"ޓްރިޕްލް ސްޕީޑް" އަށް ދުވެލި މަތިކުރި ރަސްމާލެ ހަތަރު ވަނައަށް ދިން ތާރީހަށް ވެސް ހިއްކާ ނުނިމޭނެ

ފުށިދިއްގަރު ފަޅުގެ ސައިޓު "އޭ" މަތިން ނަގާފައިވާ މަންޒަރު: ބޯހިޔާވަހިކަން އެންމެނަށް ސްކީމްގެ ދަށުން ގޯތި ދެނީ މި ސައިޓުން --- ފޮޓޯ: އެމްއޭސީއެލް

ފުށިދިއްގަރު ފަޅުގެ ސައިޓު "އޭ" މަތިން ނަގާފައިވާ މަންޒަރު: ބޯހިޔާވަހިކަން އެންމެނަށް ސްކީމްގެ ދަށުން ގޯތި ދެނީ މި ސައިޓުން --- ފޮޓޯ: އެމްއޭސީއެލް

ބޯހިޔާވަހިކަމުގެ މައްސަލައިގެ "ޓޯޓަލް ސޮލިއުޝަން" ކަމަށް ބުނެ ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރަމުން އަންނަ ރަސްމާލެއަށް ބޭނުންވާ ބިން، ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން ދެއްވި ތާރީހަށް ވެސް ނުނިމޭނެ ކަން ކަށަވަރު ވެއްޖެ އެވެ.

ފުށިދިއްގަރު ފަޅު ހިއްކަން ފެށިތާ މިއަދަށް ދެ އަހަރާއި ދެ މަހާއި 20 ދުވަސް ހިނގާފައިވާއިރު، މިި މާސިންގާ ފަޅުން ހިއްކަން ޕްލޭންކޮށްފައިވާ 1010 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކާ ނިމުނީ 377 ހެކްޓަރެވެ. މިއީ ހިއްކަން ޕްލޭންކޮށްފައިވާ ސަރަހައްދުގެ 37 ޕަސެންޓެވެ.

ރަސްމާލޭގެ ބިން ހިއްކާ ނިމޭނެ ކަމަށް ކުރިން ވެސް ތިން ތާރީހެއް ދެއްވި މުއިއްޒު ހަތަރު ވަނަ ތާރީހު ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 15، ގައި ޕީއެންސީގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައިގަ އެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ ދުވެލި ތިން ގުނަ މަތިކޮށްމ ފަސް މަހުން އެއްކޮށް ނިންމާލާނެ ކަމަށެވެ.

Advertisement

މުއިއްޒު ދެއްވި ފަސް މަހުގެ މުއްދަތު ހަމަވާން ބާކީ 35 ދުވަސް އޮތް އިރު، މި ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އޮތް ޑްރެޖަރުތައް މާލެ އަތޮޅަށް ޖަމާކޮށް، ރަސްމާލެ ހިއްކަން އުޅަނަސް، ހިއްކަން ނިންމާފައިވާ ސަރަހައްދުގެ 50 ޕަސެންޓު ވެސް ނިންމާނުލެވޭނެ އެވެ.

ސެމްބަރު 18، 2023 ގައި މުއިއްޒ ރަސްމާލެ ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވަނީ: އެ ދުވަހު ރައީސް ވިދާޅުވީ އަށް މަސް ދުވަހުން ބިން ހިއްކާ ނިމޭނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
ސެމްބަރު 18، 2023 ގައި މުއިއްޒ ރަސްމާލެ ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވަނީ: އެ ދުވަހު ރައީސް ވިދާޅުވީ އަށް މަސް ދުވަހުން ބިން ހިއްކާ ނިމޭނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ސެމްބަރު 18، 2023 ގައި މުއިއްޒ ރަސްމާލެ ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވަނީ: އެ ދުވަހު ރައީސް ވިދާޅުވީ އަށް މަސް ދުވަހުން ބިން ހިއްކާ ނިމޭނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ނިމިފައި ވަނީ ތިން ސައިޓެއްގެ އެވެ. އެއީ ސައިޓު "ޖޭ" އާއި ސައިޓު "އޭ" އާއި ސައިޓު "އައި" އެވެ.

ސައިޓު "ޖޭ" އަކީ ރަސްމާލެ މަޝްރޫއު އިފްތިތާހުކުރިއިރު ހިއްކަން ފެށި ސަރަހައްދެވެ. މި ތަން ހިއްކީ، އޭރު މުޅި ޕްރޮޖެކްޓާ ވެސް ހަވާލުވެގެން އުޅުނު، ކެޕިޓަލް މެރިން އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްސީ) އިންނެވެ. ސައިޓު "އޭ" އާއި "އައި" އަކީ ރަސްމާލެ ހިއްކުމުގެ މަސައްކަތާ އެންމެ ފަހުން ގުޅުނު އެމްއޭސީއެލްއިން ހިއްކާ ނިންމާފައިވާ ދެ ސައިޓެވެ.

ރަސްމާލެ ހިއްކާ ނިންމަން މުއިއްޒު ދެއްވި ތާރީހުތައް

ޑިސެމްބަރު 18، 2023 - ރަސްމާލެ މަޝްރޫއު އިފްތިތާހުކުރި ދުވަހު

"މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި."

ޖުލައި 26، 2024 - 59 ވަނަ މިނިވަން ދުވަހުގެ ޖަލްސާގައި

ރަސްމާލޭގެ 1100 ހެކްޓަރުގެ ބިން އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިއްކުމުގެ މަސައްކަތް އެޗްޑީސީ އާއި މިޑް ފްރީ ޒޯން ދެ ކުންފުނި ގުޅިގެން މިހާރު އެ ވަނީ ފެށިފަ، ކުރިއަށް އޮތް އަށް މަސްދުވަހުގެ ތެރޭގަ އިރާދަކުރެއްވިއްޔާ ހިއްކާ ނިންމާނަން"

ފެބްރުއަރީ 6، 2025 - ރިޔާސީ ބަޔާން

ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް. ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މި އަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން"

ނޮވެމްބަރު 15، 2025 - ޕީއެންސީގެ ޖަލްސާއެއްގައި

ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު އިހަށް ދުވަހު މިއައީ ރަސްމާލެ ހިއްކާތަން ބަލާލަން ގޮސްފަ. ވަރަށް ބާރަށް އެކަން އެ ދަނީ. މި އަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެވި، ތިންގުނައަށް ސްޕީޑު ބާރުވީމަ، އިރާދަކުރެއްވިއްޔާ ފަސް ވަރަކަށް މަސް ތެރޭގަ އެތަން އެއްކޮށް ހިއްކާ މި ނިމެނީ،"

ނޮވެމްބަރު 12، 2025 ގައި މުއިއްޒު އާއި ސަރުކާރާއި އެސްއޯއީތަކުގެ ވެރިން ރަސްމާލޭގައި: މިއީ ރަސްމާލެ ހިއްކަން ފެށި ފަހުން މުއިއްޒު އެ ތަނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު -- - ފޮޓޯ: ރައީސް އޮފީސް
ނޮވެމްބަރު 12، 2025 ގައި މުއިއްޒު އާއި ސަރުކާރާއި އެސްއޯއީތަކުގެ ވެރިން ރަސްމާލޭގައި: މިއީ ރަސްމާލެ ހިއްކަން ފެށި ފަހުން މުއިއްޒު އެ ތަނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު -- - ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 12، 2025 ގައި މުއިއްޒު އާއި ސަރުކާރާއި އެސްއޯއީތަކުގެ ވެރިން ރަސްމާލޭގައި: މިއީ ރަސްމާލެ ހިއްކަން ފެށި ފަހުން މުއިއްޒު އެ ތަނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު -- - ފޮޓޯ: ރައީސް އޮފީސް

ތިން ގުނަ ދުވެލީގައި އެމްއޭސީއެލް އެކަނި

ރަސްމާލޭގައި މަސައްކަތް ހިނގަމުންދާ ސައިޓުތަކަށް ބަލާއިރު، އެމްއޭސީއެލްއިން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ސައިޓު "ބީ" ހިއްކުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައިވާ ސައިޓުތަކުގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތް ހިންގަމުން ދަނީ ސައިޓު "ސީ" ގައި އެވެ.

މި ދެ ކުންފުނީގެ ތެރެއިން ވެސް ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރަމުން އަންނަނީ އެމްއޭސީއެލްއިން އެކަންޏެވެ. އެމްއޭސީއެލްއަށް މިކަމުގައި އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އެ ކުންފުނީގެ ސައިޓުތައް ހިއްކުމުގައި ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު، "ކްރިސްޓޮބަލް ކޯލަން" ހަރަކާތްތެރިވަމުން ދިޔުމެވެ.

ރަސްމާލެ ހިއްކަން ކްރިސްޓޮބަލް ކޯލަން ނެރުނީ މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1، ގައި އެވެ. އެ ފަހުން މިވީ 99 ދުވަހުގެ ތެރޭގައި އެ ޑްރެޖަރުން ވަނީ ގާތްގަނޑަކަށް 156 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. އެއީ ދުވާލަކަށް ދޮޅު ހެކްޓަރުގެ ބިމެވެ. މި ރޭޓުގައި ހިސާބު ކުރާ، މި ޑްރެޖަރު އެކަނި އޮތަސް އެމްއޭސީއެލްއަށް ތިން މަހެއްހާ ދުވަހުން އަނެއް ދެ ސައިޓުން ހިއްކަން ޖެހޭ 166 ހެކްޓަރު ހިއްކާލެވޭނެ އެވެ.

މަސައްކަތުގެ ދުވެލި އެންމެ ގޯސްކޮށް އުޅެނީ، އެންމެ ބޮޑު ސަރަހައްދެއް ހިއްކަން ހަވާލުކޮށްފައިވާ މޯހަން މުތާ އެކްސްޕޯޓުގެ އެވެ. އެ ކުންފުންޏާ ވަނީ ހަތަރު ސައިޓަކުން 394 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ހަވާލުކޮށްފަ އެވެ. އެ ކުންފުންޏަށް މިހާތަނަށް ހިއްކުނީ 100 ހެކްޓަރެވެ.

ވޭތުވި ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެއިން ހިއްކާފައިވާ ސަރަހައްދު: ކަނާތުން ފެންނަ ފޮޓޮއަކީ  ފަސް މަސް ކުރިން އެހާތަނަށް ހިއްކާފައި ހުރި ސަރަހައްދު --- ފޮޓޯ: ކޮޕާނިކަސް
ވޭތުވި ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެއިން ހިއްކާފައިވާ ސަރަހައްދު: ކަނާތުން ފެންނަ ފޮޓޮއަކީ ފަސް މަސް ކުރިން އެހާތަނަށް ހިއްކާފައި ހުރި ސަރަހައްދު --- ފޮޓޯ: ކޮޕާނިކަސް

ވޭތުވި ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެއިން ހިއްކާފައިވާ ސަރަހައްދު: ކަނާތުން ފެންނަ ފޮޓޮއަކީ ފަސް މަސް ކުރިން އެހާތަނަށް ހިއްކާފައި ހުރި ސަރަހައްދު --- ފޮޓޯ: ކޮޕާނިކަސް

މޯހަން މުތާއިން ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލިތާ ވެސް މަސްތަކެއް ވެއްޖެ އެވެ. ސީދާ މަސައްކަތް ހުއްޓާލި ތާރީހު ނޭނގުނު ނަމަވެސް، ހުސްވި އަހަރުގެ ސެޕްޓެމްބަރު 6، ގެ ފަހުން އެ ކުންފުނިން ހިއްކާފައިވާ ސަރަހައްދަށް އެއްވެސް ބަދަލެއް ނާންނަ ކަން އަދަދު ނޫހުން ބެލި ސެޓެލައިޓް ފޮޓޯތަކުން ވަނީ ކަށަވަރުވެފަ އެވެ.

އެ ފަހުން މިވީ ހަ މަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން ބިން ހިއްކުމުގެ މަސައްކަތެއް ނުކުރެ އެވެ. އަދި އެންމެ ފުރަތަމަ މަސައްކަތް ފެށީ މޯހަން މުތާއިން ނަމަވެސް ހިއްކަން ޖެހޭ ސަރަހައްދުގެ ނިސްބަތުން އެންމެ ކުޑަ ސަރަހައްދެއް ހިއްކާފައި ވަނީ މި ކުންފުނިންނެވެ.

ސީއެޗްއީސީއާ ހަވާލުކުރި ސައިޓުތަކުގެ މަސައްކަތް ކުރިއަށްދާ ނަމަވެސް ބިން ހިއްކުމުގެ ޕްރޮގްރެސް ވަރަށް ދަށް ކަން ފާހަގަކުރެވެ އެވެ.

ސީއެޗްއީސީން ރަސްމާލެ ހިއްކަން ފެށިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވީއިރު އެ ކުންފުންޏަށް ހިއްކާ ނިމުނީ 90 ހެކްޓަރެވެ. މި ކުންފުންޏަށް ހިއްކެނީ ދުވާލަކު ގާތްގަނޑަކަށް 0.4 ހެކްޓަރެވެ. މި ރޭޓުގައި މި ކުންފުނިން ހިއްކަން ޖެހޭ 173 ހެކްޓަރު ހިއްކާ ނިންމަން އިތުރު ދޮޅު އަހަރު ވަރު ބޭނުންވާނެ އެވެ.

ރަސްމާލެއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ބިން ހިއްކުމުގެ ޕްރޮޖެކްޓެވެ. ނަމަވެސް މި ބިޔަ ޕްރޮޖެކްޓަށް ހަރަދު ކުރާ ގޮތެއް ސަރުކާރުން މިހާތަނަށް ނުބުނާތީ މިއީ ކިހާ އަގު ބޮޑު ޕްރޮޖެކްޓެއް ކަމެއް ވެސް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox