ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދޭ: ނާޒިމް

ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދޭ: ނާޒިމް

ރާއްޖެއިން ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމާ ގުޅޭ މަޝްވަރާތައް ވަރަށް ބޮޑަށް ކުރެވެމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ޝީޝާ މަނާކޮށް ހަކުރުން ސަބްސިޑީ ކަނޑާލުމަށްފަހު ޓެކްސް ނެގުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް ހަރުފަތަކަށްފަހު ހަރުފަތެއް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ވަރަށް ބޮޑަށް މަޝްވަރާ ކުރަމުންދާ ކަތައްތަކުގެ ވާހަކަ ތި ވިދާޅުވީ. ޝީޝާ އާއި ހަކުރާއި އެނގޭތޯ. ދެން މިކަމުގައި އެންމެ މުހިންމު ކަމަކީ ޕަބްލިކް ހެލްތު ޕާސްޕެކްޓިވްއަކުން ދެން އާސިމާ ފާހަގަކުރެއްވި ފަދައިން ރައްޔިތުންގެ އެވެއާނަސް އިތުރުކޮށް، ހަރުފަތަކަށްފަހު ހަރުފަތެއް އެއަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން،" ނޫސްވެރިޔަކު ކުރެއްވި ސުވާލަކާ ގުޅިގެން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކުރިއަށް އޮތް މުސްތަގުބަލުގައި ޝީޝާ މަނާކޮށް ހަކުރަށް ދޭ ސަބްސިޑީ ކަނޑާލައި، ހަކުރުން ޓެކްސް ނެގުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އެގޮތުން އެންމެ މުހިންމު ދަނޑިވަޅުގައި އެކަން ކުރުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ މަޝްވަރާތައް ހަމަ އަޅުގަނޑުމެން އެކި ލެވެލްގައި ކުރެވޭ އެނގޭތޯ. ކިހާ ހިސާބެއްގައިތޯ މުޅިން ތަންފީޒުވެގެންދާނީ އެއީ ކަންނޭނގޭ އުފެދޭނެ ސުވާލަކީ. އެންމެ މުހިންމު ދަނޑިވަޅުގައި، އެންމެ މުހިންމު ހާލަތުގައި، މުހިންމު ވަގުތުގައި އެކަން ކުރުން ވަރަށް މުހިންމު،" ނާޒިމް ވިދާޅުވި އެވެ.

މިފަދަ ކަންކަމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅި އޭގެ ތެރޭގައި ވަރަށް ބޮޑަށް ލާމެހިގެން އެއާއެކު އުޅެވިފައި ހުރި ކަމަކަށްވާތީ، ވަކި އުސޫލެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ސަރުކާރުން ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ ދުންފަތުގެ މައްސަލައިގައި އަޅުއްވަންޖެހޭ މުހިންމު ފިޔަވަޅުތައް އަޅުއްވައި އެ ގާނޫނު ތަންފީޒު ކުރެއްވިކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ސަރުކާރުން މިދިޔަ އަހަރު ރާއްޖެއިން ވޭޕް މަނާކޮށް، ދުންފަތުން ޓެކްސް ބޮޑުކުރުމުގެ އިތުރުން ދުންފަތަށް ޖެނެރޭޝަނަލް ބޭންއެއް ވެސް ގެނެސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox