ފަންނާނުންނާ މެދު ހިތްހަމަނުޖެހި ފްރީޑަމް 250 ކޮންސެޓް ކެންސަލް ކުރަން ޓްރަމްޕް ގޮވާލައްވައިފި

Jun 1, 2026, 10:01 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާ އުފެދުނުތާ 250 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މިއުޒިކް ކޮންސެޓަކީ ވައިޓް ހައުސްއާ ގުޅުން އޮތް ހަރަކާތެއް ކަމަށް ބުނެ ގިނަ ފަންނާނުންތަކެއް ކޮންސެޓްގައި ބައިވެރިނުވާން ނިންމުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަނުޖެހިއްޖެ އެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި، އެ ހަރަކާތް "ކެންސަލް ކުރާށޭ" ވިދާޅުވެ، އެ ޝޯތަކުގައި ބައިވެރިވާން ތިބި ފަންނާނުންނަކީ އަގުބޮޑު އަދި "ފޫހި" ބައެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ.

މިދިޔަ ބުދަ ދުވަހު އިއުލާންކުރި ނުވަ ފަންނާނުންގެ ތެރެއިން އާދީއްތަ ދުވަހާ ހަމައަށް ޝޯގައި ބައިވެރިވާން ބާކީ ތިބީ މަދު ބައެކެވެ. މާޓީނާ މެކްބްރައިޑް، ދަ ކޮމޮޑޯސް، ޔަންގް އެމްސީ އަދި ބްރެޓް މައިކަލްސް ވަނީ މި ހަރަކާތުން ވަކިވެފަ އެވެ.

ޖޫން 26 ގައި ބާއްވާ ޝޯގައި ވެނީލާ އައިސް އަދި މިލީ ވަނީލީ ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ޖުލައި 2 ގައި ފްލޯ ރައިޑާގެ ހުށަހެޅުންތައް ފެންނާނެ އެވެ. ޓްރަމްޕް ވިދާޅުވީ މި ހަރަކާތުގެ ބަދަލުގައި "މޭކް އެމެރިކާ ގްރޭޓް އަގެއިން" (މާގާ) ރެލީއެއް ބޭއްވުމަށް މިހާރު ވިސްނަވަމުން ގެންދަވާ ކަމަށެވެ.

"ގްރޭޓް އެމެރިކަން ސްޓޭޓް ފެއާ" ކޮންސެޓް ސިލްސިލާ އިންތިޒާމުކުރާ "ފްރީޑަމް 250" ގްރޫޕަކީ މިދިޔަ އަހަރު ޓްރަމްޕްގެ ސަރުކާރުން އުފެއްދި ޖަމިއްޔާއެކެވެ. އަދި އެތަނުގެ ސީއީއޯ އަކީ ވެސް ޓްރަމްޕް އައްޔަންކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެ ޖަމިއްޔާއިން ބުނަނީ އެއީ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ ހަރަކާތެއް ނޫން ކަމަށެވެ.

ފްރީޑަމް 250 އިން ހޮނިހިރު ދުވަހު އިއުލާންކުރި ގޮތުގައި، މި ކޮންސެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޓްރަމްޕެވެ.

އެމެރިކާގެ 250 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ރާވައި ބެލެހެއްޓުމަށްޓަކައި "އެމެރިކާ 250" ގެ ނަމުގައި ކޮންގްރެސް އިން މީގެ ދިހަ އަހަރު ކުރިން އިދާރާއެއް އުފައްދާފައިވެ އެވެ.

އެ އިދާރާ ހިންގަނީ ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީގެ މެންބަރުން ހިމެނޭ ބޯޑަކުންނެވެ. އެ އިދާރާގެ އަމިއްލަ ހަރަކާތްތަކުގެ ތެރޭގައި ނިއު ޔޯކް ސިޓީ، ފިލަޑެލްފިއާ އަދި ކެލިފޯނިއާގައި ބާއްވާ ޖުލައި 4 ގެ އުފާފާޅުކުރުންތަކާއި، އެމެރިކާގެ އެކި ކަންކޮޅުތަކުގައި ބާއްވާ މަގުމަތީގެ ހަރަކާތްތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox