މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ޔޫރަޕުން ބޭސް ގެނައުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލައިފި

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް: ޔޫރަޕަށް ގެންދާ ގިނަ ބޭހަކީ އިންޑިއާ ނުވަތަ ޕާކިސްތާނުގައި އުފައްދާ ބޭސް ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް: ޔޫރަޕަށް ގެންދާ ގިނަ ބޭހަކީ އިންޑިއާ ނުވަތަ ޕާކިސްތާނުގައި އުފައްދާ ބޭސް ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޔޫރަޕުން ބޭސް ގެނައުމަށްވުރެ މުހިންމީ، ކޮންމެ ގައުމަކުން ނަމަވެސް ކޮލިޓީ ބޭސް އެތެރެ ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރުން ކަމަށެވެ. ބޭސް އުފައްދާ ގައުމަށްވުރެ ބޭހުގެ ކޮލިޓީ ކަށަވަރު ކުރުން މާބޮޑަށް މުހިންމު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ޔޫރަޕަށް ގެންދާ ވަރަށް ގިނަ ބޭހަކީ ވެސް އިންޑިއާގައި އުފައްދާ ބޭސް ނޫނީ ޕާކިސްތާން ނޫނީ އެހެން ތަންތަނުގައި ވެސް އުފައްދާ ބޭސް. މީގައި މުހިންމީކީ އެ އުފައްދާ ތަނެއް، އުފައްދާ ގައުމެއް ނޫން މުހިންމީ. އޭގެ ކޮލިޓީ ކަށަވަރުކުރެވޭ ރަނގަޅު ބޭސް އަޅުގަނޑުމެންނަށް ލިބޭނެކަން ކަށަވަރުކުރުން،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

"އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެކަން ސްޓްރެންތަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ތަރުތީބު ކުރަމުން މިކުރިއަށް ގެންދަނީ. އެއީ އަޅުގަނޑުމެންގެ ފޯކަސްއަކީ. ކޮންމެހެން ޔޫރަޕް އޭޝިއާ މިއެއް ނޫން އަޅުގަނޑުމެންގެ ފޯކަސްއަކީ. އަޅުގަނޑުމެންގެ ފޯކަސްއަކީ ރައްޔިތުންނަށް ކޮލިޓީ ކަށަވަރުކުރެވޭ ކޮލިޓީ ކޮމްޕްރޮމައިޒް ނުކުރެވޭ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު."

ޔޫރަޕުން ބޭސް އެތެރެ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ފެބްރުއަރީ 13، 2024، ގަ އެވެ.

"އަޅުގަނޑުމެންގެ ބޭސް، އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެކުރާ ގޮތަށް ބަދަލުކުރާނަން. އެ ކަންތައް މިހާރުވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމަށް ދެން މާލަސްތަކެއްނުވެ އެތެރެކުރާނީ، ޔޫރަޕްގެ ބޭސް އުފައްދާ އަސްލު އެކިތަންތަނުންނާއި، އެމެރިކާގެ ތަންތަނުން. އެހެންވީމާ، ވަކި ގައުމަކުން ގެންނަ، ބޭސް ގެނައުންވެސް އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވާ ކޮލިޓީ ބޭސްތައް ގަނޑުކޮށް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައި ފުރަތަމަ މަރުހަލާއަށް ހަތް ބޭހެއް ގަނޑުކޮށް އެތެރެކޮށް ވިއްކަން ފެށިކަން މި ސަރުކާރުން 2024 ވަނަ އަހަރު ހާމަކުރި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެއިން އަސާސީ ގިނަ ބޭސްތައް ނުލިބުމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެ ޝަކުވާތައް މަދުކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ނާޒިމް ކުރިން ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭސް އެތެރެކުރުމުގެ ހުއްދަ ޖުމްލަ 63 ފަރާތަކަށް ވަނީ ދީފަ އެވެ.

މީގެއިތުރުން ރާއްޖޭގައި 445 ފާމަސީއެއް މިދިޔަ އަހަރުގެ ނިިޔަލަށް އޮޕަރޭޓް ކުރަމުންދިޔަ އެވެ. އޭގެ ތެރެއިން 170 ފާމަސީ މާލޭގައި އޮޕަރޭޓްކުރާއިރު، އަތޮޅު ތެރޭގައި އޮޕަރޭޓުކުރަނީ 270 ފާމަސީ އެވެ.

ރާއްޖޭގައި މުޅި އަލަށް ވިއްކަން މިދިޔަ އަހަރު 594 ބޭހެއް ރަޖިސްޓްރީކުރަން ހުށަހެޅިއިރު، އޭގެތެރެއިން 363 ބޭހެއް ވިއްކުމަށް ހުއްދަ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox