ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލަނީ

ބަންޑާރަ މިސްކިތުގެ ވަރަށް ކުރީގެ ފޮޓޮއެއް: މިއީ ވޯރާއިން މާލޭގައި ބިނާކުރި މިސްކިތެއް --- ފޮޓޯ: ރަންޒަމާން ފޭސްބުކް ޕޭޖު

ބަންޑާރަ މިސްކިތުގެ ވަރަށް ކުރީގެ ފޮޓޮއެއް: މިއީ ވޯރާއިން މާލޭގައި ބިނާކުރި މިސްކިތެއް --- ފޮޓޯ: ރަންޒަމާން ފޭސްބުކް ޕޭޖު

ބަންޑާރަ މިސްކިތް ތަޅާލައި އެ ތަނުގައި އިތުރު މިސްކިތެއް އަޅަން ސަރުކާރުން ގެންގުޅޭ ޕްލޭނާ ދެކޮޅަށް އަޑު އުފުލައި، އެ މިސްކިތަކީ ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައަޅަން ގޮވާލަން ފަށައިފި އެވެ.

ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާ މީހުންގެ ތެރޭގައި ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ އާއި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނު އާއީ ލިޔުންތެރިޔާ އަދުނާން ހަލީމް އާއި ތާރީހު ދިރާސާކުރާ ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ހިމެނެ އެވެ. މި އެންމެން ވެސް ގަބޫލުކުރަނީ މިއީ ހިމާޔަތްކުރަން ޖެހޭ އާސާރީ ތަރިކައެއް ކަމަށެވެ.

ނާޖިހު އެކްސްގައި ވިދާޅުވި ގޮތުގައި ގަރުނެއް ވާން ގާތްފެފައި ހުރި ބަންޑާރަ މިސްކިތް ނައްތާލުމަކީ އެއް ގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ، ސަރުކާރުގެ މި ނިންމުން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނާ ވެސް ހިލާފު ކަމަށް ވިދާޅުވެ މި މަސައްކަތް ހުއްޓާލަން އިސްލާމިކް މިނިސްޓްރީއަށާއި ހެރިޓޭޖު މިނިސްޓްރީއަށް ގޮވާލާފަ އެވެ.

"މިއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން! ދިވެހިރާއްޖޭގެ ހާއްސަ ތާރީހީ ކަމަކާ ގުޅުން ހުރި އަދި މިހާރު 98 އަހަރުވެފައިވާ މިފަދަ ތަނެއް ނައްތާލުމަކީ ތާރީހަށް ދެވޭނެ އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް! އަދި އެއީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ހަދާފައިވާ ގާނޫނާ ވެސް ހިލާފުކަމެއް!،" ނާޖިހު ވިދާޅުވި އެވެ.

ނާޖިހުގެ މި ޕޯސްޓަށް ރައްދު ދެމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވީ، ބަންޑާރަ މިސްކިތަކީ އާސާރީ މިސްކިތްތަކުގެ ލިސްޓުގައި ހިމެނޭ ތަރިކައެއް ނޫން ކަމަށެވެ.

އެ ގޮތުން ތަނަކަށް 100 އަހަރު ވުމަކީ އެ ތަނެއް ހުރި ގޮތަށް ބަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނާގެ މި ނުކުތާއަށް ބާރު ދެއްވަން އޭނާ ބޭނުންކުރެއްވީ އިބްރާހިމްގެފާނު ގެފުޅު ބިނާކުރެއްވި ދުވަސްވަރުން ފެށިގެން މި ހިނގި ދިގު މުއްދަތުގެ ތެރޭގައި ގެފުޅަށާއި ގެފުޅު ހުންނަ މަސްޖިދުލް ހަރަމްފުޅަށާއި މަސްޖިދުލް ނަބަވީއަށް ގެނެސްފައި ހުރި ބަދަލުތަކެވެ.

ބަންޑާރަ މިސްކިތް ތަޅާލުމުގެ ދިފާއުގައި ޝަހީމް ނެންގެވި އަނެއް ނުކުތާއަކީ މާލޭގެ އެންމެ ތޮއްޖެހުން ބޮޑު އެއް ސަރަހައްދުގައި ހުންނަ އެ މިސްކިތުގެ ޖާގަ ކުޑަ ވުމެވެ. މި ސަބަބުތަކަށް ޓަކައި ވެސް އެ މިސްކިތް ބޮޑުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"ބަންޑާރަ މިސްކިތް ބޮޑު ކުރަން ޖެހެނީ އެ ސަރަހައްދުގަ މީހުން ގިނަވެ ވަކިން ހާއްސަކޮށް ބާޒާރު މަތީ އާބާދީ ބޮޑުގެ އެ މިސްކިތަށް ބާރު ބޮޑުވޭ. އަމުދުން ރޯދަ މަހު،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އާއި ނާޖިހުއާ ދެ ބޭފުޅުން ވަނީ މި މައްސަލައިގައި ސޯޝަލް މީޑީއާގައި ބޮޑު ބަހުސެއްކޮށްފަ އެވެ. ވަކި ހިސާބަކުން ޝަހީމް ވަނީ އެ މިސްކިތް ތަޅާލުމަކީ އޭނާގެ "ރައުޔު" ކަމަށް ވިދާޅުވެ އެ ނިންމުން ބަދަލު ނުވާނެ ކަމަށް ދޭހަވާ މޭރުމަކުން ގަދަ ބަސް ވިދާޅުވެފަ އެވެ.

ބަންޑާރަ މިސްކިތުގެ ތާރީހު

ބަންޑާރަ މިސްކިތަކީ ބުންބާ ބޯރާއިން ނުވަތަ ވޯރާއިން ރާއްޖޭގައި ބިނާކުރި މިސްކިތެކެވެ. މި މިސްކިތަށް ކުރިން ކިޔައި އުޅުނީ ބުންބާ މިސްކިތެވެ. ގާތްގަނޑަކަށް 40 އަހަރު ވަންދެން މި މިސްކިތް ބޭނުންކުރި ހަމައެކަނި ބުންބާ ވޯރާ މީހުން ނަމާދުކޮށް ހެދުމަށެވެ.

ތާރީހީ ލިޔުންތަކާ ހަވާލާދީ ލިޔެފައިވާ ލިޔުންތަކުގައިވާ ގޮތުގައި ބަންޑާރަ މިސްކިތް އިމާރާތްކުރިއިރު، ބުންބާ ވޯރާއިން ތަބާވާ ޝިއައީ މަޒަހުބުގެ މިސްކިތްތަކުގައި ހުންނަ ސިފަތައް ހުއްޓެވެ.

ބުންބާ މިސްކިތުގެ ގޯތި ތެރޭގައި ޓިނުން ހަދާފައި ހުރި މުއްލާ ދިރިއުޅޭނެ ތަނަކާއި މީހުން ދިރިއުޅޭނެ އެހެން އިމާރާތްތައް ހުއްޓެވެ. އަދި މިސްކިތް ޒީނަތްތެރިކުރަން، ޝިއައީން ބޭނުންކުރާ ފަރުމާތަކާއި ނިޝާންތައް ބޭނުންކޮށްފައި ހުއްޓެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރު 1962 ގައި ވޯރާ ވިޔަފާރިތައް މަނާކުރުމާ ގުޅިގެން، އެ މީހުން މާލެ ދޫކޮށް ދިޔުމަށް ފަހު އަހަރުތަކެއް ވަންދެން މި މިސްކިތް ބޭނުން ނުކޮށް ހުއްޓެވެ.

މި މިިސްކިތް ބޭނުންނުކޮށް ހުއްޓައި އާންމުކޮށް ނަމާދުކުރާ ތަނެއްގެ ގޮތުގައި މިސްކިތް ބޭނުންކުރެވޭ ގޮތަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށީ ޑިސެމްބަރު، 1966 ގައި އެވެ. އޭގެ މަހެއްހާ ދުވަސް ފަހުން، ޖެހިގެން އައި އަހަރުގެ ޖެނުއަރީގައި އެ މިސްކިތުގައި ނަމާދުކުރަން ފެށި އެވެ.

މިހާރު މި ކިޔާ ގޮތަށް މި މިސްކިތަށް ބަންޑާރަ މިސްކިތުގެ ނަން ދެވުނީ ދިވެހިންނަށް ބޭނުންކުރެވޭ ގޮތަށް މިސްކިތް ހުޅުވި އިރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox