މުޒަހަރާ ފެށުމަށް ވިދާޅުވި ޝަހީމް މިހާރު ބޭނުންވަނީ ބަންޑާރަ މިސްކިތާ ގުޅޭ މަޝްވަރާ ކުރުމަށް

Mar 7, 2026, 2:27 PM
އިސްލާމިކް މިނިސްޓަރު ޝަހީމް.

އިސްލާމިކް މިނިސްޓަރު ޝަހީމް.

ގަރުނެއްހާ ދުވަސްވީ ބަންޑާރަ މިސްކިތް ތަޅާލައި އެތަނުގައި އާ މިސްކިތެއް އަޅަން ނިންމުމާ ދެކޮޅު ހެދި މީހުން މުޒާހަރާ ކުރުމަށް ވިދާޅުވުމަށް ފަހު މިހާރު އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވިކަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.

ބަންޑާރަ މިސްކިތް ތަޅާލައި އެ ތަނުގައި ޒަމާނީ ބޮޑު އާ މިސްކިތެއް އެޅުމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާކަން ޝަހީމް ހާމަކުރެއްވީ އިއްޔެ އެވެ. އެއާއެކު އެ މިސްކިތަކީ މާލޭގެ ސަގާފީ ތަރިކައެއް ކަމަށްވާތީ އެ ތަން ތަޅާލުމާ ދެކޮޅަށް އެތައް ބަޔަކު އަންނަނި އަޑުއުފުލަމުންނެވެ.

ބަންޑާރަ މިސްކިތް ތަޅާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާ މީހުންގެ ތެރޭގައި ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ އާއި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނު އާއީ ލިޔުންތެރިޔާ އަދުނާން ހަލީމް އާއި ތާރީހު ދިރާސާކުރާ ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ހިމެނެ އެވެ. މި އެންމެން ވެސް ގަބޫލުކުރަނީ މިއީ ހިމާޔަތްކުރަން ޖެހޭ އާސާރީ ތަރިކައެއް ކަމަށެވެ.

އޭގެ ތެރެއިން ލޫކަސް ޖަލީލު ވަނީ އެ ނިންމުމާ ދެކޮޅަށް މުޒާހަރާ ކުރާނެ ކަމަށް އެކްސްގައި ލިޔެފަ އެވެ. އެ ޕޯސްޓަށް ޝަހީމު ދެއްވި ރައްދުގައި އޮތީ "ފައްޓަވާ" އެވެ.

ޝަހީމް މިއަދު ލިޔުއްވި ގޮތިގައި އާ މިސްކިތެއް އެ ބިމުގައި ގާއިމުކުރަން ނިންމީ އެއީ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމަނާފައިވާ މިސްކިތަކަށް ނުވާތީ އެވެ.

"މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ. އެއާ އެއްގޮތަށް. އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން،" ޝަހީމް ލިޔުއްވި އެވެ.

އިއްޔެ ޝަހީމް ވިދާޅުވި ގޮތުގައި ތަނަކަށް 98 އަހަރު ވުމަކީ ސަގާފީ ތަރިކައަކަށް ވާން ޖެހޭ ސަބަބެއް ނޫނެވެ.

މިނިސްޓަރު އެ ވިދާޅުވާ ގޮތަށް ބަންޑާރަ މިސްކިތަކީ ތަރިކައިގެ ލިސްޓުގައި ހިމެނޭ ތަނެއް ނޫނެވެ. ނަމަވެސް މިކަމާ ދެކޮޅަށް އަޑު އުފުލި މީހުން ވަނީ މިއީ ރާއްޖޭގެ ތާރީހީ ހާދިސާއަކީ ގުޅާ ތަރިކައެއް ކަމަށް ބުނެ މި މިސްކިތް ރައްކާތެރިކުރަން ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox