކީ ބޮޑު ގޯހެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް އޭނާ ގޮވާލެއްވި އެވެ.

"މި ކަމުން ގާނޫނުގައި ލާޒިމުކުރާ ވޯޓުގެ ސިއްރުކަން ގެއްލިގެންދޭ.  މި ފެންނަނީ އިލެކްޝަން ކޮމިޝަން މި އިންތިހާބުގައި ކޮމްޕްރަމައިޒްވެފައިވާ މިންވަރު. އެހެންވެ މިގޮތަށް އިންތިހާބުތައް އެއްކޮށް ނުބާއްވަންވީ،" ޖަމީލްގެ ކަންބޮޑުވުން ހިއްސާކޮށް ލިޔުއްވި އެވެ. 

ވޯޓު ދިނުމާއި އިންތިހާބުތަކުގައި ބައިވެރިވުމަކީ ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ހައްގެކެވެ. އަދި އެފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށްވާން ޖެހޭނެކަން ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ހ. އިން ލާޒިމުކުރެ އެވެ. 

ކައުންސިލް އިންތިހާބަކީ ސިޔާސީ ވޯޓަކަށްވާއިރު އެ ވޯޓާއެކު ގައުމީ ފެންވަރުގައި ގޮތް ނިންމަން ޖެހޭ ފެންނަ ނުފެންނަ ވޯޓެއް ނަގާތީ މި އިންތިހާބުގެ ކުރިން ވެސް އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރާއްޖޭގެ ގާނޫނީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ވަކީލު ހުސްނުއްސުއޫދު ހިމެނިވަޑައިގަންނަވަ އެވެ. 

"މިއީ ރިޔާސީ އިންތިހާބާއި މަޖިލިސްގެ އިންތިހާބު އެކުގައި ނުބާއްވަން ޖެހޭ ސަބަބު. ގިނަ އިންތިހާބު އެކުގައި މެނޭޖު ކުރުމުގެ ގާބިލުކަން ނެތުން. ތެދުވެރިކަމާއި އަމާނާތްތެރިކަން ނެތުން. ވޯޓުގެ ސިއްރުކަން ހިފަހައްޓަން ނޭނގުން. ނުފޫޒު ފޯރުވަން ޖާގަ ލިބުން،" ސުއޫދު ލިޔުއްވި އެވެ. 

މިއަދު ކުރިއަށްދާ ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރެއްވި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ވެސް ވަނީ އިލެކްޝަންސް ކޮމިޝަން އޮތީ ސަރުކާރުގެ ފަޅީގައި ކަމަށް ވިދާޅުވެފަ އެވެ. 

"އިލެކްޝަންސް ކަމިޝަނުން ސަރުކާރު ބޭނުންވާ ގޮތަށް ރިފަރެންޑަމްގެ ވޯޓު ގެންދިއުމަށް މަސައްކަތް ކުރާކަން ފާޅުކަން ބޮޑުކޮށް ސާބިތުވެއްޖެ. އެހެން ނޫންނަމަ ވޯޓު ލާން ދާ މީހުންގެ ގާތުން އެ ވޯޓުގައި ބައިވެރިވާން ބޭނުންތޯ ނުވަތަ ނޫންތޯ އަހާކަށް ނުޖެހޭނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

ވޯޓުލާން ދާ މީހާއާ އެއްވެސް ސުވާލެއް ކުރުމެއް ނެތި ތިން ކަރުދާސް ދޭން ޖެހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. 

"ވޯޓުލާނެ ގޮތެއް ނުވަތަ ނުލާނެ ގޮތެއް ކަނޑައަޅާނީ ވޯޓުލާންދާ މީހާ. ވަކި ވޯޓެއް ލާތޯ ނުލާތޯ އިލެކްޝަންސް ކަމިޝަނުގެ މީހަކު ނުވަތަ އެހެން މީހަކުވިޔަސް ވޯޓުލާންދާ މީހާގެ ގާތު އެހުމަކީ ވޯޓަށް ނުފޫޒު ފޯރުވުން،" އަލީ ހުސައިން ވިދާޅުވި އެވެ. 

މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު 294،937 މީހުންނަށް ލިބެ އެވެ. މިހާތަނަށް ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއެކު އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox