އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް އަބްރާރު ކުންފުނިން 100 އެއްހާ މީހުންނަށް ލަނޑު ދީފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް އަބްރާރު ކުންފުނިން 100 އެއްހާ މީހުންނަށް ލަނޑު ދީފި

އުމްރާގެ އަޅުކަމަށް މައްކާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް އަބްރާރު ނަމަކަށް ކިޔާ ކުންފުންޏަކުން 100 އެއްހާ ދިވެހިންނަށް ބޮޑު ލަނޑެއް ދީފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އަލް އަބްރާރް ކުންފުނި މެދުވެރިކޮށް އުމްރާއަށް ނުފުރިގެން އުޅޭ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައީ އިއްޔެ ކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އުމްރާއަށް ނުފުރި ރަށްރަށުން އައި މީހުން ވެސް ހާސްކަމުގެ ތެރޭގައި ތިބި ކަމަށާއި ނުފުރުނު މީހުންގެ ތެރެއިން 28 މީހަކު އަމިއްލައަށް ހަރަދުކުރާ ގޮތަށް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މިހާރު އުމްރާއަށް ފުރުވާފައިވާ ކަމަށެވެ.

"ދެން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ވާހަކަ ދައްކައިގެން އެތަނުން ވެސް ޖާގަތައް ފުލްވެފައި ހުރީ ހޮޓަލުގައިވެސް. އެހެންނަމަވެސް 28 މީހުންނަށް ޖާގަ ޕްރޮވައިޑް ކޮށްދީފިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އުމްރާވެރިން ހަރަދުކުރާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އަލް އަބްރާރު ކުންފުނިން އުމްރާއަށް ގެންދާނެ ކަމަށް ބުނި 100 އެއްހާ މީހުންނަށް ޓިކެޓެއް ވެސް ނަގާފައެއް ނުވެ އެވެ. އަދި އުމްރާވެރިންގެ ވިސާގެ ކަންކަން ވެސް ކުންފުނިން ހަމަޖައްސާފައިނުވާކަން އެނގިފައިވެ އެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ކޮންމެ އަހަރަކު ވެސް ބައެއް ގްރޫޕްތަކުން މީހުންނަށް ލަނޑުދޭ މައްސަލަ އިސްލާމިކް މިނިސްޓްރީން ތަހުގީގު ކުރެ އެވެ. ބައެއް މައްސަލަތައް ފުލުހުންނަށް ހުށަހަޅައި ބައެއް ގްރޫޕްތަކުގެ ލައިސަންސް ވެސް ހިފަހައްޓާފައި އެބަހުއްޓެވެ.

ރާއްޖޭގައި ހައްޖާއި އުމްރާއާ ބެހޭ ހާއްސަ ގާނޫނެއް ނޯންނައިރު، މީހުންނަށް ލިބޭ މިފަދަ ލަނޑުތަކާ ގުޅިގެން އެޅޭނެ މާ ހަރުކަށި ފިޔަވަޅުތަކެއް ކަނޑައެޅިފައެއް ނޯވެ އެވެ. އޭގެއިތުރުން ފައިނޭންޝަލް ގެރެންޓީއެއް ނެތި ވެސް އުމްރާއަށް މީހުން ގެންދެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox