ވޯލްޑް ކަޕްގައި އިރާން ކުޅޭނެތޯ އަހަރެން ނުވިސްނަން: ޓްރަމްޕް

Mar 4, 2026, 4:45 AM
ވޯލްޑް ކަޕްގައި އިރާން ކުޅޭނެތޯ އަހަރެން ނުވިސްނަން: ޓްރަމްޕް

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 4) - މި އަހަރުގެ ޖޫން/ޖުލައި މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅެން އިރާނުން އެމެރިކާ އަށް ދިއުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށް ބުނެފައިވާއިރު، އެކަމާ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، އިރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 750 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިރާން ފުޓްބޯޅަ ފެޑެރޭޝަން ރައީސް، މަހުދީ ތާޖު ވަނީ ވޯލްޑް ކަޕުގައި ކުޅުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭގޮތުން، އެމެރިކާގެ މީޑިއާ އިން ޓްރަމްޕާ ކުރި ސުވާލަށް އޭނާ ވިދާޅުވީ، އިރާނުން ވޯލްޑް ކަޕްގައި ކުޅޭނެތޯ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަދި، އިރާނަކީ ވަރަށް ބޮޑަށް "ބަލިކަށިވަމުން،" އަންނަ ގައުމެއް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މިހާރު އޮތްގޮތުން، އިރާނުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު ނިއު ޒީލެންޑާ ކުޅޭނެ އެވެ. އަދި، 21 ޖޫންގައި ބެލްޖިއަމާ ކުޅުމަށް ފަހު 26 ޖޫންގައި މިސްރާ ބައްދަލުކުރާނެ އެވެ.

ވޯލްޑް ކަޕް ޝެޑިއުލްކޮށްފައި އޮތީ ޖޫން 11 އިން ޖުލައި 19 ގެ ނިޔަލަށެވެ.

ޓްރަމްޕަށް ފީފާ އިން ޕީސް އެވޯޑް އެރުވި ނަމަވެސް، އޭނާ ކަންކަން ކުރައްވަމުން އަންނަ ގޮތުން ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން ވަނީ އަމާޒުވެފަ އެވެ.

އެ ގޮތުން، ގިނަ ގައުމުތަކެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ނާދެވޭ ގޮތަށް ޓްރެވަލް ބޭން ގައުމުތަކުގެ ލިސްޓެއް ހެދިއިރު، އެ ގައުމުތަކުގެ ތެރޭގައި މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ގައުމުތައް ވެސް ހިމެނެ އެވެ. އިރާނަކީ އެ ލިސްޓުގައި ވެސް ހިމެނޭ ގައުމެކެވެ.

އިރާނުން ވޯލްޑް ކަޕްގައި ކުޅުމުގައި އަަަމަލުކުރާނެ ގޮތެއް ނިންމަން ފީފާގައި އެދިފައިވާއިރު، އެ މައުލޫމާތު ހޯދަން މީޑިއާ އިން ކުރި މަސައްކަތް ވެސް އަދި ކާމިޔާބުނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox