ހެލްތު މިނިސްޓަރު ވިދާޅުވި ގޮތަށް ގުޑުގުޑާ މަނާކޮށް، ހަކުރުން ދޭ ސަބްސިޑީ ކަނޑާލާން ނުއުޅޭ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މުހައްމަދު މުއިއްޒު (ކ) އަދި ހެލްތު މިނިސްޓަރު ނާޒިމް (ވ): ޝީޝާ މަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ދެއްކެވި ވާހަކަ ތަފާތު

މުހައްމަދު މުއިއްޒު (ކ) އަދި ހެލްތު މިނިސްޓަރު ނާޒިމް (ވ): ޝީޝާ މަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ދެއްކެވި ވާހަކަ ތަފާތު

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި ގޮތަށް، ދިވެހިރާއްޖޭގައި ގުޑުގުޑާ މަނާކޮށް، ހަކުރަށް ދޭ ސަބްސިޑީ ކަނޑާލަން ނުއުޅޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ހިންގާ ޕީއެންސީ އިން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގުޑުގުޑާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމުގެ ބަދަލުގައި މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން އެކަންކަމަށް ހޭލުންތެރި ކުރުވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން، އަޅުގަނޑު މިކަން ސާފުކޮށްލަން މިދަންނަވަނީ، އިތުރު ކަންކަން ބޭން ކުރުމަކީ. އެހެނެއް ނޫން ހޭލުންތެރިކުރުވުން، އަޅުގަނޑުމެން ހޭލުންތެރިކަން އިތުރުކުރާނަން. އަޅުގަނޑުމެން ނޫޅެން ޝީޝާ ބުއިން ބޭން ކުރާކަށެއް. ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް. މިކަހަލަ ކަންކަން ކުރާކަށެއް ނޫޅެން،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ނާޒިމް ވިދާޅުވީ ޝީޝާ މަނާކޮށް ހަކުރުން ސަބްސިޑީ ކަނޑާލުމަށްފަހު ޓެކްސް ނެގުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"[ގުޑުގުޑާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމުގެ] މަޝްވަރާތައް ހަމަ އަޅުގަނޑުމެން އެކި ލެވެލްގައި ކުރެވޭ އެނގޭތޯ. ކިހާ ހިސާބެއްގައިތޯ މުޅިން ތަންފީޒުވެގެންދާނީ އެއީ ކަންނޭނގޭ އުފެދޭނެ ސުވާލަކީ. އެންމެ މުހިންމު ދަނޑިވަޅުގައި، އެންމެ މުހިންމު ހާލަތުގައި، މުހިންމު ވަގުތުގައި އެކަން ކުރުން ވަރަށް މުހިންމު،" ނާޒިމް ކުރިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް މުސްތަގުބަލުގައި ގުޑުގުޑާ މަނާކޮށް، ހަކުރަށް ދޭ ސަބްސިޑީ ކަނޑާލައި، ހަކުރުން ޓެކްސް ނެގުމަކީ ކުރެވޭނެ ކަމެއް ކަމަށާއި އެންމެ މުހިންމު ދަނޑިވަޅުގައި އެކަން ކުރުން ވަރަށް މުހިންމު ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ގުޑުގުޑާ ބުއިމަކީ ދިވެހިންގެ އާދަކާދައާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، މަނާ ކުރިޔަސް އެފަދަ ކަންކަމާ ރައްޔިތުން ދުރު ނުކުރެވޭނެ ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ހަކުރު ސަބްސިޑީ ކަނޑާލުމުގެ ބަދަލުގައި ހަކުރު އެކުލެވޭ ތަކެތި ބޭނުން ކުރުމުން ލިބޭ ގެއްލުންތަކަށް އާންމުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށެވެ.

މިގޮތުން ހަށިގަނޑަށް ފައިދާވާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އަގުހެޔޮކޮށް ގައުމުން ލިބޭނެ ގޮތް ހަދައި، އެފަދަ ތަކެތި ރާއްޖޭގައި އުފެއްދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން 2024 ވަނަ އަހަރު ރާއްޖެއިން ވޭޕް މަނާކޮށް، ދުންފަތުން ޓެކްސް ބޮޑުކުރުމުގެ އިތުރުން ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ވެސް ގެނެސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox