ހުލާސާކޮށް އިއްޔެ: ހޮނިހިރު ދުވަހުގެ ވޯޓުތައް އެމްޑީޕީން ކާމިޔާބުކޮށްފިކަން ސާރުކާރަށް އެނގޭ: އީވާ

Apr 2, 2026, 1:20 AM
އީވާން އަބްދުﷲ

އީވާން އަބްދުﷲ

ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި، ފެންނަ ނުފެންނަ ވޯޓު އެމްޑީޕީން މިހާރު ވެސް ކާމިޔާބުކޮށްފިކަން ސަރުކާރަށް ވެސް އެނގޭ ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްޑީޕީއަށް ތާއީދު ހޯދުމަށް ފުވައްމުލަކުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އީވާ ވިދާޅުވީ، އައްޑު އާއި ހުވަދޫގެ ރަށްތަކަށް އަދި ފުވައްމުލަކަށް ކުރި ޒިޔާރަތުން ދެ ކަމެއް ސާފުވެއްޖެ ކަމަށެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބު މިހާރު ވެސް އެމްޑީޕީން ކާމިޔާބުކޮށްފި ކަމާއި، ސަރުކާރުން އަމިއްލައަށް ބާއްވަން އުޅޭ ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ރީއްޗަށް ބަލިވެފައިވާ ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރަށް ސާފުވާނެ އެމްޑީޕީން މިކަން ނިންމައިފިކަން،" އީވާ ވިދާޅުވިއެވެ.

Advertisement

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރަށް ދޭނެ ވޯޓެއް ނެތްކަން މުޅި ރާއްޖެއިން ފެންނަމުންދާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. ފުވައްމުލަކަށް އެކަނި ބަލާލިޔަސް، ސަރުކާރުން ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ހަގީގަތަކަށް ވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފުވައްމުލަކަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ޑިކޯ ޗެމްބަރާއި، އެއާޕޯޓު ތަރައްގީކުރުމާއި، ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ވައުދު ވެސް އަދި އެހެން ވައުދެއް ވެސް ފުއްދިފައި ނުވާކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށް އީވާ ވިދާޅުވިއެވެ.

ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން އީވާ ވިދާޅުވީ، 500 މިލިއަން ޑޮލަރުގެ ސުކޫކާއި، 2026 ގެ ނިޔަލަށް 1.5 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައިވާއިރު ވެސް ސަރުކާރުން ފެންނަނީ އިސްރާފު ކުރާ މަންޒަރު ކަމަށެވެ.

"އިރާނުން ގާޒާއިން ބޭރޫތުން މުސްލިމުން ސުންނާފަތި ކުރަމުންދިޔަ އީދެއްގައި ބޮކިފަތި ދިއްލައިގެން އީދު ފާހަގަކޮށް އިސްރާފު ކުރަމުން، ކެމްޕޭނު ނޫން ކަމެއް ބޮލުގައި ނެތި އިސްރާފުކުރަމުން ދިޔަ ސަރުކާރެއް ދެން އަޅުގަނޑުމެންގެ ކައިރީގައި އެ ބުނަނީ ދެ އިންތިހާބު އެއްކޮށްފައި ތިމަންނާމެންނަށް އިތުރަށް ބާރު ދޭށޭ. ނުދެވޭނެ،" އީވާ ވިދާޅުވި އެވެ.

މިވަރުގެ ސަރުކާރަކަށް އިތުރު ބާރެއް ނުދެވޭނެ ކަމަށާއި، ހުރިހާ ބޭފުޅުން ވެސް އޭޕްރީލް 4 ގައި އޮންނަ ފެންނަ ނުފެންނަ ވޯޓުގައި "ނުފެނޭ" ނުވަތަ "ނޫނެކޭ" ކައިރީގައި ރަނގަޅު ފާހަގަ ޖައްސަވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

މި އިންތިހާބުތައް ކާމިޔާބުކުރުމަށްފަހު އެމްޑީޕީގެ މިސްރާބު ހުރީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮޑު ހަނގުރާމައެއްގެ މެދުތެރޭގައި އޮތްއިރު ސަރުކާރުން ހުރިހާ ކަމެއް "އޯކޭ" ކަމަށް ބުނަމުންދާތީ އެކަމަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ، އެ އަވާމެންދުރުގައި ޖެހިފައި ތިބީ ހަމައެކަނި ސަރުކާރުގެ ބޭފުޅުން ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox