ސްކޭމްތައް ހުއްޓުވަން ހައްޖާއި އުމްރާއަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް: ހައްޖާއި އުމްރާއާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް: ހައްޖާއި އުމްރާއާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ކޮންމެ އަހަރަކުވެސް އެތައް ބަޔަކަށް ލަނޑު ދެމުންދާތީ އެކަން ހުއްޓުވުމަށް ހައްޖާއި އުމްރާއަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

ޝަހީމް އަދަދު އަށް ވިދާޅުވީ ސްކޭމްތައް މަދުކުރުމަށް އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތަށް ރާއްޖޭގައި ހައްޖާއި އުމްރާއަށް ހާއްސަ ގާނޫނެއް އައުމުން އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބުތައް ގާނުނުގެ ދަށުން ކަނޑައެޅިގެންދާނެ ކަމަށެވެ.

"ހައްޖާއި އުމްރާގެ ކަންތައްތައް މެނޭޖްކުރުމާއި ބެހޭ ގާނޫނު ވަރަށް ގިނަ ގައުމުތަކުގައި އޮވޭ. ރާއްޖޭގައި ވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ގާނޫނެއް ވުޖޫދު ކުރުމަށް. މިކަހަލަ މީހުންނަށް އަދަބު ދެވޭނެ ސީދާ ގޮތެއް ކަނޑައަޅަން އެބަޖެހޭ. އެއީ ވަރަށް މުހިންމު ކަމެއް ގާނޫނެއް އޮތުން،" ޝަހީމް ވިދާޅުވި އެވެ.

Advertisement

މިހާރު އަމަލުކުރަމުންދާ އުމްރާއާ ބެހޭ އުސޫލުގެ ދަށުން ކޮންމެ ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދެވޭއިރު، އެއްވެސް ފައިނޭންޝަލް ގެރެންޓީއެއް ދޭން ނުޖެހެ އެވެ.

އެކަމާ ގުޅޭގޮތުން ޝަހީމް ވިދާޅުވީ އެކުލަވާލާ ގާނޫނުގެ ދަށުން އުމްރާއަށް މީހުން ގެންދަން ފައިނޭންޝަލް ގެރެންޓީއެއް ދޭން ޖެހޭ ގޮތަށް ކަންކަން ބައްޓަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"އުމްރާއާ ބެހޭ އުސޫލުތައް ހެދިފައި އޮންނަ ގޮތުން ކޮންމެ ކުންފުންޏަކަށްވެސް ހަމަ މީހުން ގެންދެވޭ ގޮތަށް އޮންނަނީ އެނގޭތޯ ކުރީއްސުރެވެސް. ދެން އޭގައި ފައިނޭންޝަލް ވަކި ގެރެންޓީއެއް އެހެން ބަހައްޓާ އެކަހަލަ ކަމެއް ނޯވޭ. އެކަމަކު އަޅުގަނޑުމެން އެބަ ވިސްނަން މިހާރު މިކަންތައް މިހެން ދިމާވެ ތަކުރާރުވަމުންދާތީވެ ފައިނޭންޝަލް ގެރެންޓީ ބަހައްޓަން ގޮތްތަކެއް ރާވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ރަނގަޅު ގްރޫޕްތައް ވެސް އުޅޭ ކަމަށެވެ. ނަމަވެސް މިނިސްޓްރު ވިދާޅުވީ ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަށް އެކަން ކުރަން ޖެހޭ ކަމަށެވެ.

މިގޮތުން މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރައްވައިގެން ވީހާވެސް އަވަހަށް ހައްޖާއި އުމްރާއާ ބެހޭ ގާނޫނު ވުޖޫދު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އުމްރާގެ އަޅުކަން އަދާކުރަން ގެންދަނެ ކަމަށް ބުނެ އެކި ގްރޫޕްތަކުން މީހުންނަށް ލަނޑު ދޭ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލައި، ފުލުހަށް ވެސް ބައެއް މައްސަލަތައް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox